ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްއިން ގާނޫނުއަސާސީއަށް އިސްލާހެއް ހުށައަޅަނީ!

ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިސް އެކުލެވިފައިވާ ގޮތް ބަދަލުކުރުމަށް ހުށައެޅުމަށް ނިންމާފައިވާކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި އިލްޔާސް ވިދާޅުވީ، އެނާވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ބައެއް އިސްލާހުތައް ގެނައުމުގެ ވާހަކަތައް ދައްކަވާފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، އޭގެ ތެރޭގައިވާ އެއް އިސްލާހަކީ ރާއްޖޭގެ މަޖިލިސް އެކުލެވިފައިވާ ގޮތް ކަމަށެވެ. އިލްޔާސް ވިދާޅުވީ، އެކަމަކީ ސަރުކާރެއްގައި ނެތްނަމަވެސް ކުރެއްވޭނެ ކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީއަށް އެ ބަދަލު ގެނައުމަށްޓަކައި ބިލެއް ހުށައެޅުމަށް ނިންމާފައިވާކަމަށް އިލްޔާސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ބިލު ހުށައެޅުމަށްފަހު އެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުމަށާއި ތާއީދު ހޯއްދުވުމަށް އެހެން ޕާޓީތަކާއި ދާއިރާތައް އަދި ރައްޔިތުންނާއިއެކުވެސް މަޝްވަރާތައް ކުރައްވާނެކަމަށެވެ. އިލްޔާސް ވިދާޅުވީ، ހުށައެޅުމަށް ކަނޑައެޅިފައިވާ ބިލަކީ ޑިމޮކްރެޓްސްގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން ގާނޫނުއަސާސީއަށް ގެނައުމަށް ކަނޑައެޅިފައިވާ އެންމެ މުހިންމު ބަދަލުކަމަށެވެ.

އޭނާ ވިދާޅުވީ، އެ ބިލުގެ ދަށުން ހުށައަޅަނީ ރައްޔިތުންގެ މަޖިލީހުގައި މުޅި ރާއްޖެ ތަމްސީލުކުރާނެ މެމްބަރުން ތިބޭނެ ގޮތަށް ބަދަލުކުރުމަށްކަމަށެވެ. އިލްޔާސް ވިދާޅުވީ، ކުދި ދާއިރާތަކުގެ ބަދަލުގައި އަތޮޅަށް ވޯޓު ލައިގެން މެމްބަރުން ހޮވުމާއި މަޖިލީހުގައި މެމްބަރުން ގިނަވުން ހުއްޓުވުމަކީވެސް އެ މަސައްކަތްތަކުގެ ތެރެއިން ކުރެވިގެންދާނެ ކަންކަންކަމަށް އިލްޔާސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިހާރު މަޖިލީހުގައި 87 މެމްބަރުން ތިބި އިރު ކުރިއަށް އޮތް ދައުރުގައި ގާނޫނުއަސާސީ އޮތް ގޮތުން 6 މެމްބަރުން އިތުރުވާކަމަށެވެ. އޭނާ ވިދާޅުވީ ޑިމޮކްރެޓުން ހުށައަޅަނީ އެ އަދަދުތައް 76 ގައި ހިފެހެއްޓުމަށްކަމަށެވެ. އޭނާ ވިދާޅުވީ، ހުށައަޅަނީ މާލެ އަދި އެހެނިހެން އަތޮޅުތަކުން ޖުމުލަކޮށް 55 މެމްބަރުން ތެބޭގޮތަށް ހުށައަޅާކަމަށްވެސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ މަޖިލީހުގައި އަންހެން މެމްބަރުން މަދުކަމަށެވެ. އެހެންކަމުން ރާއްޖޭގެ 8 ސަރަހައްދަކުން ކޮންމެ ސަރަހައްދެއްގައި އަންހެން ބޭފުޅުންނަށް ދެ ގޮނޑި ހާއްސަކުރުމަށްވެސް ހުށައަޅާކަމަށެވެ. އޭނާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލު ކުރުމަށްވެސް ދެ ގޮނޑިއެއް ހާއްސަ ކުރެވިގެންދާނެކަމަށެވެ.

އޭނާ ވިދާޅުވީ، މިވަގުތު ރައްޔިތުންގެ މަޖިލިސް ހިފެއްހެޓުމަކީ މުހިންމު ކަމެއްކަމަށެވެ. އިލްޔާސް ވިދާޅުވީ، މަޖިލިސް ބޮޑުވެގެންދިއުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައްވެސް އިތުރުވެގެންދާކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ގޮތުން ކޮންމެ ދައުރެއް ނިމުމުން ކުރިން ވޯޓުލި ދާއިރާ ބަދަލުވެ އާ ގޮނޑިތައް އިތުރުވުމުގެ ސަބަބުން ދައުލަތުގެ މަސައްކަތްތައް ކުރުމުގައިވެސް ބުރު އަރާކަމަށެވެ. އެހެންކަމުން ޑިމޮކްރެޓްސްއިން ހުށައަޅަނީ ރާއްޖެ ގުދުރަތީ ގޮތުންވެސް އުފެދިފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށްގެން ބަދަލުތައް ގެނައުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: