ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގިރޭސިވިލާތުގައި ހަތް ކުޑަކުދިން މަރާލި ނަރުހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ!

ގިނަ އަދަދެއްގެ ތުއްތުކުދިން މެރިކަން ސާބިތުވެފައިވާ ލޫސީ ލެޓްބީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

7 ކުޑަކުދިން މަރާލިކަމުގެ ތުހުމަތުކުރެވިފައިވާ އިނގިރޭސިވިލާތުގެ ނަރުހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

ބައިނައްލަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ހޮސްޕިޓަލުގައި އޭނާގެ ބެލުމުގެ ދަށުގައި ތިބި ގިނަ އަދަދެއްގެ ތުއްތުކުދިން މަރާލިކަމުގެ މައްސަލައިގައިގައި ޝާމިލުވާ ނަރުސް މީހާއަކީ މި ފަހުގެ ތާރީހުގައި އިނގިރޭސިވިލާތުން ފަޅާއެރި އެންމެ ނުބައި ސީރިއަލް ކިލާރއެއްވެ. އެގޮތުން 7 ކުދިން މަރާލިކަން ސާބިތުވާއިރު އިތުރު ހަ ކުއްޖަކު މަރާލުމަށް މަސައްކަތްކުރިކަމަށްވެސް ދައުވާކުރެވިފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، އިނގިރޭސި ރައްޔިތެއްކަމަށްވާ 33 އަހަރުގެ ލޫސީ ލެޓްބީ ގިނަ އަަދަދެއްގެ ކުދިންނަށް އަނިޔާތަކެއް ދީފައިވަނީ އެ ކުދިންގެ ލެޔަށާއި ބަނޑުގެ ތެރެއަށް އިންޖެކްޝަން މެދުވެރިކޮށް ވައި ފޮނުވައިގެންނެވެ. އެ ގޮތުގެ އިތުރުން ކިރު ދޭންވާ މިންވަރަށްވުރެ އިތުރަށް ދީގެންނާއި ޖިސްމާނީ އަނިޔާތައް ދިނުން ފަދަ އަމަލުތައްވެސް ހިންގާފައިވާކަމަށް ރިޕޯޓުތަކުގައިވާއިރު،  އިންސުލިން ދީގެން ވިހަކުރިކަމަށްވެސް ތުހުމަތުކުރެވެއެވެ.

ތުއްތު ފިރިހެން ކުއްޖެއްގެ ލޭގެ ތެރެއަށް ވައި ފޮނުވައިގެން މަރާލުމަށްފަހު، އެ ކުއްޖާގެ ޓްވިން މަރާލުމަށް އަނެއް ދުވަހު އިންސުލިން ބޭނުންކޮށްގެން ވިހަކުރުމަށް މަސައްކަތްކުރިކަމަށްވެސް ލެޓްބީގެ މައްޗަށް ސާބިތުވެފައިވެއެވެ. ލެޓްބީގެ ގެ ބަލާ ފާސްކުރުމުގެ ތެރެއިން ފުލުހުންނަށް އޭނާގެ ބައެއް އަތުލިޔުންތައް ފެނިފައިވާކަމަށާއި، އަމިއްލަ ނަފްސު ނުބައިނުލަފާ މީހެއްގެ ގޮތުގައި ފާހަގަކޮށް ކުށްތަކަށް އިއުތިރާފުވުމުގެ އިޝާރާތްތަކެއްވެސް ހުރިކަމަށްވެސް ފުލުހުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. ލެޓްބީ ވަނީ 2015 ވަނަ އަހަރާއި 2016 ދެމެދު ހޮސްޕިޓަލެއްގެ ތުއްތުކުދިންގެ ވޯޑެއްގައި ތިބި 13 ކުދިންނަށް ހަމަލާދީފައިކަމަށްވެސް އިނގިރޭސި ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއެވެ.

މި މައްސަލައިގެ ޕްރޮސެކިއުޓަރުން ބުނެފައިވާގޮތުން، ލެޓްބީ މަސައްކަތްކޮށްފައިވަނީ ކުދިންތައް މަރާލުމަށްފަހު، ގުދުރަތީ މަރުތަކެއްކަަމަށް ދެއްކުމަށެވެ. އަދި މިއީ ލެޓްބީގެ މައްޗަށް ކުރެވިގެންދިޔަ އިތުބާރަށް ހިޔާނާތްތެރިވުންކަމަށާއި، އޭނާގެ އަތުގައި ގެއްލުމެއް ނުލިބޭ ވައި އަދި ކިރާއި ފެން ފަދަ ތަކެތީގެ އިތުރުން އިންސުލިން ފަދަ ބޭސްތައްވެސް ނުރައްކާތެރި ތަކެއްޗަށް ވެގެންދާކަމަށް ބުނެފައިވާއިރު، އޭނާވަނީ ލިބިފައިވާ ތައުލީމު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް އަނިޔާވެރިކަމެއް ހިންގާފައިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: