ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބަށް ރައީސް އަމިއްލަފުޅު ރަށަށް ދެއްވީ ވައުދުފުއްދާނެ ކަމުގެ ޔަގީންކަން!

ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސި އިންތިޚާބަށް ކުރައްވާ ކެމްޕެއިން ތެރެއިން އެމަނިކުފާނުގެ އުފަން ރަށްކަމަށްވާ ޅ. ހިންނަވަރަށް ވަޑައިގެން ވައުދު ފުއްދޭނެކަމަށާއި އެކަމުގެ ތަޖުރިބާ އެބަހުރި ކަމަށާއި، އަދި އެތަޖުރިބާ އާއި އެކު ވެރިކަން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެރަށުގެ ރައްޔިތުންނަށް ދެއްވަވައިފިއެވެ.

ރައީސް ވިދަޅުވީ ހިންނަވަރަށް އައުމުން ލިބޭ ފަހުރަކީ އެހެން ހުރިހާ ކަމަށް ވުރެ ބޮޑު ފަހުރެއް ކަމަށެވެ. ރަށުގެ އާބާދީ ގައި 5000 އަށް ވުރެ ގިނަ މީހުން ދިރިއުޅުނު ނަމަވެސް އެރަށުގެ ތަރައްގީއަށް ބަދަލެއް ނާންނަ ސަބަބަކީ އެރަށުގެ ބިމުގެ ކުޑަ ކަމާއި އަދި ރަށްރަށައް ތަރައްގީ ގެނައުމުގައި އޭރުގެ ސަރުކާރުން ވެފައިވާ އިހުމާލުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިންނަވަރު އަދި ޅ. އަތޮޅުގެ ހުރިހާ ރަށެއް އެއްކޮށްލުމުން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ފެންނަ ފަންނީ އުފެދުންތެރިން ފެންނާނެ ކަމަށެވެ. ރަށުގައި މީހުން ގިނަ ނަމަވެސް ރަށުގައި ދިރިއުޅެނީ 2000 މީހުންކަން ރައީސް ފާހަގަކުރެއްވިއެވެ. ރަށުގައި ދިރިއުޅޭ އާބާދީ އެހާ މަދުވުވުގެ މައިގަނޑު ސަބަބަކީ ރަށަށް އަންނަން ޖެހޭ އުމްރާނީ ތަރައްގީ ނައުންކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިންނަވަރުގައި ދިމާވެފައިވާ ބޯހިޔަވަހިކަމުގެ މައްސަލައަކީ އެރަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމަސަލަ ކަމުގައެވެ. ރަށުގެ އާބާދީ ބޮޑުވެފައި ރަށުގެ ބިން ކުޑަވުމުން ގިނަ މައްސަލަތަކެއް ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ނިކުންނެވީ ރާއްޖެ އެކުގައި ތަރައްގީ ކުރުމަށް ކަމަށެވެ. އެހެން ކަމުން އެރަށުގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންފައި ވެއެވެ. ދެވަނަ ދައުރެއްގައި 200 ރޯ ހައުސް ނުވަތަ ހައުސިން ޔުނިޓް އަޅާއިދެއްވާނެ ކަމަށް ވިދާޅޫވިއެވެ.

ހިންނަވަރުގެ ތާރީހަށް ބަލާލިކަމުގައި ވިނަމަވެސް އެރަށަކީ ގާބިލް އެތަށް ދަރިއެއް ދިރިއުޅޭ، ހުނަވެރި ކުދިން ތަކެއް ނެރެވޭނެ ރަށެއް ކަން ފާހަކަކުރެއްވިއެވެ. ނަމަވެސް އެރަށުގެ އެ ގާބިލް ޒުވާނުން ނެރެވޭނީ ރަށަށް އިސްލާހީ ބޮޑު ބަދަލުތަކެއް ގެނެސްގެން ކަމަށް ރައިސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެރަށުގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނކުފާނުގެ ސަރުކާރު ފިޔަވައި ރަށް ތަކަށް އަޅާލި ސަރުކާރެއް ނެއް ކަމަށެވެ. އެހެން ކަމުން ހިންނަވަރުގައި އެހެން ފިކުރަކަށް ޖާގައެއް ނެތް ކަމަށް ވިދާޅުވިއެވެ. އަދި އެރަށުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ސިޔާސަތަކީ ހުރިހާ ރަށަކީވެސް އުޅޭވޭނެ އަމާން ތަނަކަށް ހަދައިދިނުން ކަމުގައި ވިދާޅުވިއެވެ.

ރަށަށް ވެވަޑައިގެން އިތުރު ވައުުދުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމާއި، ސްކޫލަށް ބޭނުންވާ އައު އުމާރާތް ގާއިމް ކުރުމާއި، އަދި ހޮސްޕިޓަލް އެލޫމުގެ މަސައްކަތް ކޮންޓްރެކްޓު ކުރެވިފައި ވާކަމާއި އަދި ގާވެރިފަރަކީ ހިންނަވަރުގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށް ރައީސް ވިދާޅުވިއެވެ. ބޭރުން އަންނަ ބޯޓުފަހަރސް އެރަށުގައި އެއްވެސް އުނދަގުލެއް ނެތި ބަނދަރު ކުރެވޭނެ ޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އުތުރުން ރައީސް ވިދާޅުވީ ހިންނަވަރުގެ ރައްޔިތުންނާއި އަދި މުޅިޜާއްޖޭގެ ރައްޔިތުންނަށްވެސް ރަނގަޅުވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް  ހޮއްވަވާދެއްވުމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: