ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް ރައްޔިތުންނަށް ލިބިފައިވާ ކުރިއެރުމަކުން މަހުރޫމު ނުކުރައްވާނެ ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ އަތޮޅުގެ ކެމްޕެއިން ހަރަކާތްތަށް ނިންމުމަށްފަހު އދ. އޮމަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ބައްދަލުކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ މިސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫއުތަށް މަޑުޖައްސާނެ ކަމަށް ބުނެ ދައްކަވަމުން ގެންދަވާ ބިރަކީ އެއީ އިތުރުފުޅެއް ކަމުގައެވެ. ޑރ. މުައްގީއިއްޒުގެ ވެރިކަމެއްގައި މިހާރުގެ ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫއުތަށް އެއަށްވުރެ ފުރިހަމަ ކަމާއެކު ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުން އެމަޝްރޫއުތަކަށް ގެންނަށް ބޭނުންވާ ފުރިހަމަކަމެއް ގެނެސްދެއްވައިގެން ކުރިއަށް ގެންދަވާނެކަމަށެވެ.
އެމަނިކުފާނަކީ ތަރައްގީގެ ފިކުރުގެ ބޭފުޅެއްކަމަށާއި އަދި ޕީޕީއެމް/ޕީއެންސީއަކީ ތަރައްގީގެ ޕާޓީ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިހާރުގެ ސަރުކާރުން ވަޒީފާ ތަކަށް މީހުން ނެންގެވުމުގައި ގެންގުޅުއްވަނީ ސިޔާސީ ހިޔާލު ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި ވަޒީފާގެ ބިރެއް އޮވެވަޑައިނުގަންނަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރަށުގެ އިގްތިސާދު ކުރިއެރުވަށް އޮމަދޫ ކައިރީގައިވާ ތިން ފަޅު އެރަށުގެ އިހުތިސާސްގެ ތެރެއަށް ވައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތަށް އެކަން ޕްލޭންކުރުމުން ކުނި މެނޭޖު ކުރުމާއި އިންޑަސްޓްރިއަލް ޒޯނެއް ގާއިމް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުން ގިނަ ފަޅުތަކާއި ރަށްތައް ވަނީ ވިއްކާފައިކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިހާރު މަޝްރޫއުތަކުގެ ސްޓޭޓަސްއާއި ރަށްތަށް ހުރި ހިސާބުތަށް ބައްލަވާ އެކަން އެކަން ކުރިއަށް ގެންދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެރަށުގެ ޒުނާނުންނަށް ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމް ކޮށްދެއްވާނެ ކަމަށާއި، އާބާދީގެ ނިސްބަތުން ޒުވާނުންނާއި އަންހެނުންނަށް އެމީހުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަންނަނީ އަރާމު ކުރައްވަން ނޫން ކަމަށާއި ވެރިކަމާ ހަވާލުވެ ވަޑައިގަންނަވަނީ ސީރިއަސް މަަސައްކަތް ތަކެއް ކޮށްދެއްވަން ކަމަށެވެ. އަދި ގައުމީ މައްސަލަ ތަށް ހައްލު ކުރުމުގައިވެސް ހުންނާނީ ނުގުޑާ ފަދަ އަޒުމެއް ކަމަށާއި އެއްވެސް ރައްޔިތަކީ މުހިންމުނޫން ބާކީ ފަރާތެއް ނޫން ކަމަށް ވިދާޅުވިއެވެ.

