ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިފްއަތުގެ އިތުބާރު ނެތް މައްސަލަ: މެމްބަރުން ނިޒާމީ ނުކުތާ ނަގައި، ”ޗޯރު އިބުރޭ“ ލަވަ ޖެހުމުގައި!

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ހޫނުވެފައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާ ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި، ބައެއް މެމްބަރުންގެ ”ޗޯރު އިބުރޭ“ ލަވަ ޖަހަން ފަށައިފި އެވެ.

މިއީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސްގައި ރާއްޖެ މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގައި ރިފްއަތު ވަކާލާތު ކުރީ ދައުލަތަށް ގެއްލުންވާގޮތަށްކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއް ގެއްލިފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މި މައްސަލައިގައި ސޮއި ކުރީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ އިތުރުން އެމްއެންޕީ އާއި، ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެމްބަރުންނެވެ.

މި މައްސަލަ މިދިޔަ ހަފްތާއަށް އެޖެންޑާ ކުރުމުން ކުރިޔަށް ގެންދެވޭ ގޮތެއް ނުވީ، ރިފްއަތު މަޖިލީހަށް ހާޒިރު ނުވެ ލިއުމުން ޖަވާބުދިނުމުންނެވެ. އެހެންވެ މަޖިލީސް ހޫނުވެ، އެ ދުވަހު ޖަލްސާ ނިންމާލުމަށް ފަހު މިއަދަށް ތާވަލު ކުރި މައްސަލަ ވެސް ކުރިޔަށް ގެންދެވޭ ގޮތެއް އަދިވެސް ވަނީ ނުވެފަ އެވެ.

ނިޒާމީ ނުކުތާތައް ނަންގަވައި މެމްބަރުން ގޮވާލަމުން ދިޔައީ، ރިފްއަތު މިދިޔަ ހަފްތާގައި ޖަލްސާއަށް ވަޑައިނުގެންނެވި ސަބަބު ސާފުވާން ޖެހޭ ކަމަށެވެ. އަދި ފަހަރަކު މެމްބަރަކު ނިޒާމީ ނުކުތާތައް ނަންގަވައި ވިދާޅުވަމުން ދިޔަ ވާހަކަ އަކީ އެއީ އެވެ.

މީގެއިތުރުން ބައެއް މެމްބަރުން ނިޒާމީ ނުކުތާތައް ނަންގަވައި، އެބޭފުޅުންގެ މޭޒުގައި ގާއިމުކޮށްފައި ހުރި ސިސްޓަމް މަސައްކަތް ނުކުރާކަމަށް ވިދާޅުވަމުން ގެންދެވި އެވެ.

އިދިކޮޅު މެމްބަރުން ނިޒާމީ ނުކުތާތައް ނަންގަވަމުންދާއިރު، ސަރުކާރު މެމްބަރުން ވެސް ދަނީ އެކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. ސަރުކާރު މެމްބަރުން ވަނީ، ރައީސް ނަޝީދަށް ފާޑުވިދާޅުވެ ޖަލްސާ ކުރިޔަށް ގެންދަން ފުރުސަތު ދޭން ގޮވާލާފަ އެވެ. މިއަދުގެ ޖަލްސާ ހެނދުނުގެ 09:00 ގައި ފެށުނީއްސުރެ، ފަހަރަކު މެމްބަރަކު ދަނީ ނިޒާމީ ނުކުތާތައް ނަންގަވައި ޖަލްސާއަށް ހުރަސް އަޅުއްވަމުންނެވެ. އަދި ސައިގެ ވަގުތަށް 10:30 ގައި ޖަލްސާ މެދުކަނޑާލި އިރު ވެސް އިތުބާރު ނެތް މައްސަލައިގެ ކިއުން އިއްވޭ ގޮތެއް ނުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: