ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އިން ރާއްޖެއަށް ޓީބީ ބޭސް ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންނަށް ހަދިޔާކުރާ އެންޓި ޓީބީ ބޭސް ދިވެހި ރާއްޖޭގެ ހެލްތް މިނިސްޓްރީއާ ހަވާލްކޮށްފިއެވެ.

އެންޓި ޓިއުބަރކްލޮސިސް (ޓީބީ) ބޭސް ހަދިޔާކޮށްދީފައިވަނީ އިންޑިއަން ހައިކޮމިޝަންގެ ޗާޖް އެފެއަރޒް ރޯހިތު ރަތިޝްއެވެ. ދިވެހި ރާއްޖޭގެ ހެލްތް މިނިސްޓްރީގެ ފަރާތުން ބޭހާއި ހަވާލްވެލެއްވީ ސްޓޭޓް މިނިސްޓަރު ޝާހް އަބްދުﷲ މާހިރެވެ.

އިންޑިއާއިން ހަދިޔާ ކުރި އެންޓި ޓީބީ ބޭސް ވެގެން ދާނީ ދިވެހިރާއްޖެއިން 2025 ވަނަ ެަހަރަށް ޓީބީ ބަލި ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ އިތުރު އެހީ އެއްގެ ގޮތުގައެވެ.

މި ހަދިޔާ ކުރެވުނު ބޭސްތަކުގެ ތެރޭގައި އެންޓި ޓީބީގެ އެކި ބާވަތުގެ 27،000 އަށް ބުރެ ގިނަ ޓެބްލެޓް ހިމެނެއެވެ. މީގެ ތެރޭގައި މަލްޓި ޑްރަގް ރެސިސްޓަންޓް ޓިއުބަރކްލޮސިސް (އެމް.ޑީ.އާރް.ޓީބީ) ވެސް ހިމެނެއެވެ.

މި ބޭސްތައް ހަދިޔާކުރެވިފައިވަނީ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ސިޔާސަތުގެ ދަށުން ނެޝަނަލް ޓިއުބަރ ކްލޮސިސް އެލިމިނޭޝަން ޕްރޮގްރާމް (އެން.ޓީ.އީ.ޕީ) ގެ ސްޓޮކްއިންނެވެ.

ޓީއުބަރކްލޮސިސް (ޓީބީ) އަކީ ސަލާމަތްތެރިވެ އެއިން ރަނގަޅުވެވޭފަދަ ބައްޔެއްކަމުގައި ވިޔަސް، އެއީ ދުނިޔޭގައި އެންމެ ގަދައަށް ފެތުރި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ ބައްޔެވެ.

ދެކުނު އޭޝިޔާގެ ބައްރަކީ ދުނިޔޭގައި ނިސްބަތުން ޓީބީ ޖެހޭ މިނުންގެ އަދަދު 43 އިންސައްތަ މީހުންނަކީ މި ސަރަހައްދުގެ މީހުންކަމުގައިވެފައި، އޭގެ ތެރެއިންވެސް ބޭސްފަރުވާއިން ރަނގަޅުނުކުރެވޭ ތިން ބައިކުޅަ އެއްބަޔަކީ މިސަރަހައްދު މީހުންނެވެ.

ސިއްހީ ދާއިރާގެ ގުޅުމަކީ އިންޑިއާ އަދި ދިވެހިރާއްޖޭގެ ގުޅުމުގެ ތެރޭގައި ހިމެނޭ ޒަމާންވީ ގުޅުމެކެވެ.

އިންޑިއާގެ އެތައްސަތޭކަ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ހިދުމަތްތެރިން ރާއްޖޭގައި ވަޒަންވެރިވެ ސިއްހީ ދާއިރާގައި ހިދުމަތް ކުރެއެވެ.

އިންޑިއާގެ އެކްސްޓަނަލް މިނިސްޓަރ ޖަޔަ ޝަންކަރު، މިދިޔަ މާޗް މަހު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވިލުނު ޑްރަގް ޑިޓޮކްސް އެންޑް ރިހިބިލިޓޭޝަން ސެންޓަރުވަނީ ހުޅުއްވައިދެއްވާފައެވެ.

އަދި ދެގައުމުން ވަނީ ހިމަބިހި ބަލީގެ އައުޓް ބްރޭކްއަކުން ސަލާމަތްވުމަށް 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު ގުޅިގެން މަސައްކަތް ކޮށްފައެވެ.

ހަމައެއާއެކު ކޮވިޑް19 ގެ ޕެންޑަމިކް ތެރޭގައިވެސް އިންޑިއާ އަދި ދިވެހިރާއްޖެއިން ވަނީ ރައްޔިތުންނަށް ޕެންޑަމިކްގެ ސަބަބުން ފޯރާނެ އަސަރުތައް މަދުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: