ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓްގެ އަޑު ކަނޑުވާލަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ރައީސް ޔާމީން

އިދިކޮޅުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ އިންޑިއާ އައުޓްގެ ތައްޔާރީތައް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަސާސީ ހައްގުތަކެއް ނިގުޅައިގަނެވިފައިވާކަމުގެ އިހުސާސަކީ އެކަމެއް ފާހަގަކޮށް އެވާހަކަތައް ދެކެވުމުގެ ކުރިން އާއްމުންގެ ލޮލުމައްޗަށް ފޮރުވިފައިވާ ކަމެއް ކަމަށާއި، ދިވެހި ފަސްގަނޑުގައި އިންޑިއާ އަސްކަރިއްޔާ ތިބުމާއި ދެކޮޅަށް އުފުލަމުންދާ އަޑުތައް ކަންޑުވާލަން ދިވެހި ދައުލަތުން މަސައްކަތްކުރަމުންދާކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ޓްވިޓަރ މެދުވެރިކޮށް އެ މަނިކުފާނު ވިދާޅުވެފައިވަނީ، އަސާސީ ހައްގުތައް ނިގުޅައިގަނެވިފައިވާކަމަކީ އެކަމުގެ ވާހަކަތައް ނުދެއްކޭހާ ހިނދަކު އެކަން އިހުސާސްވެސް ނުވެހިންގައިދާނެ އެއްޗެއްކަމަށެވެ. އަދި ދިވެހި ރާއްޖޭގައި ތިބޭ އިންޑިއާގެ އަސްކަރީ ފަރާތްތަކަކީ ދިވެހި ރާއްޖޭގެ ދުޝްމިނުންކަމަށް ފާހަގަކުރަށްވާ އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރާ ފަރާތްތަކުން އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުން ފޭބުމަށް އެދި ގޮވާލަމުންދާ ރައްޔިތުންގެ އަޑުތައް ފަނޑުކޮށް ނައްތާލުމަށް މަސަައްކަތް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް “ހަމަނުޖެހޭ ވެރިޔަކު ދަށުވެފައިހުރެ” ކުރަށްވަމުންދާ މަސައްކަތްތަކުގެ ސަބަބުން އެކަމާއި ދެކޮޅަށް އުފުލެމުންދާ އަޑުތައް ގިނަވެ ގަދަވަމުންދާކަމަށް ރައީސް ޔާމިން ވަނީ ފާހަގަކުރަށްވާފައިއެވެ.

“ހައްގުތައް ނިގުޅައިގަނެވިފައިވާކަމަކީ އެކަމެއްގެ ވާހަަކަދެކެވުމުގެ ކުރިން ފާހަގުނުކުރެވޭނެ ފަދަ އެއްޗެކެވެ. ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރަމުންދާ ފަރާތުންދަނީ ، ދުށްމިނު އިންޑިއާ އަސްކަރިއްޔާއާއި ދެކޮޅަށް އުފުލަމުންދާ އަޑުތައް ފަނޑުކޮށް ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސްް ހަމަނުޖެހޭ ވެރިއަކު ދަށުވެފައިހުރެ ކުރަމުންދާ މަސައްކަތްތަކެއްގެ ސަބަބުން ރައްޔިތުން ދެކޮޅުވެ ރުޅިވެރިކަން އިތުރުމަން އެބަދެއެެވެ. އެވެރިޔާއަށް މި ބިމުގައި ބާރުހިންގެމުންދާ ސަބަބަކީ ސިއްރިއްޔާތުގައި ގާނޫނާއި ހިލާފު އަމަލުތައް ހިންގާ ފުލުހުންތަކެއްގެ ސަބަބުންނެވެ.” ރައީސް ޔާމިން

މީގެ އިތުރުން ރައީސް ޔާމިން ކުރެށްވި ޓްވީޓްގައި ވިދާޅުވީ ވެރިކަން ކުރަމުންދާ ފަރާތްތަކަށް އެކަން ދެމެހެއްޓިފައިވާ ސަބަބަކީ ސިއްރިޔާތުގައި ފުލުހުންތަކެއް ކުރަމުންދާ ނޭދެވޭ އަދި ގާނޫނާއި ހިލާފު އަމަލުތަކެއްގެ ސަބަބުން ކަމަށެވެ.

ރައީސް ޔާމިން މިފަދައިން ވިދާޅުވެފައިވާ އިރު އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި ދެކޮޅަށާއި އެގަމުގެ ނުފޫޒު ރާއްޖޭގައި ގަދަވެފައިވާ ކަމަށް ބުނެ ހިންގަމުންދާ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވުމަށްޓަކައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެފަދަ އަމަލުތަކު ސަބަބުން ގައުމީ ސަލާމަތައް ނުރައްކާތެރިވާކަމަށް ވިދާޅުވެ ގަރާރެއްގައި ސޮއިކޮށް ނެރުއްވާ އެ ކެމްޕެއިނަކީ ގާނޫނާއި ހިލާފު އަމަލެއްކަމަށް ކަންޑައަޅުއްވާފައިއެވެ. ރައީސް ސޯލިހު ނެރުއްވި ގަރާރުގެ ދަށުން އިދިކޮޅު ކޯލިޝަންގެ އިސްކޮށް މަސައްކަތްކުރަށްވާ މޮހައްމަދު އިސްމާއިލްވަނީ ދާދި ފަހުން ހައްޔަރު ކުރެވިފައިކަން ފާހަގަކޮށްލެވެއެވެ. އަދި މޭ އަށާރަވަނަ ދުވަހުގެ ރޭ މާލެސިޓީގެ މަގުތަކުގައި އެ ކަމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަންއިން ކުރި މުޒާހަރާގައި “އިންޑިއާ އައުޓް” ޝިޔާރު ލިޔެވިފައިހުރި ދިދަތަކެއް ބޭނުންކުރުމުގެ ސަބަބުންް، ފުލުހުންވަނި މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ބާރުގެ ބޭނުންކޮށް ޕެޕާރ ސްޕްރޭ ޖަހާފައިކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: