ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫލީ މެދުވެރިކޮށް ބޮޑެތި ޑިސްކައުންޓްތަކާއި އެކު ”ޑިވައިސް ފްލޭޝް ސޭލް“ ޕްރޮމޯޝަންއެއް!

މޫލީ މެދުވެރިކޮށް ބޮޑެތި ޑިސްކައުންޓްތަކާއި އެކު އެޕަލް އަދި ސެމްސަންގް ފަދަ މަގުބޫލު ބްރޭންޑްތަކުގެ ފޯނާއި އެކްސެސަރީޒް ލިބޭ "ޑިވައިސް ފްލޭޝް ސޭލް" ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

އޮންލައިންކޮށް ވިޔަފާރި ކުރެވޭ މޫލީ ޕްލެޓްފޯމްއިން ”ޑިވައިސް ފްލޭޝް ސޭލް“ ގެ ނަމުގައި ހާއްސަ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑް ތަކުގެ ސްމާރޓްފޯނާއި އެކްސެސަރީޒް، ޑިސްކައުންޓާ އެކު ހެޔޮ އަގުގައި ކަސްޓަމަރުންނަށް ބައްލަވައިގަނެވޭނެއެވެ. ތަފްސީލު ދެމުން އުރީދޫއިން މީޑިއާތަކަށް ބުނީ މި ޕްރޮމޯޝަންގައި، އެޕަލް މެގްސޭފް ޗާޖަރ، އައިޕެޑް، މެކްބުކް ޕްރޯ، އައިފޯން 13، 12 އަދި 11 ގެ ޕްރޯ މެކްސް، އައިފޯން އެކްސް އެސް، ގެ އިތުރުން ސެމްސަންގް ގެ މަގްބޫލް ފޯނުތައް ބައްލަވައިގަނެވޭނެ ކަމަށެވެ.

އެގޮތުން ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، 7 އިންސައްތައިގެ ޑިސްކައުންޓްއާއި އެކު މޫލީ ވެބްސައިޓް www.moolee.mv މޫލީގެ ވެބެސައިޓު މެދުވެރިކޮށް ލިބެން ހުންނާނެކަމަށް އުރީދޫއިން ބުންޏެވެ.

މޫލީ މެދުވެރިކޮށް ވިޔަފާރި ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ހިލޭ ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ.

މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުބާރު ހިފޭ ކޮލިޓީ ޕްރޮޑަކްޓުތައް ހެޔޮ އަގުގައި ކޮންމެ ތަނެއްގައި، ހުރެ ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއި އެކު ވިޔަފާރި ކުރެވޭނެ ޕްލެޓްފޯމެއްކަން އުރީދޫއިން ފާހަގަކުރެ އެވެ.

ފުޅާވަމުން އަންނަ އޮންލައިންކޮށް ވިޔަފާރި ކުރެވޭ މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ ތަޖުރިބާ ކަސްޓަމަރުންނަށް، ހިލޭ ޑެލިވަރީގެ ހިދުމަތް ދިނުމުގެ އިތުރުން އޮންލައިން ޕޭމަންޓާއި އީޒީ ރިޓާންސް މޫލީއިން ފޯރުކޮށްދެއެވެ.

އުރީދޫއިން ބުނެފައިވާ ގޮތުގައި މި ޕްލެޓްފޯމްގެ ހާއްސަކަމަކީ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ޑެލިވަރީ ހިދުމަތް ލިބުމެވެ.

މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް މޫލީއިންވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެންކަމަށް އުރީދޫއިން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: