ރައީސް ޔާމީންގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް ވޯޓް ލައްވައިފިއެވެ.
ފާތުމަތު އިބްރާހިމް ވޯޓް ލައްވާފައިވަނީ އިސްކަންދަރު ސުކޫލަށެވެ. ފާތުމަތު އިބްރާހިމް ފިރިކަލުން ރައީސް ޔާމީން މިވަގުތު އޮންނަވީ މަނީލޯޑާރ ކުރިކަމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައެވެ.
މިފަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށްވެސް ރައީސް ޔާމީން ވަނީ އިލެކްޝަނަށް ފޯމްވެސް ހުށައަޅާފައެވެ. ނަމަވެސް ރައީސް ޔާމީނަށް އެފުރުސަތު އިލެކްޝަނުން ދީފައި ނުވެއެވެ. އިލެކްޝަނުން ވަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކަމަށް ބުނެ ރައީސް ޔާމީނުގެ ފަރާތުން ހުށައެޅި ފޯމް ރިޖެކްޓް ކޮށްފައެވެ. އޭގެ ފަހުން ޕީޕީއެމުން ކެންޑިޑޭޓަކު ނެރަފައި ނުވެއެވެ.
އެ ފުރުސަތު ދެއްވާފައިވަނީ ޕީއެންސީއަށެވެ. އެގޮތުން ޑރ. މުއިއްޒަކީ ރައީސް ޔާމީން އެންޑޯޒް ކުރައްވާފައިވާ ކެންޑިޑޭޓެވެ. ރައީސް ޔާމީން ތާއިދު ކުރައްވަނީ ޑރ. މުއިއްޒު އަށް ކަމަށް ޔާމީންގެ ފަރާތުންވަނީ ހާމަ ކުރައްވާފައެވެ.

