ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކު ރައްޔިތުންގެ ތަސައްވުރަކީ ޑިމޮކްރެޓްސްގެ ފަލްސަފާ: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަން ލަތީފު/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކާ ގެންގުޅުއްވާ ތަސައްވުރަކީ ޑިމޮކްރެޓްސްގެ ފަލްސަފާކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި، އަލަށް އުފެއްދުމަށް މަސައްކަތްކުރަމުންދާ ދަ ޑިމޮކްރެޓްސް އިން މިހާރު ދަނީ އެ ޕާޓީޯގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ރަށްތަކަށް ދަތުރު ކުރަމުންދާއިރު، ފުވައްމުލަކުގެ ރައްޔިތުންނާއިއެކު ކުރިއަށް ގެންދެވި ބައްދަލުވުމަށްފަހު ހަސަން ލަތީފް ވަނީ ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ އެކުލަވާލުމަށް ފުވައްމުލަކުން ދިން ހިޔާލުތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ފުވައްމުލަކާ މެދު ގެންގުޅުއްވާ ހުޅުވިފައިވާ ތަސައްވުރަކީ ޝައްކެއްވެސް ނެތްގޮތުގައި ޑިމޮކްރެޓްސްގެ ފަލްސަފާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ރިޔާސީ ޕްރައިމެރީގެ ނާކާމިޔާބީއާއިއެކު، ފެށުނު ފިކުރެއްގެ ދިރުން މޫމްވެންޓަށް ގިނަ ދުވަސްވީއިރު އެބޭފުޅުން މިދިޔަ ދުވަސްތަކުގައި މަސައްކަތް ކުރީ އާ ޕާޓީއެއް އުފެއްދުމަށެވެ. އެއީ އެ ޕާޓީއަކަށްޓަކައި ގުރުބާންވެގެން ގެނައި ވެރިކަމެއްގައި ގަބޫލު ކުރާ ސިޔާސަތުތައް ތަންފީޒު ނުކުރެވި ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދޭތީކަމަށް ވަނީ ބުނެފައެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހަސަން ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމްޑީޕީގެ ދާއިރާ ރައީސުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންނާއި، އަދި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެ ޕާޓީއާއި ގުޅޭނެކަމަށެވެ. ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަނީ، ހަސަން ލަތީފްގެ ނަމުގައިއެވެ. އަދި އެކަން ފާހަގަކޮށް ހަސަން ވިދާޅުވީ މި މަސައްކަތުގައި ގިނަ ބައެއްގެ ބައިވެރިވުން އެބައޮތްކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: