ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލާސްޓިކް ކޮތަޅުގެ އަގު ބޮޑުކުރުން: ސަރުކާރުން ކުށްވެރިކުރީ މަޖިލީސް!

އެންވާރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ތިލަފުށި ކުނިގޮނޑު ސަރަހައްދުގައި މީޑިއާއަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50 (ފަންސާސް) ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވާނީ ހިމަނާފައި ކަމަށާއި ނަމަވެސް، ކުނި މެނޭޖުކުރުމުގެ ބިލް މަޖިލީހުން ފާސްވެގެން އައިއިރު މި މައްދާ ވަނީ އުނިކުރެވިފައިކަމަށް ބުނެ އެންވައިރަމެންޓް މިނިސްޓްރީއިން ނެރުން ބަޔާނުގައި ކޮތަޅުގެ އަގު ބޮޑުވި މައްސަލައިގައި ރައްޔިތުންގެ މަޖިލީސް ކުށްވެރިކޮށްފިއެވެ.

ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން 2 (ދޭއް) ރުފިޔާގެ ފީއެއް ނަގަން ފެށުމާއި ގުޅިގެން ކޮތަޅު ބޮނޑީގެ އަގު ކުރިއަށްވުރެ ވަރަށް ބޮޑުތަން އުފުލިފައިވާ މައްސަލައާ ގުޅިގެން މިނިސްޓްރީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކަށް އެހާ ބޮޑުތަނުން އަގު ބޮޑުވާން ދިމާވި ސަބަބަކީ، ކުނި މެނޭޖުކުރުމުގެ ޤާނޫނުގައި މިހާރު ބުނެފައިވާ ގޮތުން، ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ ފީ އެއް ދައްކަން ޖެހުންކަމަށެވެ. އާންމު ގޮތެއްގައި ބޮނޑި ޕެކްކޮށްފައި ހުންނަނީ 100 ކޮތަޅުން ކަމަށްވެފައި ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ ރޭޓުން ޖުމްލަ 200 ރުފިޔާ، ފީ ގެ ގޮތުގައި ދައްކަން ޖެހޭކަން މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50 (ފަންސާސް) ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވާނީ ހިމަނާފައިކަމަށް މިނިސްޓްރީއިން ބުނިއެވެ. ނަމަވެސް، ކުނި މެނޭޖުކުރުމުގެ ބިލް މަޖިލީހުން ފާސްވެގެން އައިއިރު މި މައްދާ ވަނީ އުނިކުރެވިފައިކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާއިރު، ބަޔާނުން ދޭހަވާ ގޮތުގައި މިނިސްޓްރީއިން މި މައްސަލައިގައި ކުށްވެރިކޮށްފައިވަނީ މަޖިލީހެވެ. މި މައްދާ އުނިކުރެވިފައިވީ ނަމަވެސް، އެ ބިލަކީ ކުނީގެ އަސާސީ ޚިދުމަތް ދިނުމަށް މުހިއްމު ބިލަކަށްވާތީވެ، ސަރުކާރުން ނިންމީ ތަޞްދީޤުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ހުށަހަޅަންޖެހޭ އިސްލާހުތައް ވަކިން ހުށައެޅުމަށް މިނިސްޓްރީއިން ބުނިއެވެ. އެގޮތުން، އިސްވެ ދެންނެވުނު މައްސަލަ ވެސް ހައްލުކުރެވޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ސަރުކާރުން ވާނީ ފާއިތުވީ މާރިޗް މަހު އިސްލާހް ހުށަހަޅާފައެވެ. މި އިސްލާހް މަޖިލީހުން ފާސްވުމުން މިހާރު ދިމާވެފައިވާ މައްސަލައަށް ޙައްލު ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ޤައުމުތަކުގައި އެންމެ ކާމިޔާބުކަމާއެކީ ޢަމަލުކުރާ އެއް ސިޔާސަތު ކަމަށްވެފައި، އެ ސިޔާސަތު ތަންފީޛުކޮށްފިނަމަ ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކް ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެތީއެވެ. އަދި ރާއްޖެއަކީ ނާޒުކު ތިމާވެށްޓެއް ލިބިފައިވާ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް މުޅި އިޤްތިޞާދު ބިނާވެފައިވާ ޤައުމަކަށްވެފައި ޕްލާސްޓިކުން ވެށި ހިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ޤައުމީ މަސައްކަތަކަށް ވާތީކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ފްލާސްޓިކް މަދުކުރުމުގައި ހިންގޭ މިފަދަ ޤައުމީ ހަރަކާތްތަކުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި ބައިވެރިވުން ލިބުމަށް އެދޭކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި އާންމު ދިރިއުޅުމުގައި، ވީވަރަކުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމަށްވެސް މިނިސްޓްރީއިން ވަނީ އެދިފައިވާއިރު، ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ގިނަ ފަހަރު ބޭނުންކުރެވޭ ތިމާވެށްޓާއި ރައްޓެހި ކޮތަޅު ބޭނުންކުރުމަށްވެސް އެދިފައެވެ. ވިޔަފާރި ކުރައްވަން ވަޑައިގަންނަވާއިރުވެސް ގެއިން މިފަދަ ކޮތަޅެއް ހިއްޕަވައިގެން ވަޑައިގަތުމަށް މިނިސްޓްރީއިން ވަނީ އިލްތިމާޒްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: