މިހާތަނަށް އައިއިރު، ރައްޔިތުންނަށްޓަކައި އެތައް ވައުދެއް އަދި މެނިފެސްޓޯއާއި ސިޔާސަތުތައް ގެނެސްދެވިފައިވާކަމަށާއި ކޮންމެ ދުވަހަކު ވެސް ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ ހެޔޮ ވެރިކަމެއް ކުރުންކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދެވަނަ ބުރުގެ ވޯޓުލުމަށް ހަތަރު ދުވަހަށް ވެފައިވާއިރު މުއިއްޒު މިރޭ ދަތުރު ފެއްޓެވީ އެންމެ ދެކުނުގެ ރަށްތަކުގެ ކެމްޕެއިނެވެ.
ލ. ގަމުގައި އޮތް ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭގެ ހަގީގީ މާނައިގައި މިނިވަންކަމުގެ ނޭވާ ގައުމަށް ލެވޭނީ، ރަނގަޅު އިންސާފުވެރި ވެރިކަމެއް މެދުވެރިކޮށް ކަމަށެވެ. އަދި އެ ހިދުމަތް ދެވެން އޮތް ގޮތަކީ މުއިއްޒު ވިދާޅުވި ގޮތަކީ މަގާމުތަކަށް ގާބިލު އިލްމީ މީހުން އައްޔަނުކޮށްގެންނެވެ.
ރައްޔިތުންނަށް ހިދުމަތް ދޭން އަންނަ ބަޔަކު ފޮރުވުމުގެ އުސޫލެއް ގެންގުޅޭނަމަ، އެ ވެރިކަމެއްގެ ބޭނުމެއް ނޭތްކަމަށް މުއިއްޒު ވިދާޅުވި އެވެ. މިއަދު ރައްޔިތުން މައުލޫމާތެއް ދޭން އެދުމުން، އެ ތަފްސީލެއް ފޮރުވުމަށް ސަރުކާރަށް ދެވެން ހުރި ހުރިހާ މަގަކުން ގޮސް އެކަން ފޮރުވުމަށް އުޅުމަކީ އެއީ ގޯހެއްކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ ބަދަލު ކުރުމަށް ބޭނުންވާ ސަގާފަތަކީ އެއީކަމަށާއި، މައުލޫމާތެއް ފޮރުވައި ހާމަކުރުމަށް ދެކޮޅު ހަދަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިހާތަނަށް އައިއިރު، ރައްޔިތުންނަށްޓަކައި އެތައް ވައުދެއް އަދި މެނިފެސްޓޯއާއި ސިޔާސަތުތައް ގެނެސްދެވިފައިވާކަމަށާއި ކޮންމެ ދުވަހަކު ވެސް ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ ހެޔޮ ވެރިކަމެއް ކުރުންކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ކޮރަޕްޝަނުން އެއްކިބާވެފައިވާ، މައްސަލަތަކަށް އިންސާފު ގެނެެސްދޭނެކަށް މުއިއްޒު ވިދާޅުވި އެވެ.
އިތުރުބާރުކޮށް، ފުރުސަތު ދިނުމަށް އެދިވަޑައިގެން މުއިއްޒު ވިދާޅުވީ ރައްޔިތުން ތިބީ ބަދަލަކަށް އެދިއެދިކަމަށެވެ. އަދި އޭގެ ސަބަބުތައް ވެސް ވަރަށް ގިނަކަމަށާއި، މި ވެރިކަން ރައްޔިތުންގެ ގެނައި އެއްވެސް ސަބަބެއް ބޭނުންވާ ގޮތުގައި ތަންފީޒު ނުވާތީ، އެ ހުރިހާކަމެއް ހަގީގަތަކަށް ހަދައިދެއްވާނެކަމުގެ ޔަގީންކަމާއި އެ ވައުދު މިއަދު އޭނާވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

