ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިން “ހޭ އަރުވާލާނެ” ކަމަށް ފުލުހަކު ބުނި މައްސަލަ ބަލައިދޭން އެމްއެމްސީން އެދިއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޖަލްސާއެއް ކުރިއަށް ދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް އިން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމުގެ ގޮތުން ރޭ ކުރިއަށްގެންދިޔަ މުޒާހަރާ ކަވަރުކުރުމަށް ހަރަކާތްތެރިވަމުން ދިޔަ ނޫސްވެރިއަކަށް ފުލުހަކު އިންޒާރުދިން ކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ މުޒާހަރާ ކުރިއަށް ދިޔަ ނޫސްވެރިއަކާ ދިމާއަށް ފުލުހަކު ހޭ އަރުވާލާނެ ކަމަށް ބުނެ އިންޒާރު ދިނީ ނޫސްވެރިން ޕޭވްމަންޓް މަތީގައި ތިއްބައެވެ.

އެކަމާއި ގުޅިގެން މީޑިއާ ކައުންސިލުން ބުނީ އެކަންވަނީ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިކަމަށާއި އެމައްސަލަ ބަލައިދިނުމަށާއި އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ހިއްސާކޮށްދިނުމަށް އެދި ފުލުހަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލައިގައި  ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އާންމުކޮށްފައިވާ ނޫސް ބަޔާނެއްގައި ވާ ގޮތުގައި ނޫސްވެރިންނާއި މެދު ފުލުހުން ކަންތައް ކުރަމުންދިޔަ ގޮތާ މެދު ކަންބޮޑުވާ ކަން ވަނީ ހާމަކޮށްފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މުޒާހަރާ ކަވަރު ކުރުމަށް ރޭގައިތިބި ނޫސްވެރިންނަށް ފުލުހުން ވަނީ ފުރައްސާރަކޮށް އިންޒާރުދީ، އަނިޔާކޮށްފައިކަމަށެވެ. އެހެންކަމުން އެމައްސަލަ ސީރިއަސް މައްސަލައެއްގޮތުގައި ބަލައި ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަް ކަމާ ގުޅުން ހުރި އެންމެހައި މުއައްސަސާ ތަކަށް ގޮވާލާ ކަމަށެވެ.

ޕީޕީއެމްގެ ފަރާތުން ރޭ މާލޭގެ މަޖީދީމަގުގައި ކުރިއަށް ގެންދިޔަ ހަރަކާތް ފެށިފައިވަނީ ރޭ އިރާކޮޅު ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ. އެ ހަރަކާތަކީ އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން ހައްޔަރު ކުރެވިފައިވާ އެޕާޓީގެ މެމްބަރު އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވާތީ އޭނާ ދޫކޮށްލުމަށް ގޮވާލައި ކުރިއަށްގެންދިޔަ ހަރަކާތެއް ކަމުގައި މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: