ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫވްއެންޕިކް އާއި ޑޯނާ ކަބާބްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި

މޫވަން ޕިކް އާއި ޑޯނަރ ކަބާބް ގެ އައުޓްލެޓް / ފޮޓޯ: ވަގުތު އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

މޫވްއެންްޕިކް އަދި ޑޯނާ ކަބާބްގެ ޑުއަލް އައުޓްލެޓެއް ރޭ މާލޭގައި ހުޅުވައިފިއެވެ.

ކުރީގެ ޗާކޯލް ކެފޭ ހުރި ތަނުގައި ހުޅުވިގެން ދިޔަ މި އައުޓްލެޓުން މޫވްއެންޕިކް އައިސްކްރީމްގެ އެކި ފްލޭވަރ ތަކާއި ޑޯނާ ކަބާބްގެ ތަފާތު މީރު ރަހަތައް ކަސްޓަމަރުންނަށް ތަޖުރިބާކޮށްލެވޭނެއެވެ.

ލައިވް މިއުޒިކާއި ފޯރިގަދަ ހަރަކާތްތަކާއެކު މޫވްއެންޕިކް އަދި ޑޯނާ ކަބާބްގެ އައުޓްލެޓް ހުޅުއްވައިދެއްވީ ޑޯނަރ ކަބާބް އަދި ވާލީގެ ޑިރެކްޓަރުންގެ އިތުރުން މޫވަންޕިކް ސައުތު އޭޝިޔާއަށް ކަނޑައަޅާފައިވާ ބްރޭންޑް އެމްބަސެޑަރެވެ.

ޑޯނަރ ކަބާބް ހުޅުވުމުގެ ރަސްމިއްޔާތުގައި މޫވްއެންޕިކް ބްރޭންޑް އެމްބަސެޑަރ އޭޝިޔާ، އެމްވީއެމް ރާއޯ ވިދާޅުވީ ޑުއަލް ކޮންސެޕްޓަށް ހުޅުވުނު އެ އައުޓްލެޓާއި އެކު އެއްތަނަކުން ތަފާތު ރަހަތައް ތަޖުރިބާކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެން ދިއުމަކީ އުފާކުރާ ކަމެއް ކަމަށެވެ.

ޑޯނަރ ކަބާބް މޯލްޑިވްސްގެ އޮޕަރޭޝަން މެނޭޖަރު މުހައްމަދު އިބްރާޙިމް ބުނީ ޔޫރަޕްގެ މަޝްހޫރު ދެ ބްރޭންޑެއް ރާއްޖެ ގެނެސް ޑުއަލް ކޮންސެޕްޓަށް ތައާރަފްވެގެން ދިއުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި އުއްމީދަކީ މުސްތަގުބަލުގައި ވިޔަފާރި އިތުރަށް ފުޅާކޮށް އެހެނިހެން ލޮކޭޝަން ތަކުގައި އިތުރު އައުޓްލެޓްތައް ހުޅުވުން ކަމަށެވެ.

މުހައްމަދު އިބްރާހިމް އިތުރަށް ވިދާޅުވީ މޫވްއެންޕިކް އާއި ޑޯނަރ ކަބާބްގެ ޓޭކްއަވޭ ފުރަތަމަ ފަށައި އެކަމުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި އެ ތަރުހީބަށް ބަލައި އައުޓްލެޓެއް ހުޅުވަން ނިންމީ ކަމަށެވެ.

މޫވްއެންޕިކް އަކީ ސްވިޒަލޭންޑްގެ އިތުރުން މުޅި ދުނިޔޭގައިވެސް މަޝްހޫރު އައިސްކްރީމް ބްރޭންޑެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: