ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތެރިންގެ ހައްގުތަކާއި ބެހޭ ޔޫނިއަންތަކުގެ ބާރު މުއައްސަސާތަކަށް އޮވެގެން ނުވާނެ: އިލްޔާސް

އެސްއޯއީ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތެރިންގެ ހައްގުތަކާއި ބެހޭ ޔޫނިއަންތަކުގެ ބާރު މުއައްސަސާތަކަށް އޮވެގެން ނުވާނެކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށައަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްއާއި ބެހޭ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

އިލްޔާސް ވިދާޅުވީ ވަޒީފާ ދޭ ފަރާތްތަކާއި، ވަޒީފާގައި އުޅޭ ފަރާތްތަކުގެ ޔޫނިއަންތައް ރަނގަޅަށް، ގާނޫނެއްގެ ދަށުން ބެލެންޖެހޭކަމަށެވެ. ޝަރީފް ހުށައަޅުއްވާފައިވާ ބިލުގައިވާ ޑިރެކްޓަރ ޖެނެރެލް އޮފް ޔޫނިއަންސް އަދި ރަޖިސްޓަރ ޖެނެރެލް އޮފް ޔޫނިއަންސް އަކީ ވަރަށް މުހިންމު ތަންތަންކަމަށް ފާހަގަކުރައްވާ، މިއީ ބޮޑެތި ބާރުތައް ލިބިގެންވާ ތަންތަންކަމަށް ވިދާޅުވިއެވެ.

މި ޔޫނިއަންތަކާއި ބެހޭ މީހުންގެ ރަޖިސްޓްރާ ބެލެހެއްޓުން އޮންނަނީ މިކަމާއި ގުޅޭ މުއައްސަސާތަކަށްކަމަށާއި، އޭގެ ބަދަލުގައި އެ ޔޫނިއަންތަކުން ރަޖިސްޓަރ ބަލަހައްޓަންޖެހޭ ގޮތަށް ބަދަލު ގެންނަޖެހޭކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އެހެންނޫން ނަމަ ސިޔާސީ ބޭނުންތަކަށް ސަރުކާރުތަކުން މި ޔޫނިއަންތައް ބޭނުން ކުރާނެކަމަށެވެ. އެގޮތުން ކޮންސްތްރަކްޝަން އިންޑަސްޓްރީއަށް ބިދޭސީން ގެނައުން އިލްޔާސް ފާހަގަކުރެއްވިއެވެ.

ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބަނގްލަދޭޝް މީހުންނަށް ރާއްޖެއެއް އެތެރެއެއް ނުކުރެވޭ، އެހެން ނަމަވެސް އެ އިންޑަސްޓްރީ މީހުންގެ ޔޫނިއަންސްތަކުން އެކަމަށް ލޮބީކޮށްގެން އެމީހުން ބޭނުންވާ ބަޔަކު މިތަނަށް ގެނެވޭނެ އިންތިޒާމް ހެދޭނެ ގޮތް، އެކަމަށް ވަކާލާތުކުރެވޭނެ ގޮތް މި ޔޫނިއަންތައް މެދުވެރިކޮށް ކުރެވެންޖެހޭނެ.

އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން މަސް ގަންނަ އަގު 25 ރުފިޔާއަށް ބަދަލުކޮށްފައިވާކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ، އެކަމުގެ ސަބަބުން މަސް ގަންނަ ފަރާތްތަކަށް ވާނެ ގެއްލުން، ލޮބީކުރެވޭނެ ގޮތެއް ނެތްކަމަށެވެ.

ނަމަވެސް މިހާރު މަޖިލީހަށް ހުށައަޅާފައި އޮތް ބިލުގެ ސަބަބުން މިކަންކަން ހައްލުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: