ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމައެކަނި އިރުމަތީ ސަރަހައްދުގައިވެސް 21،000 ރަޝިއާގެ ސިފައިން މަރުވެއްޖެ: ޔޫކްރެއިންގެ ރައީސް

ރަޝީޔާގެ ރައީސް ޕުޓިން، އަދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާ ދެމެދު ކުރެވެމުންދާ ހަަނގުރާމައިގެ ތެރެއިން އެ ގައުމަށް ވާގިވެރިވުމަށްފަހު ދެކޮޅަށް ތެދުވި ހަނގުރާމަވެރި ޖަމާއަތްކަމަށްވާ ”ވެގްނާރ ގުރޫޕުގެ“ 21،000 އަށްވުރެ ގިނަ ސިފައިން މަރުވެފައިވާކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލިންސްކީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، ރަޝިއާއަށް ވާގިވެރިވި އަމިއްލަ ހަނގުރާމަވެރި ޖަމާއަތްކަމަށްވާ ވެގްނާރއަށްވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ޒެލިންސްކީ ވިދާޅުވެފައިވާގޮތުން، އެ އަދަދަކީ ޔޫކްރެއިންގެ އިތުމަތީ ފަރާތުގައި ހިނގަމުންދިޔަ ހަމަލާ ބަދަލުކުރުންތެރެއިން މަރުވެގޮސްފައިވާ އަދަދުތަކެވެ. އޭނާ ހިއްސާކުރެއްވި ގޮތުން، އެ އަދަދުގެ އިތުރުން 80،000އަށް ވުރެ ގިނަ އިތުރު ސިފައިންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާނެއެވެ.

ޒެލެންސްކީ ދެއްވި ހިސާބުތަކަކީ އޭނާގެ އަރިހަށް ސްޕެއިންގެ ބޮޑުވަޒީރު ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ގައުމުގެ މީޑިއާތަކަށް ދެއްވި މައުލޫމާތެވެ. އެހެންނަމަވެސް ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން މަރުވެގޮސްފައިވާ އަދަދުތައް ބައިނަލްއަގުވާމީ މީޑިއާތަކަށް ކަށަވަރުކުރެވިފައިނުވެއެވެ.

ވެގްނާރގެ ގިނަ އަދަދެއްގެ ސިފައިން ނެތިވެގޮސްފައިވާކަމަށް ޔޫކްރެއިންގެ ރައީސް ވިދާޅުވީ، އެ ޖަމާއަތުގެ އިސްވެރިޔާވެސް ޝާމިލުވާހެން، ރަޝިއާއާއި ދެކޮޅަށް މަސައްކަތްތަކެއް ކުރުމަށްފަހު ނާކާމިޔާބީ އާއި ކުރިމަތިލައި ބެލަރުސްއަށް ގޮސްފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ. ރަޝިއާގެ ވެރިކަން ނިނުމަކަށް ގެނައުމަށް ވެގްނާރއިން ކުރި މަސައްކަތްތައް ހުއްޓާލާ އަނބުރާ ގޮސްފައިވަނީ ދެ ރަށެއް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންދިއުމަށްފަހު ބެލަރުސްގެ ރައީސް އެލެކްޒެންޑާރ ލޫކަޝެންކޯ އެ މައްސަލައިގެ ތެރެއަށް ވަދެވަޑައިގެން ބައެއް އިންތިޒާމުތައް ހަމަޖެއްސުމުންނެވެ.

ވެގްނާރ ގުރޫޕުގެ ކުރިމަގާއިމެދު ބޮޑެތި ސުވާލުތައް އުފެދިފައިވާއިރު، ބެލަރުސްއަށް ގޮސްފައިވާ ޕްރިގޯޒިން އަދި އޭނާގެ ސިފައިންނަށް ރަޝިއާގެ ސަލާމަތީ ވުޒާރާތަކާއި ގުޅުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. އަދި އަނބުރާ އާއިލާތަކުގެ ގާތަށް ގޮސް ހަނގުރާމައިން ދުރުގައި ހުރުމުގެ ފުރުސަތު ހުޅުވާލިއިރު، ބެލަރުސްގައި ވަޒަންވެރިވުމާއި އެ ގައުމުގެ ސިފައިންނަށް އަސްކަރީ ތަމްރީނުތައް ދިނުމުގައި ޝާމިލުވުމުގެ ފުރުސަތުތައްވެސް ހުޅުވާލެވިގެންދިޔަކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ޒެލެންސްކީ ވިދާޅުވެފައިވާގޮތުން، ވެގްނާރ އަދި ޕްރިގޯޒިން ރަޝިއާއާއި ދެކޮޅަށް ތެދުވުމަކީ އެ ގައުމުގެ އަސްކަރީ ބާރު ދަށްވެގެންދާނެ ކަމެކެވެ. އަދި ޔޫކްރެއިންއިން މިހާރު އެ ގައުމަށް ދެމުންދާ ހަމަލާތަކުގައި ކާމިޔާބީތަކެއް ލިބުމަށް މަގުފަހިވެގެންދާނެކަމެއްކަމަށްވެސް ސިފަކޮށްފައިވެއެވެ. އޭނާވަނީ އެ ކަމުގެ ފައިދާ ނަގައި ރަޝިއާ ސިފައިން ޔޫކްރެއިންއިން ބޭރުކުރުމަށް ގޮވާލާފައެވެ. އޭނާ ވިދާޅުވީ، ރަޝިއާ ބަލިވަމުންދާކަމަށެވެ. އަދި ޔޫކްރެއިންގައި ކުރެވެމުންދާ ހަނގުރާމައިގައި އެ ގައުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ނުދާނެކަމަށާއި، މިހާރު އެކަމަށް ޒިންމާ ނަގާނެ ބަޔަކު ހޯދަމުންދާކަމަށް ފާހަގަކޮށް އޭނާ ވަނީ މަލާމާތުގެ ބަސްތަކެއް ރައްދުކުރައްވާފައެވެ.

އޭނާ ވިދާޅުވެފައިވާގޮތުން، ރަޝިއާ އާއި ދެކޮޅަށް ދެމުންދާ ހަމަލާތައް އަވަސްކުރެވެން ނެތީ އޭނާ އިންސާނުންގެ ފުރާނައަށް ގަދަރު ކުރާތީކަމަށެވެ. އެހެންކަމުން އެ ގައުމުގެ ސިފައިން ފޮނުވާ އިރު ވިސްނުންތެރިކަމާއިއެކު އެ މަސައްކަތްތައް ކުރާނެކަމަށްވެސް ބުނެފައިވެއެވެ. އޭނާ ވިދާޅުވެފައިވާގޮތުން ކުރިއަށް ޖެހޭ ކޮންމެ ފިޔަވަޅެއްގައިވެސް ފުރާނަތަކެއް ގެއްލިދިއުމުގެ ފުރުސަތު ބޮޑެވެ.

އޭނާ ވަނީ އެމެރިކާއިން އެ ގައުމަށް ދެމުންދާ އެހީތައް މެދުކެނޑިދާނެކަމުގެ ބިރު އޮތްކަމަށްވެސް މީޑިއާތަކާއި ހިއްސާކުރައްވާފައެވެ. އެގޮތުން މިވަގުތު އެއްބާރުލުން ލިބެމުންދިޔަނަމަވެސް އެ ގައުމުގެ ސިޔާސީ މަސްރަހުގެ ތެރޭގައި ދެކެވެމުންދާ ބައެއް ވާހަކަތަކުގެ ސަބަބުން އެފަދަ ކަމެއް ހިނގައިދާނެކަމުގެ ބިރު އޮތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާގެ ފުރާނަ ގެއްލުމާއިމެދު ބިރުވެތިވޭތޯ ނޫސްވެރިޔަކު ސުވާލު ކުރުމުންވެސް ޒެލެންސްކީވަނީ އެއަށް ޖަވާބު ދެއްވާފައެވެ. އެގޮތުން މިވަގުތު ނުރައްކާތައް ބޮޑީ ޕުޓިންއަށްކަމަށާއި، އެހެން ވިދާޅުވަނީ އޭނާގެ ފުރާނައަށް ނުރައްކާވެފައިވަނީ ރަޝީއާގެ ސަބަބުން އެކަނިކަމަށްވުމުންކަމަށް އޭނާ ފާހަގަކުރެއްވިއިރު، އޭނާ ވިދާޅުވީ، ޕުޓިން މަރާލުމަށް މުޅި ދުނިޔެއިންވެސް ބޭނުންވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: