ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު ގޮވާލީ ސިޔާސީ ކުލަތައް އެއްފަރާތްކޮށް ގައުމުގެ މިނިވަންކަން އިސްކުރުމަށް

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ދުވަހު ކޮންމެ ރައްޔިތަކު ވެސް ވިސްނަންވީ، ގައުމުގެ މިނިވަންކަން އިސްކޮށް ސިޔާސީ ކުލަތައް އެއްފަރާތް ކުރުމަށްކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެއްލައްކައަށް ވުރެ ގިނަ ވޯޓާއި އެކު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 46 އިންސައްތަ ކާމިޔާބު ކުރެއްވި ޑރ. މުއިއްޒު ވަނީ އަތޮޅުތެރޭގެ ކެމްޕެއިން ހަރަކާތްތައް ފައްޓަވާފަ އެވެ. މީގެ ކުރިން ލިބުނު ކުރު މުއްދަތުގެ ތެރޭގައު ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރެވިފައި ނުވާތީ މުއިއްޒުގެ ވިސްނުން ހުުރީ ކުރިން ނުދެވުނު ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށެވެ.

އިއްޔެ މާލޭގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކަށް ފަހު މިއަދު މުއިއްޒު ފެއްޓެވީ ހއ، ހދ، އަދި ށ އަތޮޅުގެ ކެމްޕެއިނެވެ.

ވިއްސާރައިގައި މުރައިދޫގެ އާންމުންގެ ފަރާތުން ލިބުނު ހޫނު މަރުހަބާއަށް ޝުކުރު އަދާކޮށް މުއިއްޒު މިއަދު ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރަމުންދާއިރު، އައު ކުރަންވީ ގައުމީ ރޫހު ކަމަށެވެ. ގައުމުގެ މިނިވަންކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް އެއީ އެއްވެސް ގޮތެއްގައި ސިޔާސީ ވިސްނުމެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ގައުމިއްޔަތުގެ ވިސްނުން އިސްކޮށް، މިނިވަންކަން ދެމެހެއްޓުމުގެ ވިސްނުން ގެންގުޅުމަށް ގޮވާލި އެވެ.

ގައުމީ ވިސްނުން އިސްކޮށް، ހުރިހާ ރައްޔިތުންގެ ތާއީދަށް އެދިވަޑައިގެން މުއިއްޒު ވިދާޅުވީ، ރަށަށް ބޭނުންވާ ތަރައްގީ ވަށާ ނަޒަރު ހިންގާލުމުން ސާފުވާކަމަށެވެ. ސަރުކާރުގެ އިހުމާލުތަކަށް ރައްޔިތުންގެ ކަންބޮޑުވުންތައް ހުރީ އިންތިހާގައިކަމަށާއި، ރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ކުނި މެނޭޖު ކުރުމުގައި ހުރި މައްސަލަތައް ހައްލު ނުވުމަކީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ރައްތަކުގެ ސިއްހީ ނިޒާމު އޮތީ، ކައިރި އެހެން އަތޮޅުތަކަށް ގޮސް ނުވަތަ މާލެއިން ފަރުވާ ހޯދަން ޖެހޭ ހިސާބުގައިކަމަށްވާއިރު މުއިއްޒު ވިދާޅުވި ގޮތުގައި މިއީ ރައްޔިތުންނަށް އުފުލޭ މިންވަރަށް ވުރެ ބުރަ ބޮޑު ތަކުލީފުތަކެވެ. އެހެންކަމުން ވަކި ރަށަކަށް ނުބަލައި ކޮންމެ ރަށަކީ ވެސް ސިއްހީ ފަރުވާ އެންމެ ރަނގަޅު ގޮތުގައި ލިބޭ ރަށަކަށް ވާން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ކުނި މެނޭޖު ކުރުމަށް ބޭނުން ކުރާނީ، ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ކައުންސިލްތަކަށް ލިބޭ އުސޫލުގެ ތެރެއިން ކަމަށެވެ. އެހެންކަމުން އޭގެ ތެރެއިން ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން މަސައްކަތްތައް ކުރިޔަށް ގެންދެވޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރަށްގިރުމުގެ މައްސަލަތައް ދިމާވެފައިވާއިރު، މުއިއްޒު ވިދާޅުވީ އެންވައިރޮމެންޓްގެ ޓެކްސް ބޭނުން ކުރަނީ އެކަމަށް ކަމަށެވެ.

މެނިފެސްޓޯގައި އެންމެ ހާއްސަ އިސްކަމެއް ދީފައިވާ ގޯތީގެ ޝަކުވާތަކަށް މުއިއްޒު ވިދާޅުވީ އެފަރާތްތަކަށް ހާއްސަކޮށް ލޯނުތައް ހަމަޖެހޭނެ ކަމަށެވެ. ބައެއް އާއިލާތަކަށް ވަކި މިންވަރަކަށް ގެ އެޅުމަށް ފަހު މާލީ ދަތިތަކާއި ހުރެ މަސައްކަތް ކުރިޔަށް ގެންދެވިފައި ނުވާތީ އެކަން ހައްލު ކުރުމަށް ވެސް ވަކި ހާއްސަ ލޯނެއް ކަނޑައަޅުއްވާނެކަމަށް މުއިއްޒު ވައުދުވެވަޑައިގަތެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން މުއިއްޒު ފައްޓަވައި ކުރިޔަށް ގެންދާއިރު، ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މިހާތަނަށް ބައިވެރިވެފައި ވަނީ އެމްޑީޕީގެ ބޮޑު އެއް ބައްދަލުވުމުގަ އެވެ. އޭގެ ފަހުން ކޯލިޝަންގެ ދައުވަތު ދެއްވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ ދެ ދުވަސް ސަން އައިލެންޑް ރިސޯޓުގައި ހޭދަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: