ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގު ހެދުމުގެ މަޝްރޫއު ހުއްޓުނީ ސަރުކާރުގެ ސަބަބުން: މުއިއްޒު

މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް އެއް އަހަރު ފުރުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައިވާ ހިތްފަސޭހަ މަގުމަތި އަމާޒު ހާސިލް ކުރުމަށްޓަކައި މާލޭގެ މަގުތައް ހަދާ ރަނގަޅު ފެންވަރެއްގަ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާކަމަށާއި ނަމަވެސް ސަރުކާރުން އޮތީ މަޝްރޫޢު ހުއްޓުވާފައި ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުއަކީ ސަރުކާރުން ބަޖެޓް ދެއްވާފައިވާ މަޝްރޫޢުއެއް ނަމަވެސް މިދިޔަ ނޮމެވްބަރު މަހުން ފެށިގެން މަގުހެދުމުގެ އެއްވެސް ޢަމަލީ މަސައްކަތެއް މިއަދާ ހަމަޔަށް އައިއިރުވެސް ނުހިނގާ ކަމަށް މޭޔަރު ވިދާޅުވިއެވެ. ފާއިތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި މި މަޝްރޫއު ހުއްޓުވާފައި ވާތީ އެކަމާއިމެދު ކަންބޮޑުވުންފާޅު ފާޅުކުރައްވައި މޭޔަރު ވިދާޅުވީ ބޭރުފުށުން ބަލާއިރު މިކަންތައް ފެންނަން އޮތީ ކައުންސިލްގެ ނާކާމިޔާބީއެއްގެ ގޮތުގައި ކަމަށާއި، ފެންނަން އޮތީ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ނުދާތަންކަމުގައެވެ. އެހެން ނަމަވެސް ކަމުގެ ހަގީގަތަކީ އެއީ ނޫންކަމަށާއި މަޝްރޫއު ހިންގުމަށްޓަކައި ސަރުކާރުގެ ފަރާތުން ބޭނުންވާ އެއްބާރުލުން ދެއްވާފައި ނުވުން ކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާތަކެއް އިވެމުންދާ އެއް މައްސަލަ ކަމަށްވާ އަމީނީމަގު ހެދުމުގެ މަޝްރޫޢު އާއި ގުޅޭގޮތުން މޭޔަރު އިތުރަށް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫޢު ނުހުއްޓުވި ނަމަ އަމީނީމަގު އޮންނާނީ ފަސް މަހުގެ ތެރޭގައި ތާރު އަޅާ ނިމިފައި ކަމަށެވެ.

ނަމަވެސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ހެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެފައިވަނީ މަގުތަކުގެ މައްސަލަ ހައްލުކުރަން މާލެ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ “މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް” ގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަލުން ފެށުން ލަސްވެފައި ވަނީ ސިޓީ ކައުންސިލުން ނިންމަން ޖެހޭ އިދާރީ ކަންކަން ނުނިމި ލަސްވަމުން ދާތީ ކަމަށެވެ.

އެހެން ނަމަވެސް މޭޔަރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދިޔައީ މިކަމުގައި ދަތިތަކަކާއި ދިމާވަނީ ސަރުކާރުން ދޭންޖެހޭ އެއްބާރުލެއްވުން ނުދެއްވުމުގެ ސަބަބުން ކަމުގައެވެ.

މި ދައުރަށް އެއް އަހަރު ވީއިރު ހުރި ގޮންޖެހުންތަކާއި، ކުރިމަތި ކުރުވި ބައެއް ދަތިތަކަކާއިއެކުވެސް ނިސްބަތުން ގިނަ ކަންކަން ވަނީ ހާސިލްކުރެވިފައި ކަމަށް މޭޔަރު ވިދާޅުވިއެވެ. އެހެން ނަމަވެސް އަދިވެސް ބައެއް ކަންކަން ހާސިލް ނުވާކަން މޭޔަރު ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެންނަށް ކުރެވުނު ގިނަ ކަންތައްތަކެއް އެބަހުރި. އެހެން ނަމަވެސް އަޅުގަނޑުމެންގެ ޕްލޭންގައި އޮތް ކަންކަމަށް ބަލާއިރުގަ އެބަހުރި މުހިންމު ގިނަ ކަންތައްތަކެއް އަދި ހާސިލް ނުކުރެވި“ މޭޔަރ

މީގެ އިތުރުން ސަރުކާރުން ހިފަހައްޓަވާފައިވާ ބައެއް ކަންކަމަށް މޭޔަރު ވަނީ އަލި އަޅުއްވާލައްވާފައެވެ.

އެގޮތުން މަގު ހެދުމުގެ މަޝްރޫޢު ހުއްޓުވުމުގެ އިތުރަށް ލާމަރުކަޒީ ޤާނޫނުގައި ވާފަދައިން ކުންފުނި އުފެއްދުމުގެ ހުއްދަ ނުދެއްވުމާއި، ކައުންސިލަށް މުވައްޒަފުން ނެގުމަށް ހުރަސް އެޅުމާއި، އަދި ޤާނޫނީގޮތުން ކައުންސިލަށް ލިބިދޭންޖެހޭ އެތައް ފައިސާވެސް ލިބިފައި ނުވާކަމަށް މޭޔަރ ވިދާލުވިއެވެ.

އެހެން ނަމަވެސް ފާއިތުވި ދުވަސްތަކުގައި ކައުންސިލްގެ ހީވާގި މުވައްޒަފުންނާއި ކައުންސިލްގެ މުޅި ޓީމާއި މާލެ ސިޓީރައްޔިތުންގެ އެއްބާރު ލެއްވުމާއިއެކު ގިނަ ކަންކަން ހާސިލް ކުރެވިފައިވާކަމަށް މޭޔަރު ފާހަގަކުރެއްވެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: