ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ރައްކައުތެރިކަމަށް ބައިނަލްއަގުވާމީ ގުޅުންތައް ދެމެހެއްޓުން މުހިންމު: ނަސީމު

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ދުނިޔެއާއި އޮންނަ ގުޅުން ދަމަހައްޓަންޖެހޭކެމަަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާގައި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަސީމުވަނީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ސަރުކާރުން ވޭތުވެދިޔަ ފަސް އަހަރު ދުވަހު ކާމިޔާބުކަމާއިއެކު ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަން ކަށަވަރުކޮށްދީފައިވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ދުވަހު ދިވެހިންނަށްވަނީ އެއްވެސް ބަޔަކުގެ ބާރުގެ ދަށަށް ނުގޮސް މިނިވަންކަމާއި އުފަލުގައި ދުވަސްތައް ހޭދަކުރެވިފައިކަމަށް ފާހަގަކުރެއްވިއެވެ. ނަސީމު ވިދާޅުވީ، އެއްވެސް ހަރުކަށި ޖަމާއަތެއް ނުވަތަ ބާރެއްގެ ސަބަބުން ދިވެހިންގެ މިނިވަންކަން ގެއްލިފައިނުވާކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖެއިން ގެންގުޅެމުންދާ އަމާންކަމާއި ސުލްހަވެރިކަމުގެ ސިޔާސަތުތައް ދަމަހައްޓަންޖެހޭކަމަށާއި ބަނައްލަގުވާމީ ޕާޓުނަރުންނާއި ދެމެދު ބާއްވަމުންދާ ގުޅުންތައް ދެމި އޮތުމަކީ ދިވެހިރާއްޖެ އާއި ސަަރަހައްދީ އަމާންކަމަށް މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: