ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން އިންތިހާބު ވަގަށް ނަގާކަންވެސް ފަހެއް ނުޖެހޭނެ: ތޮލާލް

މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ތޮލާލް.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލާ، ވަގަށް ނެގުމަށް އެމްޑީޕީއިން ފަސްނުޖެހޭނެކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތޮލާލް ވިދާޅުވީ، ސަރުކާރުން މިއަހަރުގެ ރިޔާސީ އިންތިހާބަސް ނުފޫޒު ފޯރުވަމުން ގެންދާކަމަށެވެ.

އެގޮތުން މީހުންގެ ޒާތީ މައުލޫމާތު ހުރި ޑޭޓާ ބޭސްތައް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކޮށް، ތޮލާލް ވިދާޅުވީ އާސަންދައާއި ޕެންޝަން އޮފީސް އަދި ޑީއެންއާރާއި އަދި އެ ނޫންވެސް ދައުލަތުގެ މުއައްސަސާތަކުގައި ހުރި ދިވެހި ރައްޔިތުންގެ ހުރިހާ މައުލޫމާތުތައް ނަގައިގެން ސަރުކާރުން ކެމްޕެއިން ކުރަމުންދާކަމަށެވެ. މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ މަސައްކަތެއްކަމަށް ތޮލާލް ވިދާޅުވިއެވެ.

އަޅުގަނޑުމެން ތަންތަނަށް މައްސަލަ ހުށަހަޅައިގެން ތަންތަނަށް ޝަކުވާކޮށްގެން ކޮށްދޭންޖެހޭ އެންމެހާ ކަންތައްތައް ކޮށްދެމުން މިދަނީ.

ތޮލާލް ވިދާޅުވިއެވެ.

މިފަދަ އަމަލުތައް އެމްޑީޕީއިން ހިންގަމުންދާއިރު، މުޅި އިންތިހާބު ވަގަށް ނަގަންވެސް އެ ޕާޓީއިން ފަސް ނުޖެހޭނެކަމަށް ތޮލާލް ވިދާޅުވިއެވެ. ނަމަވެސް އެ ފުރުސަތު އެމްޑީޕީއަށް ދީގެން ނުވާނެކަމަށް ފާހަގަކޮށް، ތޮލާލް ގޮވާލީ ސަމާލުވުމަށެވެ.

މި މައްސަލަތައް ވާނީ ކަމާއިބެހޭ ފަރާތްތަކަށް ހުށައަޅާފައިކަމަށް ތޮލާލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: