ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި އަތުނުލާނަން، ގެދޮރު އެޅުމަށް އެހީވާނަން: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގައި ގޯތި ލިބުނު އެއްވެސް ރައްޔިތެއްގެ އަތުން އަތުނުލާނެކަމަށާއި، އޭގެ ބަދަލުގައި ރައްޔިތުންނަށް އެތަނުގައި ގެދޮރު ބިނާ ކުރުމަށް ފަހި ފުރުސަތުތައް ހޯދައިދޭނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް އެކުލަވާލާފައިވާ ސިޔާސަތުތަކުގައި މުއިއްޒުގެ އެންމެ ހާއްސަ އިސްކަމެއް ދީފައި ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ކޮންމެ ރައްޔިތަކަށް ދޭން އޮތް ޔަގީންކަމަކީ، ގޯތި ލިބުނު އެއްވެސް ބޭފުޅެއްގެ އަތުން އެ އަތުނުލާނެ ކަމެވެ. އަދި ގިރާވަރު ފަޅުންނާއި، ގުޅީފަޅުން ގޯތި ލިބުނަސް އެ ނިންމުމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ އޭގެ ބަދަލުގައި އެ ގޯތިތަކުގައި ގެދޮރު ބިނާ ކުރުމަށް އެއަށް ވުރެ ފަސޭހަ ފުރުސަތުތައް އޭނާގެ ވެރިކަމެއްގައި ހޯދައިދޭނެ ކަމަށެވެ. އެގޮތުން ރައްޔިތުން ވަކި ގޮތެއް ހޯދަން، ނުވަތަ ގޮތް ހުސްވެގެން ފައިސާ ހަމަނުޖެހިގެން އުޅެން ނުޖެހޭނެކަމަށާއި، ސަރުކާރުން ދޭނެ އެހީތެރިކަމަކީ އެ މީހަކު ބޭނުން ވާ ގޮތަކަށް ލުއި ލޯނުތައް ހަމަޖައްސައިދޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގޯތި ނުލިބޭ ރައްޔިތުންނަށް ގޯތި ލިބޭނެ މަގު ހޯދައި ދީ، ފުށިދިއްގަރު ފަޅު ހިއްކުމަކީ ވެސް އޭނާގެ މެނިފެސްޓޯގެ ސިޔާސަތެއް ކަމަށެވެ. އެންމެނަށް ގެދޮރު ޔަގީންކޮށްދޭކަމަށާއި، އެކަމުގައި ކަންބޮޑުނުވުމަށް މުއިއްޒު އެދިވަޑައިގަތެވެ.

އަޅުގަނޑު ޔަގީންކަން ދެން ހަމަ ހުރިހާ މާލޭގެ ރައްޔިތުންނަށް، ގޯތި ލިބުނު ފަރާތްތަކަށް ސަތޭކަ ޕަސަންޓު ޔަގީންކަން.. ފުރިހަމަ ޔަގީންކަން މިދެނީ އަޅުގަނޑު އެއްވެސް ގޯއްޗެއް އަތެއް ނުލާނަން.. އޭގެ ބަދަލުގައި އެއަށް ވުރެ ރަނގަޅަށް ކަންތައްތައްކޮށްދޭނީ.. އެތަނުގައި ގެދޮރު ބިނާ ކުރުމަށްޓަކައި ފަހި ފުރުސަތުތައް…

މުއިއްޒުގެ މެނިފެސްޓޯގައި ގުޅީފަޅު އެއްކޮށް ހިއްކައި މާލޭގެ ސަރަހައްދުގައި 65،000 ގެދޮރު ހެދުމަށް މެގަ ޕްލޭނެއް ވަނީ އެކުލަވާލާފަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެއީ 20 އަހަރުގެ ތެރޭގައި 65،000 ހައުސިންގެ ޔަގީންކަމެވެ. މިރޭ މުއިއްޒު ހުށަހެޅުވި “ދިވެހިންގެ ރާއްޖެ” މެނިފެސްޓޯގައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ޝަކުވާތަކާއި ގުޅިފައިވާ މައްސަލައަކަށްވުމާއި އެކު، މުއިއްޒުގެ މެނިފެސްޓޯގައި ގޯއްޗާއި ފްލެޓު ހިމެނޭހެން ގައުމީ ތަރައްގީގެ ތެރޭގައި މާލޭގެ ސަރަހައްދަށް އެކަނި 65،000 ގެދޮރު ހިމެނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ގުޅީފަޅު، ގިރާވަރު ފަޅު، ފުށިދިއްގަރު ފަޅު އަދި މާލޭގެ ރީޑިވެލޮޕްމަންޓުގެ ދަށުން ހުސްވާ ބިންތައް އަދި ހުޅުމާލެ އާއި ވިލިމާލެއިން ލިބެން ހުރި ބިންތަކެވެ. މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މި ސިޔާސަތުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ފްލެޓެއް، ނުވަތަ ގޯއްޗެއް ޔަގީންކޮށްދޭ ކަމަށެވެ. އަދި އަލަށް ގެދޮރު އިމާރާތް ކުރާ މީހުންނަށް ފަސޭހައިން ދައްކާ ހަލާސް ކުރެވޭ ގޮތަށް 05 އިންސައްތައިގެ އިންޓްރެސްޓު ރޭޓުގައި ގެދޮރުވެރިކަމުގެ ބޭންކު ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދޭނެ ކަމަށެވެ. އެއީ ގެދޮރު އިމާރާތުގެ މަސައްކަތް ކުރިޔަށް ގެންދަނިކޮށް އެކި ސަބަބުތަކާއި ހުރެ މަސައްކަތް ހުއްޓިފައިވާ ނަމަ އެއްކޮށް ނިންމާލުމަށް ދޫކުރާ ބޭންކު ލުއި ލޯނު ސްކީމެއް އެކުލަވާލުމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: