ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ މައިދާނަށް އެއްވި ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި!

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ޖުމްހޫރީ މައިދާނުގައި/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ މައިދާނަށް އެއްވެ ކުރި މުޒާހަރާއާއި ގުޅިގެން އިދިކޮޅު ކޮންގްރެސް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އެގޮތުން އެ ސަރަހައްދުގައި ތިބި ލީޑަރޝިޕްގެ ބޭފުޅުންގެ ތެރެއިން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުުމަރު އަދި މާވަށު ދާއިރާގެ މެންބަރު އަހުމަދު ސައިދުގެ އިތުރުން، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާއުއަށް ވަނީ މިއަދު ފުލުހަށް ހާޒިރުވުމަށް އަންގާފައެވެ.

މި ހުރިހާ ބޭފުޅުންވެސް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަންއަށެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަނިޔާ ކުރަމުންދާކަމަށާއި، ޝަރުއީ ދާއިރާއަށް ފޯރުވަމުންދާ ނުފޫޒުތައް ހުއްޓާލުމަށް ގޮވާލައި އިދިކޮޅުން ހައިކޯޓުގެ ރެޖިސްޓްރާއާއި ބައްދަލު ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން ޕާޓީގެ ލީޑާޝިޕް އެއްވީ ޖުމްހޫރީ މައިދާނަށެވެ. ލީޑާޝިޕްގެ ބޭފުޅުން އެކަނި ތިއްބަވައި މީޑިއަތަކާއި ވާހަކަ ދައްކަވަމުން ގެންދެވި އިރު މުޅި ސަރަހައްދު ފުލުހުން އޮތީ ބެރިކޭޑު ޖަހައި ބަންދުކޮށްފައެވެ.

ފުލުހުން އެ ސަރަހައްދުން، އިދިކޮޅު ލީޑަރުން ހައްޔަރު ކުރީ އެތަނުގައި ތިބި މީޑިއާތަކަށް ވެސް ވަރަށް ބޮޑަށް ހުރަސްއެޅުމަށް ފަހުއެވެ. އަދި ނޫސްވެރިން ފަހަތަށް ޖައްސައި، ވީޑިއޯ ކުރުމަށް ވެސް ހުރަސްއެޅިއެވެ. އަދި ނޫސްވެރިން ކޮށްޕާލި ފުލުހަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ކަވަރު ކުރުމަށް ޖުމްހޫރީ މައިދާނުން ނިކުތުމަށް ވެސް ދިޔައީ ގޮވާލަމުންނެވެ. އެއަށް ފަހު ކުއްލި ގޮތަކަށް އެސްއޯ ފުލުހުން އިދިކޮޅު ލީޑަރުން ހައްޔަރު ކުރީއެވެ.

ނަމަވެސް ފުލުހަށް ހާޒިރުވުމަށް އަންގާ ދޫކޮށްލިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: