ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓް އާއްމުކޮށްފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ ރައްޔިތުންގެ ނަންތައް ހާމަކޮށް، ވޯޓާރސް ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވޯޓާރސް ލިސްޓް އާއްމުކޮށް ޝަކުވާއަށް ހުޅުވާލީ މި ޖޫން މަހުގެ 11 ވީ އާދިއްތަ ދުވަހުއެވެ.

މިި ހިނގާ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ވޯޓް ދިނުމުގެ ހައްގު ލިިބިފައިވާ އުމުރުން 18 އަހަރުން މަތީގެ 282،672 މީހުން ހިމެނިގެން ވޯޓާރސް ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި އީސީ އިން ވަނީ ޝާއިޢު ކޮށްފައެވެ.

ވޯޓާރސް ލިސްޓްގައި މީހާގެ ނަމާއި އެޑްރެސް އަދި ރަށް ހިމެނޭ އިރު އައިޑީ ކާޑްގެ ނަމްބަރުގެ ފަހު ދެއަކުރު ހިމަނައި ކާޑްގެ ނަމްބަރު ފުރިހަމަ ނުކޮށް ހިމަނާފައިވަނީ ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވެއްދުން ފަދަ ކަމެއް ހިނގާފާނެ ކަމަށް ވިސްނައި ލިސްޓްގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އީސީ އިން ވަނީ ހުޅުވާލާފައެވެ.

ވޯޓާސް ލިސްޓާއި ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓްލާ މީހުންގެ ލިސްޓުގައި ނަން އޮތްތޯ ނުވަތަ ނަން އޮތީ ރަނގަޅަށްތޯ ޗެކްކޮށްލުމަކީ، ވޯޓްލާމީހުންގެ ސައްހަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުންނާއި، ކެންޑިޑޭޓުންނާއި ފަރުދީގޮތުން ވެސް ކުރުން ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އެހެންފަހަރުތަކެކޭ ވެސް އެއްގޮތަށް ވޯޓާރސް ލިސްޓް ގެ ރަޖިސްޓްރީ އީސީ މެދުވެރިކޮށް 1414 އަށް އެސްއެމްއެސް ކޮށްގެން ބަލައިލެވޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެމްއެމްއެސް މެދުވެރިކޮށް ވޯޓާރސް ލިސްޓްގެ ރަޖިސްޓްރީ ބެލުމަށް VR މެސެޖެއްގައި ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލުމަށް ފަހު އައިޑީކާޑް ނަމްބަރު ޖެހުމަށްފަހު  1414 އަށް މެސެޖެއް ކޮށްލުމުން އެ މައުލޫމާތު ލިބިގެންދާނެ ކަމަށް އީސީން ވަނީ ބުނެފައެވެ

ރިޔާސީ އިންތިހާބުގެ ވޯޓާރސް ލިސްޓް ކޮމިޝަންގެ ވެބްސައިޓްގެ އިތުރުން  ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލްތަކުގެ އިދާރާއިން ނާއި ސަރުކާރުގެ ގެޒެޓް އިން ބަލައިލެވޭނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: