ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިރުދައްކައި އަޑު ކަނޑުވާލެވޭނެކަމަށް ހީވިޔަސް އެކަމެއް ނުވާނެ: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުންއިން ބިރުދައްކައި ފުރައްސާރަކުރަމުންދާކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި ބޮޑެތި ބައިބައިވުންތައް އުފެދި، އެ ޕާޓީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިލާންޖެހިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ކުރިއަށް އޮތް އިންތިހާބު ޖުމްހޫރީ ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރަމުންދާއިރު، ޝަރީފް ގެންދަވަނީ ރައީސް ނަޝީދު އަދި އެމަނިކުފާނުގެ ޓީމުގެ އަމަލުތަކާއިމެދު ނުރުހުން ފާޅުކުރައްވާ ފާޑުވިދާޅުވަމުންނެވެ.

ފިކުރެއްގެ ދިރުންގައި ޝާމިލުވެވަޑައިގަންނަވާ ބޭފުޅުންގެ ފަރާތުން އެނާއަށް ގޮންޖެހުންތަކެއް ކުރިމަތިކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޝަރީފް ހިއްސާ ކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބިރުދައްކައިގެންނާއި ފުރައްސާރަކޮށްގެން އޭނާގެ އަޑު ކަނޑުވާލެވޭނެކަމަށް ފިކުރެއްގެ ދިރުމުން ގަބޫލުކުރާނަމަ، އެއީ ކުށް ހީއެއްކަމަށެވެ. އަދި އޭނާއަކީ ސިޔާސީ މައިދާނުގައި ތަޖުރިބާކާރު ބޭފުޅެއްކަމަށް ޝަރީފް ސިފަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރުތަކުގެ ތެރޭގައި ސިޔާސީ ވާދަވެރިންވަނީ އޭނާ ބަލިކަށިކޮށްލުމަށް ބޭނުން ކުރެވެން އޮތް ހުރިހާ އުކުޅެއް ބޭނުންކޮށްފައިވަކަމަށެވެ. އެގޮތުން  ދުނިޔެ މަތީ އަރައިގަނެވޭނެ އެންމެހާ ކުށަކަށް އޭނާ އަރައިގަނެފައިވާކަމަށް ތުހުމަތުކޮށްފައިވާކަމަށާއި އެކަން ކުރަނީ ހެއްކެއްވެސް ނެތިކަމަށް ޝަރީފް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިހާތަނަށް އޭނާގެ ދުޝްމިނުންނަށް އޭނާއަށް ބިރުދެއްކުމުގައި ކާމިޔާބީ ލިބިފައިނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: