ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މެނިފެސްޓޯގެ ”އަމާން މުޖުތަމައު“ އިފްތިތާހުކޮށްފި

އެމްޑީޕީގެ މެނިފެސްޓޯގެ "އަމާން މުޖުތަމައު" އިފްތިތާހުކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޠާސީ އިންތިހާބަށް އެމްޑީޕީއިން ހުށައަޅާ މެނިފެސްޓޯގެ 3 ވަނަ ބައި ”އަމާން މުޖުތަމައު“ އިފްތިތާހުކޮށްފިއެވެ.

މި މެނިފެސްޓޯގެ ފުރަތަމަ ބައި ”އުފާވެރި ދިއުޅުން“ އަދި ”އާ ޒުވާން ޖީލު“  މިހާރު އިފްތިތާހުކޮށްފައިވާއިރު، ރޭ އއ. އުކުޅަހުގައި ބޭއްވި ރައީސް ސާޅިހު ކެމްޕެއިން ޖަލްސާގައި ”އަމާން މުޖުތަމައު ވަނީ އިފްތިތާހުކޮށްފައެވެ.

މި ބައިގެ ދަށުން ކުރިއަށް ރަވާފައި ހުރި ކަންކަން ބަހާލާފައިވަނީ 3 ބަޔަކަށެވެ.

އެއީ:

  1. ކުށުގެ ވެށިން ދުރުކުރުން.
  2. ކުށުގެ ވެއްޓަށް ފާރަވެރިވުން.
  3. ކުށަށް ޒިންމާނެގުމާއެކު ފަރުވާ.

”އަމާން މުޖުތަމައު“ މި ބަޔާއި ގުޅިގެން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސިޔާސަތުގެ ގޮތުގައި ބުނެފައިވަނީ ކުށް މަދުކުރުވޭނީ ކުށުގެ ވެއްޓަށް ހުށަހެޅޭ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް ނައްތާލައިގެންކަމަށެވެ. އަދި ކުށުގެ ވެށިން ދުރުކުރުމަކީ މުޅި މުޖުތަމައު ގުޅިގެން ކުރެވޭ މަސައްކަތަކަށް ހަދާ ކުށަށް ފާރަވެރިވާންޖެހޭކަމަށާއި، ކުށަށް ހުށަހެޅޭ ކޮންމެ ފަރާތަކީވެސް، އެ ފަރާތެއްގެ އިންސާނީ ކަރާމަތަށް އުނިކަމެއް ނާންނާނެގޮތަށް ކުށަށް ޒިންމާނެގޭނެ ފަރާތަކަށްވާނެކަމަށް މެނިފެސްޓޯގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކުށުން އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދެވޭނެކަމަށް އެމްޑީޕީއިން ވަނީ ވައުދުވެފައެވެ. ކުށުގެ ޒިންމާ ނެގުމަށްފަހު އަނބުރާ އާންމު ހާލަތަށް ރުޖޫއަވުމަށްޓަކައި މުޖުތަމައުއަކީ އެމީހާ ބަލައިގަތުމަށް ތައްޔާރުވެފައިވާ މުޖުތަމައުއަކަށްހެދޭއިރު، އެ މީހާއަކީވެސް އެމީހަކަށް ހާއްސަ ޕްރޮގްރާމެއްގެ ދަށުން އާންމުހާލަތަށް އައުމާއި، ގަދަރުވެރިކަމާއެކު ދިރިއުޅުމަށް ތައްޔާރުވެފައިވާ މީހަކަށްވާނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: