ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާން އަޅައިދީ ލޯންޑްރީ ހިދުމަތް ވެސް ދޭއިރު ވެސް ލަމްހާގެ ޝަކުވާތަކަށް ނިމުމެއް ނެތް!

މޭރީގެ ފިރިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހަލީމަތު ލަމްހާ ޝަރީއަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް ޝަރީއަތް ކުރިޔަށް ގެންދާ ހަލީމަތު ލަމްހާއަށް ލޯންޑްރީގެ ހިދުމަތާއި، ސިޑިން އެރުމުގައި އެހީތެރިކަން ފޯރުކޮށްދީ، ކާ ތައްޓަށް ކާއެއްޗެހި ވެސް އަޅައިދޭކަމަށް ދައުލަތުން މިއަދުގެ ޝަރީއަތުގައި ބުނެފި އެވެ.

ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް ޝަރީއަތް ކުރިޔަށް ގެންދާ ހަލީމަތު ލަމްހާއާއި މެދު މީޑިއާތަކުގައި ވާހަކަތައް ދެކެވޭތީ ޖަލުގައި އޭނާއަށް އެއްވެސް އަޅާލުމެއް ނުލިބޭކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލުން ޝަކުވާކޮށްފި އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އަދި ހަލީމަތުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފަ އެވެ. މިދިޔަ އޮކްޓޯބަރު 19 ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، ނަރުހެއްގެ ގޮތުގައި ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަ އޭނާގެ ފިރިމީހާ މާވިން އެސްވައި އެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދަނީ ވަކީވަކީންނެވެ. މައްސަލައިގެ މިއަދުގެ ޝަރީއަތުގައި ވެސް ލަމްހާގެ ގާނޫނީ ވަކީލު ވަނީ އޭނާއާއި ގުޅޭގޮތުން ދައުލަތުން ދައްކަނީ ހަގީގަތާއި ހިލާފުވާހަކަތަކެއް ކަމަށާއި، މީޑިއާތަކުގެ ހެޑްލައިންތަކުގެ ސަބަބުން އެކަމުގެ އަސަރުތައް ކުރަމުންދާކަމަށް ބުނެ އިއުތިރާޒު ނުކުތާ ނަގާފަ އެވެ. ޖަލުގައި ވެސް ލަންހާއަށް މާބޮޑު އެހީތެރިކަމެއް ނުލިބޭކަމަށާއި، ޖަލުގެ އޮފިސަރުންގެ ފަރާތުންނާއި ބަންދުގައި ތިބޭ މީހުންގެ ފަރާތުން ވެސް އަޅާލުމެއް ނުލިބޭކަމަށް ބުނެ ވާހަކަ ޝަކުވާ ހުށަހެޅި އެވެ. އެއީ ކުށްވެރިއެއްގެ ގޮތުގައި ލޭބަލްވެ އެގޮތަށް މަޝްހޫރު ކުރުމުން ކަމަށް ލަމްހާގެ ވަކީލު ވަނީ ބުނެފަ އެވެ.

މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ލަމްހާގެ ވަކީލު ވިދާޅުވީ އޭނާ ބަންދުގައި ބަހައްޓާފައި ހުރި ގޮޅީގެ ފާހަނާއަށް ތެރެއަށް ވެއްޓި އަނިޔާތަކެއް ލިބިފައިވާތީ ބަންދުން ލުޔެއް ދޭން އެދޭ ކަމަށެވެ. ނަމަވެސް ކަމާއި މެދު އަދި ސީދާ ގޮތެއް ނުނިންމެ އެވެ.

ދައުލަތުން މިއަދުގެ ޝަރީއަތުގައި ވެސް ބުނީ ޖަލުގައި ލަމްހާއަށް ލުއިތަކެއް ލިބޭ ގިނަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ލޯންޑްރީ އާއި، ކެއުމަށް ތަށްޓަށް އެއްޗެހި އަޅައިދިނުން އަދި އެހެން ލުއިތަކެއް ހިމެނޭނެކަމަށް ދައުލަތުން ބުންޏެވެ.

ގޮޅީގެ ފާހަނާގެ ތެރެއަށް ވެއްޓި ލިބުނު އަނިޔާއެއްގެ ސަބަބުން ގޭ ބަންދަށް ބަދަލުކޮށްދޭން އެދި ލަމްހާގެ ފަރާތުން ހުށަހަޅާފައިވާއިރު، އޭނާގެ ވަކީލުން ވަނީ ލަމްހާ މެދު ޖަލުގައި އަމަލު ކުރަނީ ވަރަށް އިހާނެތިކޮށްކަމަށް ބުނެފަ އެވެ. އަދި ޖަލުގައި ލަމްހާއަކީ ކުށްވެރިއެއްގެ ގޮތުގައި ލޭބަލްކޮށް ފުރައްސާރައިގެ އަމަލުތަކާއި ކުރިމަތިލާން ޖެހިފައިވާކަމުގެ ޝަކުވާ ހުށަހެޅި އެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ލަމްހާ ބުނީ އޭނާއަކީ މީގެ ކުރިން ވެސް މައިބަދައިގެ މައްސަލަ ހުރި މީހެއްކަމުން ކެއުމުގައި ވަރަށް ގިނަ އުސޫލުތައް ގެންގުޅެ، ކަސްރަތު ކުރާކަމަށެވެ. ނަމަވެސް ޖަލުގައި އެފަދަ އިންތިޒާމެއް ނެތުމާއި، ގޮޅީގެ ފާހަނައިގެ ތެރެއަށް ވެއްޓި ލިބުނު އަނިޔާގެ ސަބަބުން ފަހަނާއިން ފެން އެޅުން ވެސް ދަތިކަމަކަށް ވެފައިވާ ކަމަށެވެ. އަދި އޭނާއާއި ގުޅޭ ހަބަރުތައް މީޑިއާތަކުން ރިޕޯޓު ކުރަމުން ގެންދާތީ، ޖަލުގައި އެއްވެސް އަޅާލުމެއް ނުލިބޭކަމަށް ބުންޏެވެ.

ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ފިޒިއޮތަރަޕީ ނުދެވުމާއި، ގަވައިދުން ޑޮކްޓަރަށް ނުދެއްކުމުގެ ސަބަބުން ހާލަތު ގޯސްވެދާނެކަމަށް ބުނެ ލަމްހާގެ ވަކީލުން ވަނީ އޭނާއަށް ސީރިއަސް ކަމެއްވެއްޖެ ހާލަތެއްގައި ހަމައެކަނި މާފައަށް އެދި ނިންމާލާނީ ތޯ ސުވާލުކޮށްފަ އެވެ. މިވާހަކަތަށް ޝަރީއަތުގައި ތަކުރާރުކޮށް ލަމްހާ ވެސް ބުނީ، ގޮޅީގައި އެއްވެސް އަޅާލުމެއް ނުލިބޭއިރު އޭނާގެ ހާލަތު ގޯސްވެ ކަމެއް ދިމާވުމުން މާފަށް އެދި ނިންމާލާނީތޯ އެވެ.

އެކަމުގެ ރައްދުގައި ލަމްހާގެ ބޭސްފަރުވާގެ ތަފްސީލުކޮށް ދައުލަތުން ބުނީ ލަމްހާ ބަރު އެއްޗެހު ނުއުފުލުމަށް ލަފާ ދީފައިވާތީ ފެން ބާލިދީ އުފުލަން ނުޖެހޭ ގޮތަށް އިސްކުރުގައި ހަރު ކުރާނެ ހަ ފޫޓުގެ ހޮޅިއެއް ފޯރުކޮށްދެވުނު ކަމަށެވެ. އަދި ސިޑިން އެރުމުގައި ލަމްހާއަށް ކަރެކްޝަނުގެ އޮފިސަރުން އެހީތެރިވެ ދީ، އަމިއްލައަށް އެއްޗެހި ދޮންނަން ނުޖެހޭ ގޮތަށް ލޯންޑްރީ ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާނެކަމަށް ދައުލަތުން ބުންޏެވެ. ނަމަވެސް ލަމްހާ އެގޮތަށް ގަބޫލު ނުވިކަމަށް ދައުލަތުން ފާހަގަ ކުރި އެވެ.

ލަމްހާއަށް އެތައް ލުއި ގޮތްތަކެއް ހަމަޖެހިފައިވާނެކަމަށް ތަކުރާރުކޮށް ދައުލަތުން، ލަމްހާއަށް ކާން ތައްޓަށް ކާ އެއްޗެހި އަޅައިދެނީ ވެސް ކަރެކްޝަނުގެ އޮފިސަރުން ކަމަށެވެ. ރައްދުގައި ލަމްހާ ހިތްހަމަނުޖެހި ހުރެ ބުނީ، އެއީ ތެދެއް ކަމަށެވެ. ނަމަވެސް އަދިވެސް ފަހަތަށް ބިޑި އަޅުވާކަމުގެ ޝަކުވާ ކުރި އެވެ.

ދައުލަތުން ބުނީ ލަމްހާގެ ފިޒިއޮތަރަޕީ އާއި ކަސްރަތުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. ރައްދުގައި ލަމްހާގެ ވަކީލުން ބުނީ މިއީ އޮޅުވާލުމުގެ ބޭނުމުގައި ދައުލަތުން ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ. ލަމްހާ ގޭގައި ބެޑްރެސްޓު ކުރަން ލަފާ ދީފައިވާކަން ފާހަގަކޮށް ވަކީލުން ބުނީ، ޖަލުގައި ވަކި އިންތިޒާމެއް ހުރުން އެއީ އެއްވެސް ގޮތަކަށް ޑޮކްޓަރުންގެ ލަފާއަށް އަމަލު ކުރުން ނޫން ކަމަށެވެ. އަދި ލަމްހާގެ ސިއްހީ ހާލަތާއި ބެހޭ އަޕްޑޭޓެއް ނުވަތަ ޑޮކްޓަރަށް ގެންދާއިރު ވަކީލުންނާއި އާއިލާއަށް ވެސް ނާންގާކަމަށް ވަނީ ބުނެފަ އެވެ.

ވަކީލުންގެ ވާހަކައަށް ދައުލަތުން ބުނީ ބަންދުގައި ހުންނަ މީހަކު ގޭގައި ބަހައްޓަން ޑޮކްޓަރުންނަށް ނޭންގޭނެކަމަށާއި، ބެޑް ރެސްޓިން އަކީ ކޮންމެހެން ގޭގައި ހުރުން މަޖުބޫރު ސަބަބެއް ނޫން ކަމަށެވެ. އެއަށްފަހު ބޭސްފަރުވާގެ މައްސަލައިގައި ދާދިފަހުން ހައިކޯޓުން ނެރުނު ހުކުމް ފާހަގަ ކުރި އެވެ.

ފުރުސަތަކަށް އެދި ލަމްހާ ބުނީ، ޑޮކްޓަރުންގެ ފަރާތުން ވެސް އެއްބާރުލުން ނުލިބުނު ކަމަށެވެ. އެހެން ކަމުން ދައުލަތުން ބޭނުންވާހާ ކަންކަން ކުރަން ހަދައިގެން ދެން ހާލަތު ގޯސްވާނީކަމަށް ލަމްހާ ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: