ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު މިރޭ މާލޭ ސިޓީ ކައުންސިލްގެ މުއައްޒަފުންނާ ބައްދަލު ކުރައްވަނީ!

މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާ ބައްދަލު ކުރެއްވުމުގެ ހަފްލާއެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ކައުންސިލްގެ މުވައްޒަފުންނާއި އެކު ކުރެވުނު މަސައްކަތްތަކަށް ޝުކުރު ދެންނެވުމުގެ ގޮތުންނާއި، މުވައްޒަފުންގެ ފަރާތުން މަރުހަބާ ދެންނެވުމަސް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭގެ 08:30 ގަ އެވެ. ނޮވެމްބަރު 17 ގައި މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމާއި އެކު މާލޭގެ މޭޔަރުކަމުގެ މަގާމުން ވަކިވާނެ އެވެ.

މިރޭ ރަސްމީ ބައްދަލުވުމެއް އޮތް ނަމަވެސް، އިންތިހާބުގެ ކާމިޔާބީއަށް ފަހު ވެސް ކައުންސިލްގެ މުވައްޒަފުންނާ މުއިއްޒު ބައްދަލު ކުރައްވާފައި ވެއެވެ. އެ ބައްދަލުވުމުގައި މުއިއްޒު ވަނީ، މަސައްކަތުގެ ޒިންމާތައް މާލޭގެ މޭޔަރު އަހުމަދު ނަރީޝްއަށް ހަވާލު ކުރައްވާފަ އެވެ.

އެ ޖަލްސާގައި މުއިއްޒު ވިދާޅުވީ 17 ނޮވެމްބަރާއި ހަމައަށް ހުންނަވާނީ މަގާމުގައިކަމަށާއި، ގާނޫނީ ގޮތުން އެކަން އެގޮތަށް ކުރަންޖެހޭތީ އެކަން ހިނގާނީ އެމަގުން ކަމަށެވެ. ނަމަވެސް ގާނޫނީ ބޭފުޅުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއާ އެއްކޮށް ވާހަކަދައްކާ މަޝްވަރާ ކުރެވުނުއިރު، ޑެޕިއުޓީ މޭޔަރާއި މަސައްކައް ހަވާލު ކުރުމަކީ މައްސަލައެއް އޮތް ކަމަށްކަށް ނުވާތީ އެ ޒިންމާ ހަވާލު ކުރެއްވީކަމަށް ވިދާޅުވި އެވެ.

އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެންމެ އިންސާފުވެރި ގޮތަކީ. ޓްރާސިޝަން ޕީރިއަޑްގަ ޓްރާންސިން އަށް ވަގުތުދޭން ބޭނުން. 17 ވަނަ ދުވަހަށް ތައްޔާރު ވުމަށް އަޅުގަނޑު ވަގުތު ބޭނުންވޭ

މުއިއްޒު ވިދާޅުވީ މަގާމާ ހަވާލުވުމާ ދެމެދު ކުރަން ޖެހޭ މަސައްކަތްތައް ވެސް ގިނަކަމަށާއި، އިންތިގާލީ މަރުހަލާގައި ކައުންސިލްގެ އެއްވެސް މަސައްކަތަކަށް ބުރޫއެރުމަށް ބޭނުން ނުވާކަމަށެވެ. އަދި އެކަށީގެންވާ ވަރަށް މަސްއޫލިއްޔަތަށް ވަގުތު ނުދެވޭނަމަ އެންމެ ރަނގަޅު ގޮތަކީ ޒިންމާތައް އެހެން ބޭފުޅަކާއި ހަވާލު ކުރުންކަމަށް ވާތީ، ނަރީޝްއާ މަސައްކަތް ހަވާލު ކުރެއްވީކަމަށް މުއިއްޒު ވިދާޅުވި އެވެ.

މޭޔަރުކަމުގެ ގޮނޑި ހުސްވުމާއި އެކު، ދެން އެންމެ އަވަހަށް އޮންނާނީ އެ މަގާމަކަށް ބޭފުޅަކު އައްޔަނު ކުރުމުގެ އިންތިހާބެވެ. އެ މައުލޫމާތުތައް ނޮވެމްބަރު 17 ގެ ފަހުން އިލެކްޝަންސް ކޮމިޝަނުން ހާމަކުރާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: