ރިޔާސީ އިންތިހާބު ގާތްވަމުން އަންނައިރު ސަރުކާރުން ނުފޫޒް ފޯރުވައިގެން ކަންކަން ކުރަމުންދާ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓް އަހުމަދު ފާރިސް މައުމޫންގެ ތަރުޖަމާން އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
އަމިއްލަގޮތުން ރިޔާސީ އިންތިހާބުގައި ބައިވެރިވެފައިވާ ފާރިސް މައުމޫންގެ ތަރުޖަމާނު އައިމިނަތު ނާދިރާ ވިދާޅުވީ އިންތިހާބު ގާތްވެފައި އޮތް އިރު ބާރާއި ނުފޫޒް ބޭނުން ކޮށްގެން ކަންކަން ކުރާ ކަމަށެވެ.
މައްޗަންގޯޅި މާރާދަ އާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާދިރާ ވިދާޅުވީ ފާރިސްގެ މެނިފެސްޓޯގައި ރިޔާސީ އިންތިހާބެއްގައި ކުރަންޖެހޭ ހުރިހާ ކަމެށް 6 މަސް ކުރިއަށް ކުރަންޖެހޭ ހުރިހާ ކަމެއް ނިންމަންޖެހޭނެ ކަމަށް ހިމަނާފައިވާނެ ކަމަށެވެ. އޭގެ ސަބަބެއްކަމަށް ނާދިރާ ވިދާޅުވީ ރައްޔިތުންނަށް އޭގެ މަންފާ ލިބޭ ކަންކަމަށް ވުރެ އެކަމުގެ ނާޖާއިޒް ފައިދާ ނެގޭ ކަންކަން ގިނަވުމުން ކަމުގައެވެ.
ސަރުކާރު ތަކުން އެކަންކަން ކުރަނީ އެ ފައިދާ ނެގުމަށްޓަކައި ކަމަށް ވެސް ވިދާޅުވިއެވެ. ރައްޔިތުންގެ ބޭނުންތަށް ސަރުކާރުތަކަށް އިނގޭކަމަށާއި ނަމަވެސް އެކަންކަން ކުރުމަށް ޓަކައި ކުރިއަށް ކަންކަން ރާވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ނާދިރާ ވިދާޅުވީ ފާރިސްއާއި އޭނާގެ ރަނިންމޭޓް އަބްދުލް ސައްތާރު 24 ރަށެއްގެ ކައުންސިލަރުންނާއި ބައްދަލުކުރައްވާފަ ވާކަމަށާއި 17 ރަށެއްގެ ރައްޔިތުންނާއި ބައްދަލުކޮށް އެމީހުންގެ ހުރި ކަންބޮޑުވުންތަށް އަޑު އައްސަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ނާދިރާ ވިދާޅުވީ ފާރިސްގެ ޓީމް އިން ކައުންސިލްތަކާއި ވާހަކަދައްކައި ފާހަގަކުރެވުނު ކަމަކީ ލާމަރުކަޒީ ނިޒާމުގެ ގޮންޖެހުންތަކެށް ހުރިކަނަ ކަމުގައެވެ. ރަށުކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކަށް ގިނަ ގޮންޖެހުން ތަކެއް ހުރިކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލްތަކަށް ރައްޔިތުނަނަށް ކަންކަން ކޮށްދެވޭނީ އެމީހުންނަކީ މާލީގޮތުން ފުދުންތެރި ބަޔަކަށް ވެގެން ކަމަށެވެ. އަދި ވިދާޅުވީ ފާރިސްގެ މެނިފެސްޓޯގައި އެކަމަށް ހައްލުތަކެއް ހުރިކަމަށެވެ. އޭނާ ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ފެށިފައި ހުރި ރަށްރަށުގައި އެންމެ އެކަށީގެންވާ ގޮތަށް އެ މަސައްކަތް ނުހިނގާކަމަށް ކައުންސިލް ތަކުން ފާހަގަކުރެއްވި ކަމަށެވެ.
ބައެއް ރަށްރަށުގައި ހުރި އޭޓީއެމް ތަކުން އެންމެ އެކަށީގެންވާ ހިދުމަތް ނުލިބޭކަމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާޑުުން ފައިސާ ނެގުމުގެ ހިދުމަތއ ނުލިބޭ ކަމަށްވެސް ވިދާޅުވިއެވެ.

