ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒާއި އެކު 2023 ކާމިޔާބު ކުރުމުގެ މިސްރާބު ރަނގަޅުވާނެކަން ޔަގީން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެެތެރޭގެ އިންތިހާބުގައި، ޕާޓީގެ ޗެއާޕާސަންގެ މަގާމު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި އެކު 2023 ކާމިޔާބު ކުރުމުގެ މިސްރާބު ރަނގަޅުވާނެކަމަށް ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ވާދަކޮށް، ފައްޔާޒް ވަނީ 28،000 ވޯޓު ހޯއްދަވާފަ އެވެ. މި އިންތިހާބުގައި އިންތިއަށް ލިބިވަޑައިގަތީ 20،000 ވޯޓެވެ.

އިންތިހާބުގެ ކެމްޕެއިނުގެ ފޯރިގަދަވެ، ސަރުކާރާއި އެއްކޮޅު އަދި ދެކޮޅު ފެކްޝަނެއް އުފެދި ފައްޔާޒް ބެލެވުނީ ރައީސް ސޯލިހުގެ ތާއީދާއި އެކު ވާދަކުރާ ސަރުކާރުގެ ކެނޑިޑޭޓުގެ ގޮތުގަ އެވެ. އަދި އިންތިއަކީ ޕާޓީގެ އުސޫލުތައް ދަމަހައްޓައި، ޕާޓީ ސަލާމަތް ކުރަން ނިކުންނަ ކެނޑިޑޭޓުގެ ގޮތުގައި ދައްކައި ކެމްޕެއިންތައް ކުރި އެވެ.

ބޮޑު އަޣުލަބިއްޔަތަކާއި އެކު ފައްޔާޒް މި އިންތިހާބު ކާމިޔާބު ކުރުމުން، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވި އެވެ. އަދި އޭގެ ޖެހިގެން އައި ދުވަހު ޕާޓީ އޮފީހުގައި ދެބޭފުޅުންގެ ބައްދަލުވުމެއް ބާއްވައި ފައްޔާޒްގެ އުފަން ދުވަސް ފާހަގަ ކުރި އެވެ. އިންތިހާބުގައި ފައްޔާޒަށް އަމާޒުކޮށް ކުރި އެންމެ ބޮޑު ތުހުމަތަކީ ސަރުކާރާއި އެކު ބައިވެގެން ރައީސް ނަޝީދު ޕާޓީން ބޭރުކުރަން މަސައްކަތް ކުރަމުން ދާކަމަށެވެ.

ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ރައީސް ނަޝީދު ވެސް އެފަދަ ވާހަކަތަކެއް ދެއްކެވި އިރު، ފައްޔާޒް ވަނީ މި ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރައްވައި ސިޔާސީ ބޭނުމަށް ސަރުކާރަށް ކުރަމުންދާ ޖެއްސުން ހުއްޓާލަން ގޮވާލާފަ އެވެ. ޕާޓީގެ އެތެރެއިން ރައީސް ސޯލިހަށް ވައުދުތައް ނުފުއްދޭކަމަށް ދައްކާތީ، އެކަމަށް ވެސް ފައްޔާޒް ނުރުހުން އަމާޒު ކުރައްވާފައި ވެއެވެ.

އިންތިހާބު ނިމި ފަސް ދުވަސް ވެގެން ދިޔައިރު ވެސް ރައީސް ފައްޔާޒަށް މަރުހަބާ ވިދާޅުނުވާ ސަބަބާއި މެދު ސުވާލު އުފައްދާފައިވަނިކޮށް މިރޭ ޓްވީޓެއް ކުރައްވައި ރައީސް ވިދާޅުވީ ފައްޔާޒްގެ ތަޖުރިބާގެ އަލީގައި ޕާޓީ އިތުރު ހަރުފަތަކަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އިންތިހާބު ނިމި ފަސް ދުވަސް ވެގެން ދިޔައިރު ވެސް ރައީސް ފައްޔާޒަށް މަރުހަބާ ވިދާޅުނުވާ ސަބަބާއި މެދު ސުވާލު އުފައްދާފައިވަނިކޮށް މިރޭ ޓްވީޓެއް ކުރައްވައި ރައީސް ވިދާޅުވީ ފައްޔާޒްގެ ތަޖުރިބާގެ އަލީގައި ޕާޓީ އިތުރު ހަރުފަތަކަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އިންތިހާބުގައި ހޯދި ކާމިޔާބަށް ރައީސް ފައްޔާޒަށް ހޫނު މަރުހަބާއެއް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: