ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯޑިއެމްއެއްގެ ވާހަކައެއް ދައްކާއިރަށް، މި ސަރުކާރުން އެކަން ކޮޕީ ކުރޭ: މުއިއްޒު

ޑރ މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ގެންދަނީ އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ވައުދުތައް ކޮޕީ ކުރަމުންކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކ ތުލުސްދޫގައި ބޭއްވި މުއިއްޒުގެ ކެމްޕެއިން ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު  ވިދާޅުވީ އޭޏާ ޕޯޑިއަމްއަކަށް އަރާ ކޮންމެ ވައުުދެއް މި ސަރުކާރުން ކޮޕީ ކުރަމުން ގެންދާކަމަށެވެ. އަދި އިޝާރާތް ކުރެއްވީ ތިނަދޫގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީބްް މުހައްމަދު ސާލިހު ދެއްކެވި ވާހަކައަށެވެ.

އެގޮތުން އޭނާ ތިނަދޫއަށް ވަޑައިގެން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައިސް ތިނަދޫ ސިޓީއަކަށް ހަދާނެކަމަށް ވައުދުވެފައިވާނެކަމަށާއި، ތިނަދޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސިޓީއަކަށް ބޭނުންވާ ވާރަށް އިންފްރާސްޓަރަކްޗާ ގާއިމްކޮށް، 10،000 ހަމަ ނުވި ނަމަވެސް އެކަށީގެންވާ އާބާދީއެއް އޮތް ރަށެއްކަމަށެވެ. އެ ވައުދުވިތާ ދެ ދުވސް ނުވެ ސަރުކާރުން އެ ވައުދު ކޮޕީކޮށް، ތިނަދޫ ސިޓީއަކަށް ހައްދައިފިކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކުރީ ދުވަހު އަޅުގަނޑު ގޮސްފައި ތިނަދޫގައި އިއުލާންކުރީ ތިނަދޫ ރައްޔިތުންނަށް އަޅުގަނޑު ދެންނެވީ އަޅުގަނޑުމެން ސަރުކާރެއް އައިއްސިއޭ، ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ތިނަދޫއަކީ މިހާރުވެސް ރައީސް ޔާމީންގެ ވެރިކަމުގައި ސިޓީއަކަށް ބޭނުންވާ ވަރަށް އިންފްރާސްޓަރަކްޗާ ގާއިމުކޮށްފައިވާތީ އެކަށީގެންވާ އާބާދީއެއް ވެސް އެބަ އޮތޭ 10،000 ހަމަ ނުވިޔަސް.

މުއިއްޒު ވިދާޅުވިއެވެ.

މިއީ އުފާވެރިކަމެއްކަމަށް ފާހަގަކޮށް، ތިނަދޫގެ ރައްޔިތުންނަށް މަރުހަބާ ދަނަންވާ މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަނީ ނަމަކަށްކަމަށެވެ. އެއާއި ހިލާފަށް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަން ކުރެވޭކަން ދައްކާނީ ކަންކަންކޮށްގެންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރަށް ފާޑު ވިދާޅުވެ، މި ސަރުކާރުން ހޮސްޕިޓަލުގެ ނަމުން ނަން ދިފައިވާ އެތައް ތަނެއް ހުރީ ސިއްހީ މަރުކަޒަކަށްވުރެ ދަށް ހާލަތުގައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މި ޖަލްސާގައިވެސް މުއިއްޒު ވަނީ ގައުމުގެ މިނިވަންކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. ގައުމުގެ މިނިވަންކަމަކީ، އެހެން ހުރިހާ ކަމެއްގެ މައްޗަށް އިސް ކުރަންޖެހޭކަމެއްކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ ނަމަވެސް މި ސަރުކާރުން ގައުމުގެ މިނިވަންކަން ގެއްލޭފަދަ ކަންކަން ކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: