ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުގާންޑާގެ ރައީސް އަދި ދަރިކަލުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން މައްސަލަ ބަލަން ފަށައިފި!

ޔުގާންޑާގެ ރައީސް ޔޮވޭރީ މޫސަވެނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުގާންޑާގެ ރައީސް އަދި އޭނާގެ ދަރިކަލުންގެ މައްޗަށް އަނިޔާވެރި އަމަލުތަކެއް ހިންގުމަށް ފުރުސަތު ފަހިކޮށްދީފައިވާކަމުގެ ތުހުމަތުތައް ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުގައި ކުރެވިއްޖެއެވެ.

ޔުގާންޑާގެ ރައީސް ޔޮވޭރީ މޫސަވެނީގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ އޭނާއަށް ފާޑުކިޔާ ފަރާތްތަކާއި ދެކޮޅަށް އަނިޔާވެރި އަމަލުތަކެއް ހިންގުމަށް ބަޔަކު މީހުން ބާރުވެރިކުރުމުގެ ތުހުމަތެވެ. މި ތުހުމަތުތައް ކުރެވިފައިވަނީ އިންޓާރނޭޝަނަލް ކްރިމިނަލް ކޯޓަށް ދިން ހެކި ބަހެއްގައެވެ.

ޔޮވޭރީގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި، އިދިކޮޅުގެ ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ނުހައްގުން ހައްޔަރުކޮށްގެން ގެންގޮސް އެ މީހުންގެ މައްޗަށް ލާއިންސާނީ އަމަލުތަކެއް ހިންގުމުގެ ތުހުމަތުތައް ހިމެނެއެވެ. އެ މީހުން ހިފަހައްޓައި ގެންގުޅުނީ އެފަދަ އަމަލުތައް ހިންގުމަށް ގާއިމުކޮށްފައިވާ މަރުކަޒުތަކެއް ފަދަ ތަންތަނުގައިކަމަށް ކޯޓުގައި ބުނެފައިވާކަމަށް މީޑިއާ ތަކުން ރިޕޯޓުކުރެއެވެ. އެގޮތުން ޓޯޗާރ ކުރުމުގެ ތެރޭގައި، އިދިކޮޅުގެ އިސް ފަރާތެއްކަމަށްވާ ބޯބީ ވައިން އާއި ހުރި ގުޅުމާއި ބެހޭ ގޮތުން ސުވާލު ކުރެވި، ޖިސްމާނީ އަނިޔާތައް ދިންކަމަށް ތުހުމަތު ކުރެވޭއިރު، އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލުތައްވެސް ހިންގިކަމުގެ ތުހުމަތުތައް ކުރެވިފައިވެއެވެ. ޔޮވޭރީ އާއި ދެކޮޅަށް އައިސީސީއަށް ހުށައެޅިފައިވާ ޓެސްޓިމޯނީތަކުގައި 215 މީހަކު ހެކިބަސްދީފައިވެއެވެ.

މިހާރުގެ ރައީސް ޔޮވޭރީ މުސަވެނީ އަކީ 1986 ވަނަ އަހަރުން ފެށިގެން އެގައުމުގައި ވެރިކަން ކުރަމުންދާ ފަރާތެވެ. އޭނާ އަށް މިހާރު އުމުރުން 78 އަހަރު ވެފައިވާއިރު، މި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައިގަނޑު އެއް ސަބަބަކީ އޭނާއަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސް ފަރާތްތައްވުމުންނެވެ. އޭނާގެ ދަރީގެ މައްޗަށް ކުރެވިފައިވަނީ ޓޯޗާރ ސެންޓަރުތައް ހިންގާ ބެލެހެއްޓިކަމުގެ ދައުވާއެވެ.

ޔޮވޭރީގެ ފަރާތުން އަނިޔާތަކެއް ލިބިފައިވާކަމަށް ތުހުމަތު ކުރާ ގިނަ ފަރާތްތަކުންވަނީ އެއީ ކޮންބައެއްކަން ނޭނގުމަށް އެދިފައެވެ. އެގޮތުގެ މަތިން އެދިފައިވަނީ އެ މީހުންނަކީ ޔުގާންޑާގައި ތިބި ބައެއްކަމަށްވުމުން، ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތުމުންކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެހެންނަމަވެސް މިކަމުގެ ތެރޭގައި އަނިޔާ ލިބިފައިވާ ބައެއް ސިޔާސީ ފަރާތްތަކުންވަނީ އެ ތުހުމަތުތައް އާންމުކޮށްފައެވެ. އިދިކޮޅު އެކްޓިވިސްޓަކު މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، އެ ގައުމުގައި ހުރި ކަންބޮޑުވުންތަކާއިމެދު އަޑު އުފުލުމަކީ ދަތިކަމެކެވެ. އެގޮތުން ސިއްހީ މައްސަލަތަކާއި ދިރިއުޅުމުގެ ހަރަދުގެ ބޮޑުވާހަކަ ދެއްކުމުންވެސް ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތްކަމަށް ބުނެފައިވެއެވެ.

އެ ގައުމުގެ ސަރުކާރުގެ ފަރާތުން މީޑިއާތަކާއި ވާހަކަދެއްކި ފަރާތެއްވަނީ ކުރެވިފައިވާ ތުހުމަތުތަކާއިމެދު ސުވާލު އުފައްދާފައެވެ. އަދި ޓޯޗާރކުރެވުނު ކަމާއިމެދު ސުވާލު އުފެއްދިއިރު، އެ ގައުމުގެ ރައީސްގެ ދަރިކަލުންގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ މައްސަލައަށް ސަމާލުކަން އިތުރުކުރުމުގެ ގޮތުންކަމަށް ސިފަކޮށްފައިވެއެވެ. ޔޮވޭރީގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކުވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެގޮތުން އޭނާއާއި ދެކޮޅު ފަރާތްތަކުން ދޮގު ވާހަކަތައް ފަތުރަމުންދާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: