ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިއަކު ހޮވާއިރު ރައްޔިތުން ބަލަންވީ މާޒީގައި ގައުމަށް ކުރި ހިދުމަތްތައް: ގާސިމް

ޖުމްހޫރީ ޕާާޓީގެ ކެމްޕޭން ހަރަކާތެއްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ގާސިމް އިބްރާހިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިއަކު ހޮވުމުގައި ރައްޔިތުން ބަލަންވީ، މާޒީގެ ދުވަސްތަކުގައި ވެސް އެ މީހަކު ރައްޔިތުންނަށްޓަކައި ކުރި ހިދުމަތާއި ގައުމުގެ ހައްގުގައި ކުރި މަސައްކަތްތައްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސެޕެޓެމްބަރު 09 ގައި ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ގާސިމް މިފަދައިން ވިދާޅުވީ، ކުނޫޒުގައި އެ ޕާޓީއަށް ބައެއް ބޭފުޅުން ސޮއި ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.

ގާސިމް ވިދާޅުވީ ރައްޔިތުން މިއަދު ވިސްނަންވީ، ތިމާގެ ޖީބަށް ވަންނަން އޮތް ފައިސާއާއި މެދު ނޫންކަމަށާއި، އެއަށް ވުރެ ބޮޑަށް ގައުމު ދެކެ ލޯބިވާ، އެކަމާއި މެދު ފުންކޮށް ވިސްނާ އެ ކަންބޮޑުވުންތައް ހިއްސާކުރާ މީހުންގެ އަޑުއަހަން ޖެހޭ ކަމަށެވެ. އަދި ބަލަންވީ ބޮޑު ޕާޓީއާއި ކުޑަޕާޓީއަށް ވެސް ނޫންކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ގޮވާލީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ރޫހު ހުރި، އިސްތިގުލާލު ދަމަހައްޓައި ގައުމުގެ ކުރިއެރުމާއި މެދު އައު ވިސްނުންތައް ގެންގުޅޭ މީހުންނަށް ކުރިޔަށް ދިއުމަށް ޖާގަ ދިނުމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ގެނައުމުގައި ހަމްދަރުދީ އައި، ލޯބީގެ ނަޒަރަކުން ބަލާނެ ވެރިއެއް ހޯދުން މުހިންމުކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރިޔާސީ ރޭހަށް ނިކުންނަ ކެނޑިޑޭޓުން މާޒީގައި ގައުމަށް ކުރި ހިދުމަތާއި، އެ މީހުންގެ ގައުމު ހިންގުމުގެ ފެންވަރު ހުރީ ކިހާ މިންވަރަކަށް ތޯ ރައްޔިތުން ދެނެގަންނަން ޖެހޭ ކަމަށެވެ.

މިއަދު އަޅުގަނޑުމެން ދިވެހިރާއްޖޭގެ ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގެއް، ވާޖިބެއް މާދަމާގެ މުސްތަގުބަލަށާއި މިއަދަށާއި މާދަމާގެ މުސްތަގުބަލަށް ހާއްސަކޮށް އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް ރައްދުކޮށްދެއްވި އަމާނާތް އިހުލާސްތެރިކަމާއި އެކު އަޅުގަނޑުމެންގެ ފަހުން އޮންނަ ޖީލުތަކަށް ރަނގަޅު ގޮތުގައި ރައްދުކޮށްދޭން..

ގާސިމް ވިދާޅުވީ މާދަމާގެ މުސްތަގުބަލާއި ގައުމު ހަވާލު ކުރަން ޖެހޭނީ، ތަނަވަސްކަމާއި އެކު ދިރިއުޅެވޭނެ ހާލަތެއް ބިނާކުރުމަށް ފަހު ކަމަށެވެ. އެކަމަށް އެންމެ ފުރަތަމަ ފިޔަވަޅު އެޅެން އޮތީ ގާސިމް ވިދާޅުވި ގޮތުގައި ގައުމުގެ އިސްތިގުލާލާއި މިނިވަންކަމެއް އޮވެގެންނެވެ.

ގާސިމް ވަނީ ސަރުކާރުން ރައްޔިތުންގެ ހެވާލާބަށް ނިންމާކަމަށް ބުނާ ނިންމުންތަކުގެ މައުލޫމާތާއި ތަފްސީލު ހާމަނުކުރާތީ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ނަން ބޭނުންކޮށްގެން ފޮނުވާ ތަފާތު އެކި ލިޔެކިއުންތަކާއި ވާ އެއްބަސްވުންތަކުގެ ތަފްސީލު އާންމުކޮށް އެނގެން ޖެހޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރައްވަމުން ގެންދަވާ ގާސިމް ވަނީ، މީގެ ކުރިން ވެސް ވެރިއަކު ހޮވުމުގައި ނުވަތަ އިންތިހާބެއްގައި ވޯޓުލުމުގައި އިސްކަން ދޭން ޖެހޭ ކަންތައްތައް ފާހަގަކުރައްވާފަ އެވެ. ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފައްޓަވައި ކުރިޔަށް ގެންދަވާ، ގާސިމް ބެލެވޭ ގޮތުގައި މި ފެށޭ ހަފްތާގައި އިންތިހާބުގައި ވާދަކުރުމުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: