ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒު ހިފަނީ ފާއިތުވާ އަހަރަށް ވުރެ 50 މިލިއަން ރުފިޔާގެ ފައިދާ އިތުރުކުރުމަށް: އާޒިމް

އެމްޓީސީސީގެ އަހަރީ ދުވަހު ބޭއްވި ޖަލްސާގައި، ސީއީއޯ އާޒިމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އަހަރަކުވެސް އެމްޓީސީސީން އަމާޒު ހިފަނީ ފާއިތުވާ އަހަރަށްވުރެ 50 މިލިއަން އިތުރަށް ފައިދާގެ ގޮތުގައި ހޯދުމަށްކަމަށް ކުންފުނީގެ ސިއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅޫވީ 2021 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއަށްފަހު ރޭ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.

އާޒިމްގެ ވާހަކައިގައި ފާހަގަކުރެއްވީ މީގެ ކުރީގައި އެމްޓީސީސީއަކީ އަހަރަކު 50 މިލިއަނުގެ ފައިދާވާ ކުންފުންޏެއްކަމަށާ، ނަމަވެސް މިއަދު އެމްޓީސީސީގެ ފައިދާ ބޮޑުތަނުން އިތުރުވެފައިވާކަމެވެ. އެގޮތުން ކޮންމެ އަހަރަ ކުވެސް އަމާޒުހިފަނީ ކުރީއަހަރަށްވުރެ 50 މިލިއަން އިތުރަށް ފައިދާ ހޯދުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީއަށް 2021 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 270 މިލިއަން ރުފިޔާކަމުގައި ހާމަކުރައްވައި އާޒިމް ވިދާޅުވީ އެހެންކަމުން މިއަހަރު އެމްޓީސީސީގެ އަމާޒަކީ 300 މިލިއަން ރުފިޔާގެ ފައިދާއާއިއެކު އަހަރު ނިންމާލުންކަމަށެވެ. 2021 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި ލިބިފައިވާ މިންވަރަކީވެސް 2020 ވަނަ އަހަރާއި އަޅާ ބަލާއިރު 50 މިލިއަނާއި ގާތް ކުރާ އަދަދެއްގެ އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ.

އިތުރަމް އާޒިމް ވިދާޅުވީ މި ސަރުކާރުން އެމްޓީސީސީގެ ތަރައްޤީއަށް ކޮށްދެއްވާ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަކަމަށެވެ. އަދި އެކަން އެގޮތައް ނުކޮށްދޭނަމަ އެމްޓީސީސީން މިއަދު މިދެކޭ ކުރިއެރުން ނުލިބުނީސްކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އަމާޒަކީ ދިވެހިރާއްޖޭގެ ކުންފުނިތަކަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ވާދަކުރެވޭވަރުގެ ކުންފުނިތަކަށް ހެދުންކަމަށެވެ. އަދި އަމާޒް ހާސިލްކުރުމަށްތަަކައި ބޭނުންވާ ހުރިހައިކަމެއް ކޮށްދެއްވަމުން ގެންދަވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

“ކުރިން އެމްޓީސީސީއަކީ ގާތްގަނޑަކަށް 50 އަކަށް މިލިއަނުން އަހަރު ނިންމާލާ ކުންފުންޏެއް ފައިދާގެ ގޮތުގައި. އެހެންނަމަވެސް މިއަދު ފެނިގެން މިދަނީ އެމްޓީސީސީއަކީ 200 މިލިއަނުން މަތިން ފައިދާ ނަގާ ކުންފުންޏެއްގެ ގޮތުގައި. އަޅުގަނޑުމެންގެ ކުރިމަގުގެ އަމާޒަކީ ކުރިމަގުގައި އެމްޓީސީސީއަށް މަދުވެގެން ކޮންމެ އަހަރަކު ކުރީ އަހަރަށްވުރެ އަބަދުވެސް 50 މިލިއަން ލިބެމުންދާ ކުންފުންޏަކަށް ހެދުން” އާޒިމް

މީގެ އިތުރަށް ކުންފުނީގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައިވެސް މަސައްކަތްތައް ކުރިއަށްދާކަމުގައި އާޒިމް ވިދާޅުވިއެވެ. އެގޮތުން ކުރީގައި 1500 މުވައްޒަފުން ތިބި އެ ކުންފުނީގެ މުއައްޒަފުންގެ އަދަދު މިއަދު ވަނީ އެތައް ގުނައެއް އިތުރުކުރެވިފައެވެ. އެގޮތުން މިހާރު އެމްޓީސީސީގައި 3500 އަށްވުރެ ގިނަ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކުރީގައި އެއްފަހަރާ 20 ޕްރޮޖެކްޓް ހިންގާ އެމްޓީސީސީން މިހާރު އެއްފަހަރާ 100 ޕްރޮޖެކް ހިންގައެވެ.

ހަމަމިއާއިއެކު އެމްޓީސީސީން ދާދި ފަހުން ހުޅުވާލި ފުރުސަތުގެ ދަށުންވެސް 120 ލޭބަރުން މުޅިން އަލަށް ކުންފުންޏާއި ގުޅިގެންދާނެއެވެ. އަދި އިތުރަށްވެސް އެމްޓީސީސީގެ ފަރާތުން އަންނަނީ ޓްރެއިނިންގ ޕްރޮގްރާމްތައްވެސް ހިންގަމުންކަމުގައި ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: