ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފުށީގެ މެޖޯރިޓީ މުއިއްޒަށް ޔަގީން؛ ދެއްވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އޮތް ހައްލު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މެނިފެސްޓޯ އެކުލަވާލަނީ އެއްވެސް ރައްޔިތަކާއި، ރަށެއް އިސްތިސްނާ ވާގޮތަށް ނޫންކަމަށާއި އެންމެނަށް ވެސް ހަމަހަމަކޮށް ހިދުމަތް ލިބެން ޖެހޭކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް މިވަގުތު އަތޮޅުތޭގައި ހުންނެވި ޑރ. މުއިއްޒު ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގެ ރައްތުންނަށް ދެއްވީ ޝަކުވާތަކާއި، ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަމެވެ. އެގޮތުން ބަހުގެ ހިދުމަތާއި، ސްކޫލައި ދަރިވަރުން ތައުލީމު ހާސިލު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ބަދަލު ގެނައުން ހިމެނެ އެވެ.

އިންތިހާބުގެ ވޯޓާއި ދެމެދު ބާކީ އޮތީ ދެ ހަފްތާއެއްހާ ދުވަސްކަމަށްވުމާއި އެކު، މުއިއްޒު ވިދާޅުވީ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލު ނުކުރެވިދާނެކަމަށެވެ. އެހެންވެ ރަށްތަކުގެ ބައްދަލުވުމުގައި ވެސް މުޅި ރާއްޖެއަށް އެކުލަވާލާފައިވާ މެނިފެސްޓޯއަށް ވެސް ކޮންމެވެސް ވަރަކަށް އަލިއަޅުއްވަން ޖެހޭކަން މުއިއްޒު ފާހާގަ ކުރި އެވެ.

އަތޮޅުތެރޭގެ ކެމްޕެއިނުގެ ތެރެއިން ގއ، ގދ ގެ ދަތުރުތައް ނިންމަވާލެއްވުމަށް ފަހު މިއަދުގެ ހެނދުނު ރ. އަލިފުށިއަށް ވަޑައިގެން މުއިއްޒު އެންމެ ފުރަތަމަ ވެސް ޝުކުރު އަދާކުރީ ބޯ ވިއްސާރައިގައި ރައްޔިތުން ނިކުމެ ދެއްކި ތާއީދާއި، ކީ މަރުހަބާއަށެވެ. ވިސްސާރަ ދުވަހެއްގައި ވެސް އާންމު އެތައް ރައްޔިތުންތަކެއް ނިކުމެ އިންތިހާބާއި މެދު ބަސް ބުނުމަކީ ރައްޔިތުން ބަދަލަކަށް ބޭނުންވެފައިވާ މިންވަރު ދައްކުވައިދޭ ސަބަބެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮންމެ ރައްޔިތަކު ވެސް އެ ރަށެއްގެ ކުރިއެެރުމާއި މެދު ވިސްނާނެކަން ފާހަގަކޮށް މުއިއްޒު ދެއްކެވީ އަލިފުށި ރައްޔިތުންނަށް މި ސަރުކާރުންވެފައިވާ އިހުމާލެވެ. އަލިފުށި ފަދަ ސިނާއީ މަސައްކަތްތައް ކުރިޔަށް ދާ ރަށެއްގައި އަސާސީ ހުުރިހާ ހިދުމަތެއް ވެސް ހުންނަން ޖެހޭނީ ފުރިހަމަވެފައި ނަމަވެސް އެ ވަސީލަތްތައް ނެތުމަކީ ކަންބޮޑުވުމެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި މުއިއްޒު ވައުދުވެވަޑައިގަތީ ރަށުގެ ބިން ބޮޑުކޮށް ދީ، ބިން ހިއްކުމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ތަރައްގީގެ ނިޒާމުގެ ތެރެއިން ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަމަށެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ އަލިފުށީގެ ސިއްހީ ނިޒާމު މިހާރު އޮތް މިންވަރަށް ވުރެ ހަރުދަނާ ވާން ޖެހޭކަމަށާއި، ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމަށެވެ.

ޒުވާނުންގެ ގިނަ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެއްވާނެކަމުގެ އުންމީދު ދެއްވައި، މުއިއްޒު ވިދާޅުވީ ރަށުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމު ކުރައްވާނެ ކަމަށެވެ. އެއާއި އެކު ރަށުގެ ކުނި މެނޭޖު ކުރުމުގެ ނިޒާމު ހަމަޖައްސަވާނެކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އުންމީދަކީ ރައްޔިތުންގެ ބޮޑު ތާއީދަކާއި އެކު އަޣުލަބިއްޔަތު ލިބުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: