ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދު ރައީސް ސާލިހު ފަހަތަށް!

ރިޔާޒް ރަޝީދު އަދި ރައީސް ސާލިހު: ފޮޓޯ/ ރިޔާޒްގެ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދު ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ތާއީދުކުރެއްވުމަށް ނިންމަވައިފިއެވެ.

ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން ޕާޓީތަކުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބުވި ޕާޓީތަކުގެ އިސް ސަފުގައި ތިއްބެވި ބައެއް މީހުން ދެވަނަ ބުރުގައި ވާދަކުރާނެ ޕާޓީތަކަށް ތާއީދުކުރުމަށް ނިންމައި ހާމަކުރަމުންދެއެވެ. އެގޮތުން ރިޔާޒް ރައީސް ސާލިހަށް ތާއީދުކުުރުމަށް ނިންމެވިކަން ހާމަކުރެއްވީ އަމިއްލަ ސޯޝަލްމީޑިއާ އެކައުންޓެއް މެދުވެރިކޮށެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހަކީ އޭނާ އާއިއެކު ހާއްސަ މަޖިލީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައިވެސް އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މީހެއްކަމަށެވެ. އަދި ރައީސް ސާލިހަށް ދެވަނަ ބުރުގައި ވޯޓުދެއްވާނެކަމަށެވެ.

ރިޔާޒް އޭނާގެ ތާއީދު ރައީސް ސާލިހަށް އޮތްކަން ހިއްސާކުރެއްވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްވަނީ އެ ޕާޓީގެ ކައުންސިލުގެ އަގުލަބިއްޔަތުގެ ބާރާއިއެކު ޕާޓީއިން ވަކި ކޮޅަކަށް ނުޖެހުމަށް ނިންމާފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: