ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގައި ޗެލެންޖަކަށް ވާނީ ޕީޕީއެމް، ރައީސް ނަޝިދަކީ ޗެލެންޖެއް ނޫން: ރައީސް

ވ އަތޮޅަށް ކުރެއްވި ކެމްޕެއިން އަށްފަހު ރައީސް ނޫސްވެރިންނާއި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޗެލެންޖަކަށް ވާނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްކަމަށާއި، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދުނަޝިދަކީ ޗެލެންޖެއް ނޫންކަން ޕްރައިމަރީގެ ނަތީޖާއި އިން އެނގޭނެކަމަށް ގުޅިފައިވާ ސިޔާސި ޕާޓީތަކުގެ ކެނޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އިއްޔަ ވ އަތޮޅަށް ރައީސް ކުރެއްވި ކެމްޕެއިން ދަތުރު ނިންމަވާލެއްވުމަށްފަހު ރައީސް ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. ނޫސްވެރިއަކު ވަނީ އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފައްދާ ދަ ޑިމޮކްރެޓްސްއަކީ ރައީސްއަށް ކިހާ ވަރެއްގެ ގޮންޖެހުމަކަށް ވެދާނެތޯ ސުވާލުކޮށްފައެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ މީހަކު އެމްޑީޕީއިން ދިއުމަކީ ނަތީޖާއަށް އެއްވެސް އަސަރެއް ކުރާނެކަމެއްކަމަށާއި، އެއްވެސް މީހަކު ޕާޓީއިން ދުރަށް ދިއުމަކީ ގެއްލޭ ވޯޓެއްކަމަށް ފާހަގަކޮށް، އެމަނިކުފާނު ބޭނުންވަނީ އެންމެންވެސް އެއް ވިސްނުމެއްގައި ކުރިއަށް ދިއުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެ ގެއްލޭ ވޯޓު އެހެން ގޮތް ގޮތުން ހޯދަން.

ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީއިން މަސައްކަތް ކިރަ،މުންދަނީ ގެއްލޭ ވޯޓުތައް އެހެން ގޮތް ގޮތުން ހޯދުމަށްކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ހެދި ކޯލިޝަނާއި، މިހާރު އެމްޑީއޭ އަދި އަދާލަތު ޕާޓީއާއިއެކު ހަދާފައިވާ ކޯލިޝަން ތަފާތުކަމަށް ފާހަގަކޮށް، އެމްޑީޕީއިން ކަން ކުރަމުން އައި އުސޫލުތަކާއި، ވައްޓަފާޅީއަށް ގެނައި ބަދަލާއިއެކީގައި ކުރީގައި އެމްޑީޕީއަށް ތާއީދު ނުކުރާ އެތައް ބައެއްގެ ތާއީދު ލިބިއްޖެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އައު ޕާޓިއެއް އުފެއްދުމުން ގެއްލިގެން ދިޔަ ވޯޓާއި، އެއްވަރަށް ނުވަތަ އެއަށްވުރެ އިތުރަށް އެމްޑީޕީއަށް ވޯޓު ލިބޭނެކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕިއާއި ދުރަށް ވަޑައިގެންނެވި ބޭފުޅުން އެނބުރި އަތުވެއްޖެނަމަ ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ.

ރައީސް ނަޝީދު މިއަހަރުގެ އިންތިހާބުގައި ވާދަކުރައްވައިފިނަމަ، ރައީސް ނަޝީދުގެ މައްޗަށް ކުރި ހޯދޭނީ ކިހާ މިންވަރަކުންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް އިޝާރާތްކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވާދަވެރި ޕާޓިއަކަށް ވެގެންދާނީ، އެމްޑީޕީއާއި ޕީޕީއެމްކަމަށެވެ. އެކަމަށް ތަފާތެއް އައި މަންޒަރު ނުފެންނަކަމަށާއި، އެމްޑީޕީއަށް އޮތް ޗެލެންޖަކީ ޑިމޮކްރެޓްސް ނޫންކަމަށާއި، ޕީޕީއެމްކަމަށް ރައީސް ވަރަށް ސާފުކޮށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: