ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫއަށް ގޮސްފިން، އެތަނުގައި އިންޑިއާ ސިފައިން އެބަތިބި: އަލީ ހުސައިން

މެމްބަރު އަލީ ހުސައިން އަދި ޖޭޕީގެ އިސް މެމްބަރުން: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނިމާދޫއަށް ވަޑައިގެންނެވިކަމަށާއި އެ ރަށުގައި އިންޑިއާގެ ސިފައިން ތިބި މަންޒަރު ފެނިވަޑައިގެންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ބ އަތޮޅު ތުލާދޫގައި ކުރިއަށް ގެންދިޔަ ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަލްސާއެއްގައި އަލީ ހުސައިން ވަނީ ދިވެހިރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު އޮތްކަމަށް ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސެޕްޓެމްބަރު 9 ވަނަ ދުވަހު ނިންމާ ނިންމުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ގުޅިފައިވާ ނިންމުމެއްކަމަށެވެ. އެގޮތުން ނިންމާނީ ދިވެހިރާއްޖެ އަޅުވެތިގައުމެއްގެ ގޮތުގައި ވާނީ ތޯ ނުވަތަ މިނިވަން ގައުމެއްގެ ގޮތުގައި އޮންނާނީ ތޯ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަލީ ހުސައިން ވިދާޅުވީ، އޭނާ ފާޅުކުރައްވާ ކަންބޮޑުވުންތަކުގެ ތެރެއިން ދައްކަވަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ޖޭޕީގެ ޓީމުންވަނީ ހަނިމާދޫއަށް ގޮސްފައިކަމަށާއި އެތަނުގައި އިންޑިއާގެ ސިފައިން ތިބި މަންޒަރު ފެނިފައިވާކަމަށްވެސް ވިދާޅުވިއެވެ. އަލީ ހުސައިން ވިދާޅުވީ، އެމްއެންޑީއެފްގެ އޮފީހަށް އިންޑިއާގެ އެމްބެސެޑަރު ކާރުކޮޅުގައި ގޮސް ވަތް މަންޒަރު ފޮޓޯތަކުން ފެނިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އިތުރު ތިލަފަޅުގައި އިންޑިއާގެ ސިފައިން ޔުނިފޯމު އަޅައިގެން ތިބިކަންވެސް ފެނިފައިވާކަމަށާއި އެކަމުގެ އިތުރު ހެކި ތަކެއް ދެއްކުން މުހިންމުވެސް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ އުތުރު ތިލަފަޅުގެ އެގްރީމެންޓުވެސް ދިވެހި ރައްޔިތުންނަށް ނުދެއްކިކަމަށާއި އެނާއަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގެ މެމްބަރެއްކަމަށް ވާއިރު، އެނާއަށްވެސް އެ އެއްބަސްވުން ފެނިފައިނުވާކަމަށް ވިދާޅުވިއެވެ. އޭނާ ވަނީ އެ އެއްބަސްވުމަކީ ކޮން ބައެއްގެ ނަމުގައި ކޮންބަޔަކާއި ދެމެދު ގާއިމުކުރެވިފައިވާ އެއްބަސްވުމެއް ތޯ ސުވާލުކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަކީ ރައްޔިތުންގެ ގައުމެއްކަމަށާއި މި ގައުމަކީ ރައީސުލްޖުމުހޫރިއްޔާގެ ގައުމެއް ނޫންކަމަށް ވިދާޅުވިއެވެ. އަލީ ހުސައިން ވިދާޅުވީ، ރާއްޖެއަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އެކަނި ގައުމެއް ނޫންކަމަށާއި މި ގައުމަކީ ދިވެހި ރައްޔިތުންގެ ގައުމެއްކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. އޭނާ ވިދާޅުވީ އެއްބަސްވެވެނީ ކޮންކަމަކާއިމެދުކަން އަދި އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ދިވެހި ރައްޔިތުންނަށް ފޮރުވައިގެން ނުވާނެކަމަށް ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ، ދައްކަވަމުންދަނީ މަގުމަތީގައި އުޅޭ އެންމެނަށް އެއްބަސްވުން ބަހަމުންދާ ވާހަކަ ނޫންކަމަށާއި އެހެންނަމެވެސް ރައްޔިތުން ތަމްސީލުކުރާ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް އެއްބަސްވުން ހިއްސާކުރެވިފައިވާންޖެހޭނެ ވާހަކަކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް ސާލިހުގެ ސަރުކާރަށް އެ ކޮމިޓީއާއި އެއްބަސްވުން ހިއްސާކުރެވިފައިނުވާކަަމަށާއި އެއްބަސްވުން ދެއްކިފައިނުވާ ސަބަބަކީ އިންޑިއާ ސިފައިން ދިވެހިރާއްޖެއަށް އައުމަށް ރާއްޖޭގެ ސަރުކާރުގެ ކިބައިން ހުއްދަށް އެދެން ނުޖެހޭކަމަށް ބަޔާންކޮށްފައިވާތީކަމަށް ބެލެވޭކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ލ އަތޮޅަށް ދިއުމުން އެ ސަރަހައްދުގައިވެސް އިންޑިއާގެ ސިފައިން ހާޒިރުވެތިބިކަން ފާހަގަކުރެވޭކަމަށާއި އެއީވެސް ދެބަސްވެވެން ނެތް ހަގީގަތެއްކަމަށެވެ. އަލީ ހުސައިންވަނީ ދިވެހިރާއްޖޭގެ ކަންކަން ގޯސްވެގެންދާނެ މިންވަރަށް ގޯސްވެފައިވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިންނަށް ތިބެވޭނީ މަޖިލީހުގެ ހުއްދައާއިއެކުކަމަށެވެ. އެހެންނަމަވެސް އެފަދަ ހުއްދައެއް ހޯދުމަށް ހުށައަޅާފައިނުވާކަަމަށާއި މަޖިލީހުން ފާސްވެސްކޮށްފައިނުވާކަމަށް ފާހަގަކުރެއްވިއެވެ.

އަލީ ހުސައިން ވިދާޅުވީ، އައްޑޫގައި ގާއިމުކުރެވިފައިވާ ޓްރެއިނިންގް ސެންޓަރަކީވެސް އިންޑިއާގެ ބޭނުމަކަށް ބިނާކުރެވިފައިވާ ތަނެއްކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ހިއްސާކުރައްވާކަމަށާއި ތުޅާދޫ ސަރަހައްދުގެ މަސްވެރިންވެސް ދެކުނުގައި މަސްވެރިކަން ކުރުމުގައި ހުރަސްތައް ހުރި ވާހަކަތައް ދައްކާކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: