ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ދައުރުގައި ފެނިގެންދިޔައީ މަޖިލިސް އަގުލަބިއްޔަތު އޮވެ މަޝްރޫޢުތައް ހުއްޓިފައިވާތަން: މުހައްމަދު ރަޝީދު

މައްޗަންގޮޅި އުތުރުދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން ބޭނުންވާ ގޮތުގެ މަތިން ކަންކަން ކުރިއަށް ގެންދިއުމަށް ބާރާއި ޒިންމާ ހަވާލުކުރެވިފައިވާބައެއް ކަމަށާއި އެހެންނަމަވެސް މި ދައުރުގައި މި ފެނިގެންދަޔައީ މަޖިލީހުގެ އަގުލަބިއްޔަތު އޮތް އިރުވެސް މަޝްރޫއުތައް ހުއްޓިފައިވާ މަންޒަރުކަމަށް މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ރަޝީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވީ ބޮޑު އަގުލަބިއްޔަތަކުންކަމަށާއި އެމަނިކުފާނު 58 އިންސައްތަ ވޯޓާއިއެކު އިންތިހާބުވިއިރު 65 މެމްބަރުންނާއި އެކު ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުވެސް ކާމިޔާބުކުރެއްވިކަމަށެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގައި އަގުލަބިއްޔަތު އޮތް އިރު، ވަޒީރުންގެ މެމްބަރުން ތިއްބަވަނީ ދާއިރާތަކުގެ މަސައްކަތްތައް ހުއްޓުވައިގެންކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުން މެދުވެރިކޮށް ވޯޓުލެއްވުމަށް ބާރު އެޅުމުގެ މަސައްކަތްތައް ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ، ރިޔާސީ ނިޒާމުގައި އުނދަގޫތައް ދިމާވާ އެންމެ މައިގަނޑު އެއް ސަބަބަކީ ރައްޔިތުންނަށް ވަޒީރުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތުންކަމަށާއި އެ މީހުންނަކީ ރައްޔިތުން ދަންނަވެސް ބައެއް ނޫންކަމަށެވެ.

ރަޝީދު ވިދާޅުވީ، ގިނަ ފަހަރެއްގެ މަތިން ވަޒީރުންގެ ގޮތުގައި ތިއްބަވާ މީހުން ބަދަލުވާކަންވެސް ފާހަގަކުރެވޭކަމަށެވެ. އަދި މިނިސްޓްރީއަކާއި ހަވާލުވެގެން ހުންނަ މީހާ ތިން ބުރަށް ބަދަލުވެގެންދާއިރުވެސް، އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ނުލިބިދާ ފަހަރުތައްވެސް ފެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު ވެރިކަން ކުރަމުންދާ ނިޒާމުގެ ތެރެއިން ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށެވެ. އެގޮތުން އެއްވެސް މަޝްރޫޢުއެއް ހުއްޓާނުލައި ކުރިއަށް ނުގެންދެވޭކަމަށާއި ކަންކަން ކުރަމުންދަނީ ވަޒީރުންނަށް ފެންނަ ގޮތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، މިހާރު އޮތް ނިޒާމުގައި ވަޒީރުންނަކީ ރައްޔިތުން އިންތިހާބު ކުރާ ބައެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ވަޒީރުން އައްޔަނުކުރުމުގައި އެއްވެސް އިހުތިޔާރެއް ލިބިގެން ނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: