ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީ އިން ކަނޑުއޮތްގިރި ބަނދަރު ޑިޒައިން ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީ އާ ހަވާލްކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ސޮއި ކުރެއްވ ފައިނޭންސް އެގްޒެކެޓިވް އީނާސް ނަސީރެވެ.

ކަނޑުއޮތްގިރިއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ. އެގޮތުން ކނަޑުއޮތްގިރީގައި މިހާރު ގާއިމްކުރެވިފައިވާ ފެސިލިޓީ އަކީ ބޮޑުކަންނެލި ޕްރޮސެސްކުރެވޭ ފެންވަރަށް ތަރައްގީ ކުރެވިފައިވާ ފެސިލިޓީ އެއްކަމުގައި ވީނަމަވެސް ކަނޑުއޮތްގިރީގެ ބަނދަރު ތިލަވެ އެއްގަމު ތޮށި ހަލާކުވެފައިވުމާއެކު، އޮޑިދޯނިފަހަރަށް މިބަނދަރު ބޭނުން ކުރުމާއި މިފެސިލިޓީ ބޭނުން ހިފުމަށް ވަނީ ދަތިކަމަކަށް ވެފައެވެ. މިބަނދަރު ތަރައްގީ ކޮށް ނިމުމާއެކު، މިފްކޯގެ އިތުރުން މަސްވެރިންގެ އޮޑިދޯނިފަހަރަށްވެސް މިބަނދަރު ބޭނުންކުރުމުގައި ލުއިފަސޭހަކަމެއް ލިބިގެން ގޮސް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ހެޔޮބަދަލެއް އަންނާނެކަމަށް ބެލެވެއެވެ.

މި މަޝްރޫއުގެ ދަށުން  10،000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 10000 މީޓަރުގެ ނެރު ފުންކުރުމާއި 125 މީޓަރު އެއްގަމުތޮށި އަދި 50 މީޓަރުގެ ބޭރުތޮށި ލުމާއި، 63 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 215 މީޓަރުގެ ޝީޓްޕައިލް ކުރުމާއި ޕޭވްމަންޓް ހެދުމާއި ނެރުބައްތިއާއި މަގުބައްތި ހަރުކުރުމާއި ލޮނުފެނާއި ރީތިފެން ލިބޭނެ ފެންލައިން އެޅުުމުގެ އިތުރުން އީއައިއޭ ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ ތިރީސް ހަމިލިއަން ސަތޭކަ ބައްތިރީސް ހާސް ހަތްސަތޭކަ ދެރުފިޔާ  މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައވަނީ 365 ދުވަހުގެ ތެރޭގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: