ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގއ. ވިލިިނގިލި އެއް އަޑަކުން؛ ”ނިމެނީ، ނިމެނީ“!

މެންދުރުގެ ހޫނު ވަގުތުގައި ވެސް މުއިއްޒު ވިލިނގިލިއަށް ވަޑައިގަތުމުން ގިނަ ބަޔަކު ވަނީ މަރުހަބާ ކިއުމަށް ނިކުމެފައި/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދެވަނަ ފަހަރަށް ވެސް ވަޑައިގަތުމުން ގއ. ވިލިނގިލި އިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މުއިއްޒު މި ރަށަށް މިއަދު ވަޑައިގަތުމުން އެންމެން އެއް އަޑަކުން ގޮވާލަމުން ދިޔައީ މިވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ބަދަލަކަށްކަމަށާއި، ކެންޑިޑޭޓު ނަމްބަރު ހަތަރަކަށް ވޯޓު ދިނުމަށް އެއް އަޑަކުން އެންމެން ދިޔައީ ގޮވާލަމުންނެވެ.

މިއަދުގެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމަށް ސޮއި ކުރިއިރު، ރިޔާސީ އިންތިހާބުގައި މި ރަށުން މެޖޯރިޓީ ވެސް ނާގައި ވަނީ މުއިއްޒެވެ.

ހެނދުނުގެ އެންމެ ހޫނު ވަގުތުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ނިކުމެކީ ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި މުއިއްޒު ދެއްވި ޔަގީންކަމަކީ ރައްޔިތުންގެ ހުށަހެޅުންތައް ހަގީގަތަކަށް ހައްދަވާދެވުމެވެ. މުއިއްޒު ވިދާޅުވީ ދެން ރައްޔިތުންގެ ގާތަށް ދާން ބޭނުން ވަނީ ކާމިޔާބީއާއި އެކު އެކަން ފާހަގަކުރުމަށް ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފަ އެވެ. އަދި އެކަން އެނިގެން ދާނީ ވޯޓުންކަމަށާއި، އިންތިހާބަށް ފޯރުވާ ނުޒޫޒަކަށް ނުވަތަ ވަޒީފާގެ ބިރަށް ބެލުމެއް ނެ

މުއިއްޒު ވިދާޅުވީ ފެންނަނީ ގައުމު ހަލާކުގެ މަގަށް ވެއްޓި، މިނިވަންކަމަށް ކިތަންމެ ބުރޫތަކެއް އައި ނަމަވެސް ބަޔަކު އެއަށް ވަރިހަމަވެފައިވާ މަންޒަރު ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ވޯޓު ކަރުދާހުގައި ކޮންމެ ރައްޔިތެއް ވެސް ޖަހާ ފާހަގައެއީ ގައުމު ސަލާމަތް ކުރުމުގެ ބާރު ލިބޭ ދުވަސްކަމަށާއި، އެއީ މުސްތަގުބަލު ވެސް ކަނޑައެޅުމުގެ ބާރުކަމަށް މުއިއްޒު ވިދާޅުވި އެވެ.

މަދު ފައިސާކޮޅަކަށް، ނުވަތަ ލިބޭ ކޮންޓްރެކްޓަކާއި ޑީލްތަކަށް މިކަންކަން އެއްފަރާތްކޮށް ފެންނަ ކަންކަން ނުފެންނަ ކަމަކަށް ނުހެދުމަށް މުއިއްޒު ގޮވާލި އެވެ. އެހެންކަމުން އޮކްޓޯބަރު އެކެއް އެއީ ގައުމު މިނިވަންކަމުގެ ނޭވާ ލާނެ، އަދި މިނިވަން ދިވެހި ރާއްޖެއަކަށް އަލިވިލޭ ދުވަހަކަށް ހެދުމުގެ އަޒުމުގައި މަސައްކަތް ކުރުމަށް މުއިއްޒު އެދިވަޑައިގަތެވެ.

މުއިއްޒު ވިދާޅުވީ ސިޔާސީ ގޮތުން ދައްކާ ބިރަކަށް ރައްޔިތުން ފަސް ނުޖެހޭނެ ކަމަށެވެ. އަދި ވަޒީފާއިން ވަކި ކުރާނަމަ، އެ ވަޒީފާއެއް އަލުން އިޔާދަކޮށްދޭނެކަމަށް ވެސް ވިދާޅުވި އެވެ.

އިންތިހާބުގެ ވޯޓުލާން ތިން ދުވަހަށްވެފައިވާއިރު، މުއިއްޒު އެދިވަޑައިގެންފައި ވަނީ ރައްޔިތުން މުސްތަގުބަލާ މެދު ފުންކޮށް ވިސްނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: