ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޫން މަހުން ފެށިގެން އުކާލަން ނެރޭ ކުނި ބައިބަޔަށް ވަކިކުރަން ޖެހޭ!

ވެމްކޯގެ މުވައްޒަފުންތަކެއް ކުނި ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2022ވަނަ އަހަރުގެ ޖޫން މަހުން ފެެށްޓިގެން ކުނި ބަލައިގަނެވޭނީ ބައިތަކަށް ވަކިކުރެވިފައިވާހުރިނަމަ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

.ވެމްކޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ވާގޮތުން ދިވެހިރާއްޖެއަށް ތިމާވެށިރައްކައުތެރި ކުރުމަށް ކުރިމަތިވެތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުނި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަގެ ސަބަބަބުން ދިމާވެގެން އަންނަ ދަތިތަކެއް ކަމަށެވެ. އެހެންކަމުން އެކަންކަން ހައްލު ކުރުމަށްޓަކައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން މިދިއަ އަހަރު އޮގަސްޓް މަހުގައި ޝާއިއުކޮށްފައިވާ ކުނި މެނޭޖްކުރުމާބެހޭ ގަވާއިދުގެ ފަސްވަނަ އިސްލާހުގެ ދަށުން، ނައްތާލުމަށްޓަކައި ނެރޭވޭ ކުނިތައް ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކުރުވުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ނެރިފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ބަދަލުގެ ސަބަބުން ކަންކަމުގެ ސަބަބުން، ރައްޖޭގައި ކުނި މެނޭޖް ކުރުމުގެ ކަންކަމަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް އެ ވެމްކޯއިން ގަބޫލު ކުރާކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މި އަހަރުގެ ޖޫން 1 ވަނަ ދުވަހަށް ފަހު އުކާލުމަށް ނެރެވޭ ކުނި ހުންނަންވާނީ ވަކި އުސޫލުތަކެއްގެ މަތިންކަމަށްވެސް އެ ބަޔާނުގައިވެއެވެ. އެހެންކަމުން އެކި ބާވަތުގެ ކުނި ބަންދުކުރާއިރު އެހެނިހެން ޒާތުގެ ކުންޔާއި އެއްނުވާނެ ފަދައިންވ ވަކި ވަކި ކޮތަޅުތަކުގައި ބަނދުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައިއެވެ.

ވެމްކޯއިން ކުނި މެނޭޖްކުރަންވާ އުސޫލުގައި ބަޔާންކޮށްފައިވަނީ، ފުރަމާލެ ސަރަހައްދު އަދި އެ ސަރަހައްދު ފިޔަވައި މީހުން ދިރުއުޅޭ ރަށްރަށް، ސިނާއީ ރަށްތަކާއީ ރިސޯޓްތަކެވެ. އެގޮތުން ފުރަމާލެ ސަރަހައްދުގައި ކުނިވާ ނުވަތަ އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި، އަދި ކުރިން ބަޔާން ކުރެވުން ޒާތްތައް ނޫން ކުނި ވަކި ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައިއެވެ. އަދި ފުރަމާލެ ނޫން މީހުން ދިރިއުޅޭ ރަށްރަށުގައާއި، ސިނާއީ ރަށްތަކާއި ރިސޯޓްތަކުގައި ކުނިވާ ނުވަތަ އަމިއްލައަށް ނެތިދާނެ ފަދަ ކުނި، ޕްލާސްޓިކް ފުޅި، އެކި މައުދަނާއި ބިއްލޫރީގެ ބާވަތްތައް އަދި އެހެނިހެން ޒާތުގެ ކުނިތައް ވަކި ކުރުމަށް އެ ކުންފުނިން ނެރިފައިވާ ބަޔާނުގައި އިލްތިމާސް ކޮށްފައިވެއެވެ.

ވެމްކޯއިން އާންމުކޮށްފައިވާ އުސޫލުތަކުގައި ވާގޮތަށް ކުނި ވަކިކޮށްފައިނުވާނަމަ، ހިދުމަތް ނުދިނުމުގެ އިހްތިޔާރު އެ ކުންފުންޔަށް ލިބިގެންފާހަކޮށް ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ، އިސްވެ ބަޔާންވެފައިވާ ޒާތުގެ ކުނީ އަދި ދުވަހު ކުނީގެ ގޮތުގައި ނުބެލޭވޭ، ބަރު، ބޮޑެތި ކުނި ނައްތާލުމަށް ބޭނުންވާނަމަ، އެ ކުންފުނީގެ “ކޯލް އެންޑް ޕިކްއަޕް” ހިދުމަތުގެ ދަށުން ނުވަތަ ޕިކަޕެއް ކުއްޔަށް ނެގުމަށް ފަހު އެހެނިހެން ކުންޔާއި އެއް ނުވާނެ ފަދައިން ނައްތާލުމަށް އާއްމުންނަށް އިހްތިޔާރު ލިބިގެންވާކަމަށެވެ. އަދި އެކުންފުނިން އާއްމުކޮށްފައިވާ އުސޫލުތަކަށް އާއްމު ފަރާތްތަކާއި ވިޔަފާރިތައް އަދި ރާއްޖޭގެ އެކި ސަރަހައްދު ތަކުން ތިލަފުށި ސައިޓަށް ކުނި ގެންނަ ފަރާތްތަކުން އަމަލު ކުރަންޖެހޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައިއެވެ.

މީގެ އިތުރުން ވެމްކޯއިން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ، އެ ކުންފުނިން އަމަލުކުރުމަށް ނިންމާފައިވާ އުސޫލުތަކަކީ، ދުނިޔޭގައި ކުރިއަރާފައިވާ އެތައް ގައުމެއްގައި ކާމިޔާބުކަމާއި އެކު ކުރެވިގެންދާކަމެއް ކަމަށެވެ. އެހެންކަމުން މި ހެޔޮ ބަދަލާއިއެކު ރިސައިކަލްކޮށް އިތުރު ނަފާއެއް ލިބިގެންދިއުމުގެ އިތުރުން، މެނޭޖް ކުރަން ޖެހޭ ކުނީގެ އަދަދު ދަށަށްގޮސް، އެ މަސައްކަތްތަކައް ދެމެހެއްޓިނިވި ގޮތެއްގެ މަތިން ލުއި ފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: