ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކޮޅަށް އަޑުއުފުލަމުން ދިޔަ އެމްޑީޕީ މެމްބަރުންނަށް މުއިއްޒު ދެއްކެވީ ނަމޫނާއެއް

ކެލާގައި އަޑުއުލަމުން ދިޔަ އެމްޑީޕީގެ މެމްބަރުންނާއި މުއިއްޒު ސަލާމް ކުރެއްވުން/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ކެލާއަށް ވަޑައިގެންނެވި ވަގުތު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ދެކޮޅަށް އަޑުއުފުލި އެމްޑީޕީގެ މެމްބަރުންނާއި ސަލާމް ކުރައްވައި ނަމޫނާ ދައްކަވައިފި އެވެ.

ރިޔާސީ އިންތިހާބަށް ކުރަމުން ގެންދާ ކެމްޕެއިނުގައި މިއަދު ހއ. ކެލާއަށް މުއިއްޒު ވަޑައިގަތުމުން ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދުން މަރުހަބާ ކިޔާފައި ވެއެވެ. ސަލާމް ކުރަން ތިބި އާންމުންގެ ކިއު ނިމުނު ހިސާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ދިދައާއި އެކު ތިބި 5 ވަރަކަށް މީހުން ދިޔައީ މުއިއްޒަށް ”ވަގަށް“ ގޮވަމުންނެވެ. އަދި ތަފާތު އެހެން ޓެގުތައް ބޭނުންކޮށް، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދެކޮޅަށް އަޑުއުފުލި އެވެ.

އެކަމަކު މުއިއްޒު ވަނީ ކާރަށް އަރާވަޑައިގަތުމުގެ ކުރިން، އެމްޑީޕީގެ އެ މެމްބަރުންނާއި ކައިރިވެލުމަށް ފަހު ސަލާމް ކުރައްވާފަ އެވެ. އެވަގޮތު އަޑުއުފުލަމުން ދިޔަ މީހުން ވެސް، އަޑުއުފުލުން ހުއްޓާލައި މުއިއްޒާއި ސަލާމް ކުރި މަންޒަރު އެތަނުގައި ތިބި ނޫސްވެރިންނަށް ފެނުނެވެ.

މުއިއްޒު ވަޑައިގަތުމުން، އަޑުއުފުލަމުން ދިޔަ މީހުން އެ ސަރަހައްދު ދޫކޮށް ދިޔަ އެވެ. އެވަގުތު ފުލުހުން ވެސް އެތަނުގައި ތިއްބެވެ.

ޖަލްސާ ކުރިޔަށް ގެންދާ ޕީޕީއެމް، ހަރުގެ ކައިރީ އެމްޑީޕީގެ ވެސް ހަރުގެއެއް ހުރިއިރު އެތަނުން ވެސް ކޮންމެވެސް ވަރަކަށް އުފުލި އެވެ. އެކަމަކު ޕީޕީއެމް ޖަގަހައާއި ކައިރިވެފައި ނުވެ އެވެ.

ވަރަށް ގަދަ
86%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 2%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 2%ވަރަށް ދެރަ 2%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: