ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރު ނިމެން 12 ދުވަސް “ތަހުގީގީ އެއްވެސް ކުށެއް ނުކުރަން“ :ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރު ނިމެން 12 ދުވަހަށް ވެއްޖެ ކަމަށާއި، ނަމަވެސް  ތަހުގީގީ އެއްވެސް ކުށެއް ނުކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާފަންނު ސަހަރާ ކުރިމަތީގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމަނިކުފާނު، ދައުލަތުގެ ލޯ ލާރިއެއްގަވެސް ޖެހިފައި ނުވާ ކަމަށެވެ.

އެހެން ކަމުން މިއަދުވެސް، އަދި ވެރިކަމުން ފޭބީމައި ވެސް އެއްވެސް ތަހުގީގީ މައްސަލައެއް އޮތްތޯ ބައްލަވަންވީ ކަމަށް، ރައީސް ވިދާޅުވިއެވެ. އޭސީސީ ފަދަ ތަންތަނަށް ވަޑައިގެންވެސް ބައްލަވަންވީ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެފަދަ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

”މިއަދުވެސް ބައްލަވަންވީ. އަޅުގަނޑު ވެރިކަމުން ފޭބީމަވެސް ބައްލަވަންވީ. ސާފްކޮށް މިދަނީ ރަނގަޅަށް ބައްލަވާ. މިހާރުވެސް ބައްލަވާ. އޭސީސީ އާއި ތަންތަނަށް ހުށައަޅުއްވާ. ތަހުގީގީ އެއްވެސް މައްސަލައެއް ނޯންނާނެ:“ -ރައީސް-

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން ރައީސް ދަނީ ކެމްޕެއިން ކުރައްވަމުންނެވެ. ފުރަތަމަ ބުރުގެ ވޯޓްލުން ކުރިއަށް ދިޔައީ، ސެޕްޓެބަރު މަހުގެ 9 ވަނަ ދުވަހުގައެވެ. ނަމަވެސް ދެވަނަ ބުރެއް ބާއްވާ ކަމުގައިވާނަމ،ަ އޭރު އޮތީ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަސް ހަމަ ޖައްސާފައެވެ.

އެގޮތުން ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން ކާމިޔާބު ކުރެވޭ އަދަދަަށް ވޯޓް ލިބިފައި ނުވާތީ ދެވަނަ ބުރަކަށް ވަނީ ގޮސްފައެވެ. އެހެންކަމުން ދެވަނަބުރުގައި ވޯޓްލާން މިހާރު އޮތީ ބާކީ 12 ދުވަހެވެ. ފުރަތަމަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ލިބިފައިވަނީ ވެރިކަން ކުރާ އެމްޑީޕީ އަށް ވުރެ އިތުރަށް ދިހަ ހާހަށްވުރެ ގިނަ ވޯޓެވެ. އެހެންކަމުން ޕާޓީ އަކާއިއެކު ކޯލިޝަން ނުހަދާ އިންތިހާބު ކާމިޔާބު ކުރުމަކީ އެމްޑީޕީ އަށް ފަސޭހަ ކަމަކަށް ވަނީ ނުވެފައެވެ.

ކަންއެހެން އޮތުމުން ފަހަތުން ވާދަ ކުރެއްވި ޕާޓީ ތަކާއިއެކު އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަޝްވަރާ ކުރަމުންދާ ދަނޑިވަޅުގައި ބައެއްޕާޓީ ތަކުން ވަނީ ގޮތް ނިންމާފައެވެ. އެގޮތުން 2018އިގެ އިންތިހާބުގަައި އެމްޑީޕީ އާއިއެކު ކޯލިޝަން ހެދި ޖުމްހޫރީ ޕާޓީ ވަނީ އެއްވެސް ޕާޓިއަކާއި އެކު ކޯލިޝަން ނުހަދާނެ ކަމަށް ނިންމާފައެވެ. އަދި އެމްއެންޕީން ވަނީ ޕީޕީއެމް ޕީއެންސީ އާއިއެކު ކުރިއަށްދާން ނިންމާ އެޕާޓީގެ ހަރަކާތްތަކުގައި ބައި ވެރިވާން ފަށާފައެވެ.

ނަމަވެސް ތިންވަނައަށް ވާދަކުރެއްވި ޑިމޮރޭޓްސް އިން ވަނީ ވަކިކޮޅަކަށް އަދި ތާއިދު ކުރެވެން ނެތް ކަމަށާއި، ނަމަވެސް އެދެނީ ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާ ފަރާތަކަށް އެއްކޮޅަށް އަރަން ކަމަށް އެ ޕާޓީން ބުނެއެވެ.

ރައީސް ވިދާޅުވަނީ ވެރިކަން ނިމެން ކައިރިވީ ނަމަވެސް ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: