ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލައް މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއަށް!

މަޝްރޫއު ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން  ޏ. ފުވައްމުލަކުގެ މަގުތަކުގައި ތާރުއެޅުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ނިންމުމަށް 750 ދުވަސް ދީފައިވާއިރު، މި މަސައްކަތް ހަވާލުކޮށްފައި ވަނީ 255 މިލިއަން ރުފިޔާއަށެވެ.

މަޝްރޫއު ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ތެރޭގައި 12.17 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމު ގާއިމު ކުރުން އަދި މަގުބައްތި ޖެހުން ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: