މެކްސީކޯގެ މަޖިލީހުގެ ތަޅުމުގައި ”އޭލިއަންސް“ ކަމަށް ބުނާ އެއްޗެއް ދައްކާލައިފިއެވެ.
ބައިނައްލަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، މެކްސިކޯގެ މަޖިލީސް ކުރާ ގޭގައި ދައްކާލާފައިވަނީ އެލިއަން ކަމަށް ދައުވާ ކުރާ ދެ އެއްޗެއްގެ ހައްޓެވެ. ޕެރޫއިން ހޯދައިފައިވާކަމަށް ބުނާ އެ ތަކެތި މަޖިލިހުގައި ދައްކާލީ ޔޫފޮލޮޖިސްޓު ނުވަތަ ގޮތް ނޭނގޭ އުދުހޭ އުޅަނދު ދިރާސާ ކުރާ މީހެއްކަމަށް އަމިއްލަ އަށް ދައުވާ ކުރާ ނޫސްވެރިއެއްކަމަށްވާ ހައިމޭ މައުސާންއެވެ. މަޖިލީހުގައި ދައްކާލިއިރު އެ ހަށިތައް ހުރީ ބިއްލޫރި ޖަހާއި އެތެރެ ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ފޮށިތަކެއްގައެވެ.
ހުވާގެ މަތީގައި ހުރެ ހައިމޭ މަޖިލީހަށް ދިން ބަޔާނުގައި ބުނެފައިވާގޮތުން، ފޮށިތަކުގައި ހުރީ ކަފުން ކުރެވިފައިވާ ހަށިތަކެއްކަމަށާއި އެ ތަކެއްޗަކީ ދުނިޔަވީ ތަކެތި ނޫންކަމަށާއި އެ ތަކެތީގެ ޑީއެންއޭގެ ތިން ބައިކުޅަ އެއްބައިގެ މައުލޫމާތު އެއްގޮތަކަށްވެސް ނޭނގޭކަމަށް ބުފައިވެއެވެ. އެހެންނަމަވެސް ހައިމޭ މައުސާންގެ އެއްވެސް ތިއަރީއެއް މިހާތަނަށް ސާބިތުކުރެވިފައިނުވެއެވެ. އަދި އޭނާ މީގެ ކުރިން ދައްކާފައިވާ ވާހަކަތައް ހަގީގަތާއި ހިލާފުކަން ފަހުން ފަޅާއެރި ފަހަރުތައްވެސް ފެނިފައިވެއެވެ.
ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ހައިމޭ ވަނީ އެތަނަށް ހާޒިރުވެތިބި އެމެރިކާގެ އޮފިޝަލުންނާއި މެކްސިކޯ ސަރުކާރުގެ އޮފިޝަލުންނަށްވެސް ޔޫއެފްއޯ ވީޑިއޯ ދައްކާފައެވެ. އޭނާ އޭލިއަންކަމަށް ބުނާ ހަށިތައް ދައްކާލީ އެއަށް ފަހުއެވެ. އޭނާ ބުނެފައިވާޣޮތުން، އެ ހަށިތަކަކީ ޔޫއެފްއޯއެއް ހަލާކުވެފައި އޮތް ސަރަހައްދަކުން ހޯދި ހަށިތަކެކެވެ. އަދި ހިއްކައި ފަހަށް ރައްކައުތެރިކޮށްފައިވަނީ އެއަށްފަހުކަމަށްވެސް އޭނާ ބުނެފައިވާކަމަަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

