ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގު ސްކޫލްތައް ހުރި ސަރަހައްދު އޮގަސްޓް މަހަށް ނިންމަނީ!

އަމީނީ މަގުގައި ސްކޫލްތައް ހުރި ސަރަހައްދު ސަރުކާރު ހުޅުވެންވާއިރަށް ނިންމަން މަސައްކަތް ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގުގައި ސްކޫލްތައް ހުރި ސަރަހައްދު އޮގަސްޓް މަހަށް ނިމޭނެ ކަމަށް ރޯޑް ޑިވޮލަވްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އާރުޑީސީ އިން އަމީނީ މަގުގެ ތިންވަނަ ސެގްމެންޓް ހެދުމަށް ބަންދުކޮށްފައިވަނީ ބިލަބޮންގ އިންޓަރނޭޝަނަލް ހައި ސްކޫލުން ފެށިގެން ފެން ބިލްޑިންގ އާއި ހަމައަށް މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި އަމާޒަކީ އަމީނީ މަގުގައި ހުރި ސްކޫލްތައް ހުޅުވެންވާއިރަށް އެސަރަހައްދު ބޭނުން ކުރެވޭ ވަރުކުރުން ކަމަށްވެސް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އަމީނީ މަގުގެ އިރުމަތިފަރާތުން ސްޓެލްކޯ އާއި ހަމައަށް އެމްޓީސީސީ އިން ވަނީ ތާރު އަޅައި މަގުގެ ނިޝާންތައް ކުރަހައި ޕޭވްމަންޓް ފުރިހަމަކޮށްފައެވެ. އެއަށްފަހު މަގުގެ އަނެއްބައިގައި ގާޖެހުމަށް ފަހު މަގު ބޭނުން ކުރަން ފެށުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

ޒަމާނީ ފެންވަރަށް 210 ދުވަހުގެ ނިޔަލަށް އަމީނީ މަގު ތަރައްގީ ކުރުމަށް އާރުޑީސީ އާއި ހައުސިންގ މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ ހުސްވި އަހަރުގެ ތެރޭގައެވެ.

އާރުޑީސީ އިން އަމީނީ މަގުގައި ފެންހިންދާ ނިޒާމާއި، ޕޭވްމަންޓް ގާއިމް ކުރުމުގެ މަސައްކަތާއި މަގު ލެވެލްކޮށް ތާރުއެޅުމަށް ކުރަންޖެހޭ ތައްޔާރީތައް ކުރަން ފަށައި، ފެންކުންފުނިން ފޯރުކޮށްދޭންޖެހޭ މެޓީރިއަލް ނުލިބުމުގެ ސަބަބުން މަގުގެ މަސައްކަތް ޑިލޭވެގެން ދިޔައެވެ. ނަމަވެސް ދޮޅު މަހެއްހާ ދުވަސްތެރޭގައި މަގުގެ މަސައްކަތް އަލުން ފަށައި އެމްޓީސީސީ އިން ވަނީ މަގުގައި މިހާރު ތާރުއެޅި ސަރަހައްދު  އެކީއެކަށް 2 ދުވަހުން މަސައްކަތް ނިންމައި އާރުޑީސީ އާއި ހަވާލުކޮށްފައެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމަށް ސަރުކާރުން ނިންމީ ވިއްސާރަ މޫސުމުގައި އެމަގުގައި ފެންބޮޑުވެ މަގު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ މަގުގެ ގައުތަށް ހަލާކުވެ މަގުން ދުއްވަން އުނދަގޫވެ އެކަމުގެ ޝަކުވާ އާއްމު ރައްޔިތުން ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމޭއިރު މަގުގައި ފެން ހިންދާނެ ޒަމާނީ ވަސީލަތްތަކާއި ފަޔަރ ހައިޑްރަންޓްތައް ގާއިމްކުރެވިފައި ހުންނާނެ ކަމަށްވެސް އާރުޑީސީ އިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: