ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެންމާކުގައި ގުރުއާން ހަތިމެއް އެންދި މައްސަލަ އެ ގައުމުގެ ސަރުކާރުން ކުށްވެރިކޮށްފި

ޑެންމާކުގެ ފުލުހުން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑެންމާކުގައި ހަރަކާތްތެރިވާ ނެޝަނަލިސްޓު ގުރޫޕަކުން އެ ގައުމުގައި ހުންނަ އިރާގުގެ އެމްބަސީ ކުރިމަތީގައި ހަތިމެއް އެންދި މައްސަލަ ޑެންމާކުގެ ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، އެ ގައުމުގައި ހަރަކާތްތެރިވާ ޖަމާއަތެއްގެ ހަރަކާތެއްގައި ހަތިމެއް އެންދުމުގެ އަމަލު ހިންގާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މީޑިއާތަކުން ބުނާގޮތުން އެ ގައުމުގެ ސަރުކާރުންވަނީ އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެގޮތުން އެއީ ލަދުވެތި އަމަލެއްކަމަށާއި އެކަމުން އެހެނިހެން މީހުންގެ ދީނީ ހައްގުތަކަށް އިހުތިރާމު ކުޑަކުރެވޭކަމަށްވެސް ބުނެފައިވެއެވެ.

ޑެންމާކުގެ ފޮރިން މިނިސްޓްރީއިން އާންމުކޮށްފައިވާ ބަޔާނެއްގައި އެ ގައުމުންވަނީ އެ އަމަލަކީ ނަފްރަތު އުފެދި ހަމަނުޖެހުންތަކަށް މަގުފަހިވާ އަމަލެއްކަމަށް ފާހަގަކޮށްފައެވެ. އަދި އަމަލުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް ނޭދެވޭ އަސަރުތައް ކުރާކަމަށާއި، އެކަމުގެ ސަބަބުން އެކި ދީނީ ފިކުރުތަކުގެ ދެމެދު އިތުރު ބައިބައިވުންތައް އުފެދި ބޮޑުވެގެންދާކަމަށްވެސް ބުނެފައިވެއެވެ. އެ ގައުމުގެ ސަރުކާރުން ބުނެފައިވާގޮތުން، އެ ގައުމުގައި ދީނީ މިނިވަންކަން އޮތްނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުންނަކީ މުސްލިމުންނެވެ. އަދި އެއީ އެ ގައުމުގެ އާބާދީއިން މުހިންމު ބައެއްކަމަށްވެސް ބުނެފައިވެއެވެ.

އެ ގައުމުންވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އިހުތިރާމް ކުރާކަން ފާހަގަކޮށްފައެވެ. އެގޮތުން އިހުތިޖާޖު ކުރުމަށް ހައްގަށް ތާއީދުކުރާކަމަށާއި އެހެންނަމަވެސް އެ އިހުތިޖާޖުތައް ސުލްހަވެރިވާންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ޑެންމާކުގެ ފާރ ރައިޓު ނެޝިނަލިސްޓު ގުރޫޕަކުން އެ ގައުމުގައި ހުންނަ އިރާގުގެ އެމްބަސީ ކުރިމަތީގައި ގުރުއާން ހަތިމެއް އަންދާފައިވާއިރު، މި ފަހުން ސްވިޑެންގައިވެސް އެފަދަ އަމަލެއް ހިންގާފައިވެއެވެ. އެގޮތުން އެ ގައުމުގައި ދިރިއުޅެމުންދިޔަ އިރާގުގެ ރެފިއުޖީއަކަށް އެ ގައުމުގެ ފުލުހުންގެ ހިމާޔަތާއިއެކު ހަތިމަކަށް އިހާނެތިކޮށް ހިތަން ފުރުސަތު ދިން މައްސަލައެއް ފެންމަތިވެފައިވެއެވެ. އަދި އޭގެ ކުރިންވެސް ސްވިޑެންގައި މިފަދަ މައްސަލަތައް ފެންމަތިވެފައިވެއެވެ. ގުރުއާން ހަތިމު އެންދި މައްސަލައިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުރުހުން ފާޅުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: