ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޑީއެފް އާއީ ފުލުހުންނަށް އިމުގެ މައްސަލައިގައި ސައީދު ސުވާލުތަކެއް ކުރައްވައިފި!

ރައީސް ސޯލިހު އަދި މާވަށު ދާއިރާ މެމްބަރު ސައީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެންޑީއެފް އަދި ފުލުހުންގެ ބޭފުޅުންގެ ތެރޭގައި ތިއްބަވާ ސިޔާސީ ކަންކަމަށް ނަޒަރު ހިންގަވާ ބޭފުޅުން ރާއްޖެ އާއި މޮރިޝަސްގެ އިން ވަކިކުރުމުގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެކުލެވޭ ކަންކަމުގެ ހަގީގަތް ދެނެގަތުމަށް ވަގުތު ޖެހިފައިނުވޭތޯ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު ކުރައްވައިިފިއެވެ.

ބާނާ ބާނާ ތިއްބައި ކަނޑު ވިއްކާލައިފި ގެ ނަމުގައި އިދިކޮޅުން ބޭއްވި ޖަލްސާ އާއި ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ ހަރަކާތްތެރިވެފައެވެ. އެކަމަށް ނިސްބަތްކުރައްވައި ސައީދު ވަނީ އިމުގެ މައްސަލައިގައި ޖަވާބު ހޯދުން މުހިއްމު ސުވާލުތަކެއް ފާހަގަ ކުރައްވާފައެވެ.

އެމްއެންޑީއެފް އަދި ފުލުހުން ޓެގް ކުރައްވައި ސައީދު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވޭތޯ ދެނެގަތުން އެއީ މުހިއްމު ކަމެއްކަން ފާހަގަކުރައްވާފައެވެ. އޭނާވަނީ ގެއްލުން ސަރަހައްދުގެ ބޮޑުމިން އެ ބޭފުޅުންނަށް އެނގިވަޑައިގަނޭތޯވެސް ސުވާލު ކުރައްވާފައެވެ. އަދި ގެއްލިފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ނޫންތޯއާއި ރައީސް ސާލިހު މޮރިޝަސްއަށް ސިޓީއެއް ފޮނުއްވިކަން ޔަގީން ކުރެއްވުމުގެ އިތުރުން އޭނާވަނީ އެ ސިޓީ މަޖިލީހާއި ހިއްސާނުކުރެއްވި ސަބަބާއިމެދުވެސް އައްސަވާފައެވެ.

މީގެ އިތުރުންވެސް ސައީދުވަނީ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އެގޮތުން ރާއްޖެ އަދި މޮރިޝަސް ދެމެދު ޝެއަރ ކުރެވޭ ބޯޑަރެއް ވޭތޯވެސް ސުވާލުކުރައްވާފައިވާއިރު ސައީދުވަނީ ޗާގޮސް އަކީ ވަކި ބައެއްގެ ތަނެއްގެ ގޮތުގައި އދއިން ކަނޑައަޅާ ނިންމާފައިވާ ތަނެއްތޯވެސް ސުވާލު ކުރައްވާފައެވެ.

އދ އިން އެފަދަ ނިންމުމެއް ނިންމާފައިނުވާކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ޖަމިއްޔާއިން އެފަދަ ނިންމުމެއް ނިންމައި ބަލައިގަނެފައިނުވާއިރު، މޮރިޝަސްއަށް ރާއްޖޭގެ ސަރަހައްދެއް ދޭން ޖެހުނީ ކޮންސަބަބަކާއި ގުޅިގެންތޯއެވެ.

ސައީދުވަނީ ދިވެހިން ދާ އަޅައިގެން މަސްވެރިކަން ނުކުރާކަމަށް އިޝާރާތްކުރައްވާފައެވެ. އަދި އެކަން ކުރަމުންދަނީ ކޮން ފަރާތްތަކެއް ތޯ އޭނާ އެމްއެންޑީއެފް އަދި ފުލުހުންނާއި ސުވާލު ކުރައްވާފައިވާއިރު، އޭނާ ވަނީ އެއީ ލިބިފައިވާ ގެއްލުމެއް ނޫންތޯވެސް ސުވާލު އުފައްދަވާފައެވެ.

ސައީދު ވިދާޅުވީ، ރާއްޖެއިން ގެއްލިގޮސްފައިވަނީ ސްވިޒަލޭންޑުވަރުގެ ސަރަހައްދެއްކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ސަރަހައްދެއް ދޫކޮށްލުމަށް ދިވެހިން ބޭނުންވިނަމަ، ބައިނަލްއަގުވާމީ މައިދާނުގައި ބިޑުކޮށްގެން ދާއެޅުމުގެ ހުއްދައާއިއެކު، އެ ސަރަހައްދު ވިއްކާލާފައިވާނަމަ، ރާއްޖޭގެ ބިޔަ ދަރަނިތައް އަރަންޏަށް ވެގެންދާނެކަމަށެވެ.

ސައީދު ވިދާޅުވީ، ގޯސްވަނީ އެ ވާހަކަތައް ދައްކައި އިހުތިޖާޖު ކުރާ ފަރާތްތައް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ވާހަކަތައް ދެއްކުމުން އެއީ ގޯސްކަމެއްނަމަ، ފުލުހުންނާއި ސިފައިންގެ ގާނޫނީ ހުވާގައި ބުނާ އެއްޗެއް އަލުން ވިދާޅުވާން އޭނާ އަށް ފެނިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ހަމަނުޖެހުމެއް ހިންގުމަށް ރައްޔިތުން ނޫޅޭކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: