2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއަށް ހއ. ހޯރަފުށިން ހޫނު މަރުހަބާއެއް ކިޔަައިފި އެވެ.
ރިޔާސީ ޓިކެޓު ކަށަވަރު ކުރައްވައި، މުއިއްޒު ކެމްޕެއިން ފެއްޓެވި އިރު ވޯޓާއި ދެމެދު މާ ގިނަ ދުވަހެއް ނެތެވެ. އެހެންވެ މުއިއްޒާއި، ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީގާއި ލީޑާޝިޕްގެ ބޭފުޅުން ހިމެނޭހެން ދެ ގުރޫޕެއްގެ ގޮތުގައި ދަނީ ހަރަކާތްތައް ހިންގަމުންނެވެ.
ތިލަދުންމަތިން ފެށި މި ދަތުރު މިއަދު ނިންމާލާއިރު، ހުސެއިން ހުންނެވީ ގއ. ގދ. އަތޮޅު ދަތުރުގަ އެވެ.
ހެނދުނުގެ އެންމެ ހޫނު ވަގުތު މުއިއްޒު ހޯރަފުށިއަށް ވަޑައިގަތުމުން، ބަނދަރު މަތީން ގިނަ ބަޔަކު މަރުހަބާ ކިޔާފައި ވެއެވެ. އަދި ޖަގަހަ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވި އެވެ.
މި ތިން ދުވަހު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި، ގިނަ އަދަދެއް ބަަޔަކު މަރުހަބާ ކިއުމަށް ބަނދަރު ސަރަހައްދަށް ޖަމާވި އެވެ.

