ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކް މައްސަލަ: އެޕާޓްމަންޓް ގަނެފައިވާ މީހުން ޝަކުވާ ހުށަހަޅަން ފުލުހުން އެދުން

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޭޕާކް ރެސިޑަންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހަންބޯ ކުންފުނިން އިމާރާތްކުރަމުންދާ ކޭޕާކް ރެސިޑެންސްއިން އެޕަރޓްމެންޓް ގަނެފައިވާ މީހުންގެ މައުލޫމާތު ހުށަހެޅުމަށް ފުލުހުން އެދިއްޖެއެވެ.

ހަންބޯ ކުންފުންޏާއި އަރބަންކޯ އާއި އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޭ ޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ހަމްބޯ ގެ ނަމުގައި ފޭކް ލިޔުންތައް ބޭނުންކޮށްގެން އާއްމުންނަށް ވިއްކާފައިވާ މައްސަލަ، ކުންފުނީގެ މައި ހިއްސާދާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ.

އެކަމާއި ގުޅިގެން ފުލުހުން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކޭޕާކް ރެސިޑެކްސް އާއި ގުޅިގެން މައްސަލައެއް ވާނަމަ ވީއެންމެ އަވަހަކަށް  ފުލުހުންގެ އިކޮނޮމިކް އެންޑް ކްރައިމް ޑިޕާޓްމެންޓަށް ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.

މައްސަލަ ފުލުހަށް ހުށަހެޅި ކޭޕާކްގެ މައި ހިއްސާދާރު އަދި މެނޭޖިންގ ޑައިރެކްޓަރު ޖިން ޝިހޫ ތުހުމަތުކޮށްފައިވާ ގޮތުން އެކަން ކޮށްފައިވަނީ ހަންބޯ ކުންފުނީގެ ރާއްޖޭގެ އޭޖެންޓް އަދި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައިނޯރިޓީ ހިއްސާދާރު ހުސައިން މަމްދޫހު (މަންޑޭ) އެވެ.

ޖިން ޝިހޫ ފުލުހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި ކޭޕާކް ރެސިޑެންސް ވިއްކުމަށްފަހު ފައިސާ ދެއްކުމަށް މަންޑޭ އެދިފައިވަނީ ނަގުދު ފައިސާ އިން ކަމަށް ކަސްޓަމަރުން ބުނެފައިވާ ކަަމަށާއި ފައިސާ ހޯދުމަށް ކަސްޓަމަރުންނާއި މުއާމަލާތްކޮށްފައިވަނީ ހަމައެކަނި މަންޑޭ އާއި އޭނާގެ ޕާޓްނަރު ޖައިޝަން  ސައީދު އެވެ.

ޖިން ޝިހޫ ބުނެފައިވާ ގޮތުގައި ކޭޕާކް ރެސިޑެންސް ވިއްކުމުގެ ބާރާއި އިހްތިޔާރު ކުންފުނީގެ ފަރާތުން އެއްވެސް ފަރާތަކަށް ދީފައިނުވާއިރު މަންޑޭ އެކަން ކޮށްފައިވަނީ ކުންފުނީގެ ނަމުގައި އުފެއްދި ފޭކް ލިޔެކިޔުންތަކެއް ބޭނުންކޮށްގެންނެވެ.

މީގެ އިތުރުން ހަންބޯ ކުންފުނީގެ އެކައުންޓް ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާއިރު ބައެއް ކަސްޓަމަރުން އަތުން މަންޑޭ ފައިސާ ހޯދާފައިވަނީ އޭނާ ޗައިނާގައި ހުރި ދުވަސްވަރު ކުންފުނީގެ އެމްޑީގެ ސޮއި ފޯޖްކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށެވެ. އެ މައްސަލަ ބޭންކް އޮފް މޯލްޑިވްސްގެ ސަމާލުކަމަށް ގެނައިރު އެފައިސާ ނަގާފައިވާ ކަމަށްވެސް ޖިން ބުނެފައިވެއެވެ.

މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރި ނަމަވެސް މަންޑޭގެ ފަރާތުން އެކަމުގައި އެއްބާރުލުން ލިބިފައިނުވާއިރު އެޕާޓްމަންޓްގެ އަގުގެ ބަދަލުގައި މަންޑޭ ވަނީ ކާރާއި އެނޫންވެސް އެހެން ބައެއް ތަކެތި ކަސްޓަމަރުން އަތުން ނަގާފައެވެ. އަދި އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކާފައިވާ ކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.

ހަންބޯގެ ނަމުގައި އެހެން ކުންފުނިތައް ބޭނުންކޮށްގެން އެކި މުއާމަލާތްތައްކޮށް ނުއަގުގައި އެތައް އެޕާޓްމަންޓް ވިއްކާފައިވާ ކަމަށް ޖިން ފުލުހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

ކޭޕާކް ރެސިޑެންސް ހުންނަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ.

ކޭޕާކް ފްލެޓްތައް ވިއްކި މައްސަލައިގައި މަންޑޭގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު އަރބަންކޯ އިން ވަނީ މައްސަލަ ފުލުހަށް ހުށަހަޅައި އެކަމުގެ ތަހުގީގުގައި އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: